މާލެ: 31°C

ސްރީލަންކާގެ ގާނޫނުހަދާ މަޖިލިސް އުވާލައިފި

September 25, 2024
4 ފަހަރު ބަލާފައި
ސްރީލަންކާގެ ގާނޫނުހަދާ މަޖިލިސް އުވާލައިފި
ސްރީލަންކާގެ ގާނޫނުހަދާ މަޖިލިސް އުވާލައިފި
ސްރީލަންކާގެ އާ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކެ މިދިޔަ އަންގާރަ ދުވަހުގެ ރޭ ޕާލަމެންޓް އުވާލައްވައި، 2 މަސް ދުވަހުގެ ތެރޭގައި ޕާލަމެންޓް އިންތިހާބެއް ބޭއްވުމަށް ގޮވާލައްވައިފިއެވެ. ސަރުކާރުން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ އިންތިޚާބުގެ ކެމްޕެއިންގައި ޑިސަނަޔަކަ ވައުދުވެލެއްވި ފަދައިން، އަންގާރަ ދުވަހުގެ ރޭ ދަންވަރުން ފެށިގެން ޕާލަމެންޓް އުވާލާފައިވާ ކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާކަމަށެވެ. 225 މެމްބަރުންހިމެނޭ ޕާލަމެންޓުގައި ޑިސަނަޔަކެގެ ޕާޓީއަށް ލިބިފައިވަނީ އެންމެ ތިން ގޮނޑި އެވެ. ހޮނިހިރު ދުވަހު ބޭއްވި ވޯޓުން ލިބުނު ކާމިޔާބީއާ ގުޅިގެން ޕާލަމެންޓްގެ އަވަސް އިންތިހާބަކަށް ދިއުމަކީ ޑިސަނަކައެ ގެ ޕާޓީއަށް ކާމީޔާބު ހޯދުމަށް އެޅޭ ފިޔަވަޅެއް ކަމުގައި އެގައުމުގެ މީޑިއާތަކުން ވަނީ ސިފަކޮށްފައެވެ. ޕާލަމެންޓް އުވާލެއްވުމަށްފަހު އެގައުމުގެ ބޮޑުވަޒީރުކަމަށް ޔުނިވާސިޓީގެ ލެކްޗަރާ އަދި އެކްޓިވިސްޓެއް ކަމަށްވާ ހަރީނީ އަމަރަސޫރިޔާ، 54، ވަނީ ބޮޑު ވަޒީރުކަމަށް އައްޔަނުކުރައްވާފައެވެ. އޭނާ އަކީ ޑިސަނަޔަކައާ އެއް ފަދަ ބެކްގްރައުންޑަކަށް ނިސްބަތްވާ ދެ ބޭފުޅުން ކަމަށާއި އެ ދެ ބޭފުޅުންނަކީ ވެސް ޕާލަމެންޓުގައި އިދިކޮޅުގައި ދެމިތިބޭ މާކްސިސްޓް ފިކުރުގެ ނެޝަނަލް ޕީޕަލްސް ޕަވާ ކޯލިޝަންގެ މެމްބަރުންނެވެ. ސްރީލަންކާގެ ވެރިކަމުގައި ރައީސައްފަހު އެއްމެ ބާރުގަދަ ފަރާތަކީ ބޮޑުވަޒީރު އެވެ. ޑިސަނަޔަކައަށް މަޖިލީހުގެ އަޤްލަބީޔަތު ހޯދުމަށްޓަކައި މަޖިލިސް އުވާލާފައި މިވަނީ މިހާރު އޮތް މަޖިލީހުގެ ދައުރު ނިމެން 1 އަހަރު އޮއްވައެވެ. މިހާރު އޮތް މަޖިލީހުގެ ދައުރު ހަމަވާނީ އަންނަ އަހަރުގެ އޯގަސްޓް މަހުއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ