މާލެ: 31°C

ބޭރުގެ ޑިޕްލޮމެޓުން ދަތުރުކުރި މޮޓޯކޭޑަކަށް އަމާޒުކޮށް ޕާކިސްތާނުގައި ބޮމުގެ ހަމަލާއެއް ދީފި

September 23, 2024
2 ފަހަރު ބަލާފައި
ބޭރުގެ ޑިޕްލޮމެޓުން ދަތުރުކުރި މޮޓޯކޭޑަކަށް އަމާޒުކޮށް ޕާކިސްތާނުގައި ބޮމުގެ ހަމަލާއެއް ދީފި
ބޭރުގެ ޑިޕްލޮމެޓުން ދަތުރުކުރި މޮޓޯކޭޑަކަށް އަމާޒުކޮށް ޕާކިސްތާނުގައި ބޮމުގެ ހަމަލާއެއް ދީފި
ޕާކިސްތާނުގައި ބޭރުގެ ޑިޕްލޮމެޓުން ދަތުރުކުރި މޮޓޯކޭޑަކަށް ހަމަލާ ދީފިއެވެ. ޕާކިސްތާނުގެ ހުޅަނގު އުތުރުގެ ސަރަޙައްދެއްގައި ދަތުރުކުރި ބޭރުގެ ޑިޕްލޮމެޓުންގެ މޮޓޯކޭޑަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގައި ފުލުހަކުވަނީ މަރުވެ، އަދި އިތުރު ހަތަރު ފުލުހަކު ވަނީ ޒަހަމް ވެފައެވެ. މި ހަމަލާއާއި ގުޅިގެން  ޕާކިސްތާނުގެ ރައީސް އާސިފް އަލީ ޒަރްދާރީ އާއި ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވަނީ އެކަން ކުށްވެރިކޮށް ބަޔާނެއްނެރެފައެވެ. ނަމަވެސް އެ ހަމަލާގެ ޒިންމާ މިހާތަނަށް އެއްވެސް ފަރާތަކުން އުފުލާފައެއް ނުވެއެވެ. ސްވަޓް ޑިސްޓްރިކްޓްގެ ޕޮލިސް އޮފިސަރު ޒާހިދުالله ޚާން ވިދާޅުވީ ޑިޕްލޮމެޓުން ސްވަޓް ވެލީ ސަރަހައްދަށް ޒިޔާރަތް ކުރަނީ ލޯކަލް ޗެމްބަރ އޮފް ކޮމާސްގެ ދައުވަތަކަށްކަމަށެވެ.މޮޓޭކޭޑަށް އަމާޒްކޮށް ބޮން ގޮއްވާލާފައިވަނީ ހިލް ސްޓޭޝަނަކާއި މަލަމް ޖައްބާ ނަމަކަށް ކިޔާ ސްކީ ރިސޯޓަކަށް ދަތުރުކުރަމުން ދަނިކޮށް ކަމަށް ފުލުހުންނާއި ސަރުކާރުގެ އޮފިޝަލުން ވަނީ ބުނެފައެވެ. އަދި އެ ހަމަލާއާގުޅިގެން އެއްވެސް ޑިޕޮލޮމެޓަކަށް އަނިޔާއެއްނުވާކަމަށާއި މިހާރު އެމީހުން އެނބުރި އިސްލާމްއާބާދަށް ދަތުރުކުރަމުންދާ ކަމަށްވެސް ފުލުހުހުން ބުނެފައިވެއެވެ. ޕާކިސްތާނު ސަރުކާރުން ވަނީ އެހަމަލާއާއިގުޅިގެން އެ މީހުން އިސްލާމްއާބާދަށް އާދެވެންދެން އެމީހުން ނިސްބަތްވާ ގައުމުތައް ހާމަނުކުރާނެކަމަށް ބުނެފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ