ޣައްޒާގެ ޖަރީމާތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ގޮވާލައިއިނގިރޭސި ވިލާތުގެ ލިވަޕޫލްގައި އެތައްހާސް ބަޔަކު ހިނގާލުމެއް ބާއްވައިފި

ޣައްޒާގެ ޖަރީމާތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ގޮވާލައިއިނގިރޭސި ވިލާތުގެ ލިވަޕޫލްގައި އެތައްހާސް ބަޔަކު ހިނގާލުމެއް ބާއްވައިފި
ލިޔުން:
އިނގިރޭސިވިލާތުން އިސްރާއީލަށް ދެމުން ގެންދާ އަސްކަރީ ތާއީދު ވަގުތުން ހުއްޓާލުމަށާއި ޣައްޒާގައި ހިނގަމުންދާ ޖަރީމާތަކާ ދެކޮޅަށް ތެދުވުމަށް ލޭބާ ޕާޓީއަށް ގޮވާލައި އެ ގައުމުގެ ލިވަޕޫލް ސިޓީގައި އެތައް ހާސް ބަޔަކު އެއްވެ ހިނގާލުމެއް ބާއްވައިފިއެވެ.
ފަލަސްތީނު ފޯރަމް އިން ބްރިޓެން (ޕީއެފްބީ)، ފަލަސްތީން ސޮލިޑަރިޓީ ކެމްޕެއިން، ސްޓޮޕް ދަ ވޯ ކޯލިޝަން، ފްރެންޑްސް އޮފް އަލް އަޤްސާ، މުސްލިމް އެސޯސިއޭޝަން އޮފް ބްރިޓޭން އަދި ކެމްޕޭން ފޯ ނިއުކްލިއާ ޑިސްއަމަރޭޝަން ގުޅިގެން ބޭއްވި މި ހިނގާލުމަކީ ލޭބާ ޕާޓީގެ އަހަރީ ކޮންފަރެންސާ ދިމާކޮށް ބޭއްވި ހިނގާލުމެއްކަމަށް އެފަރާތްތަކުން ވަނީ ބުނެފައެވެ.
މި އަދުގެ ހިނގާލުމުގައި ވަނީ އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުން އިސްރާއީލު ވަގުތުން ފޭބުމަށްގޮވާލާ ގަރާރަށް އެގައުމުގެ ވެރިކަންކުރާ ލޭބަ ޕާޓީން ތާއިދުކޮށްފައިނުވާތީ އެކަމާގުޅިގެން ނުރުހުން ފާޅުކޮށްފައެވެ.
ހިނގާލުމުގެ ބައިވެރިން ބުނެފައިވަނީ އިގިރޭސިވިލާތުގެ އެ ނިންމުމަކީ އިސްރާއީލުގެ ހަރުކަށި ފިކުރަށް ސިއްރު އެގައުމުން ތާއިދުކުރުން ދައްކުވައިދޭ ކަމެއްކަމަށާއި ނަމަވެސް ސަރުކާރުގެ އެނިންމުމަކީ ރައްޔިތުންގެ ވިންދާ ދެކޮޅު ނިންމުމެއް ކަމަށެވެ.
މި ހިނގާލުމުގެ މައިގަނޑު އެއް ޑިމާންޑަކީ އިނގިރޭސިވިލާތުން އިސްރާއީލަށް ހަތިޔާރު ފޯރުކޮށްދިނުމާއި އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުން މުޅިން ހުއްޓާލުންކަމަށްވެސް ހިނގާލުމުގެ ބައިވެރިން ވަނީ ބުނެފައެވެ.
މުޒާހަރާގެ ބައިވެރިން ބުނީ ތަކުރާރުކޮށް ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފުވެ، ފަލަސްތީނުގެ ބިންތައް ހިފަމުންގެންދާ ދައުލަތަކަށް ހަތިޔާރު ފޯރުކޮށްދިނުމަކީ އެކަން ދިފާއުކުރެވޭނެކަމެއް ނޫންކަމަށާއި، އެގޮތުން އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުން އިސްރާއީލު ވަގުތުން ފޭބުމަށް ގޮވާލާ އދ.ގެ ގަރާރަށް ތާއީދު ނުކުރުމަކީ އެޕާޓީން ދައުވާކުރާ އިންސާނީ ހައްގުތަކާއި އަދުލު އިންސާފަށް ގާއިމްކޮށްދިނުމުގެ ވައުދާ ޚިލާފުވުން ކަމަށާއި، އެހެންކަމުން އަލުން އެ ސިޔާސަތުތައް އަލުން ބައްޓަން ކުރުމަށް އެ ހިނގާލުމުގައިވަނީ ގޮވާލާފައެވެ.
މި ހިނގާލުމުގައި ވަނީ ޣައްޒާއަށް ކުރިމަތިވެފައިވާ އިންސާނީ ކާރިސާއާ ގުޅިގެން ލޭބާ އިން އަވަސް ފިޔަވަޅުތަކެއް އެޅުމަށްވެސް ގޮވާލާފައެވެ. މިހާރު ހިނގަމުންދާ ޖަރީމާތަކުގެ ސަބަބުން އެތައް މިލިއަން ބައެއްގެ ފުރާނައަށް ނުރައްކާވެފައިވާއިރު، ޕީއެފްބީ އާއި އެ ޕާޓީއަށް ތާއީދުކުރާ ފަރާތްތަކުން ވަނީ ލޭބާ ޕާޓީގެ ސިޔާސީ ނުފޫޒު ބޭނުންކޮށްގެން ހަމަނުޖެހުންތައް ވަގުތުން ހުއްޓާލައި ފަލަސްތީނުގެ އާންމުންނަށް ރައްކާތެރިކަން ކަށަވަރުކުރުމަށް ވަކާލާތު ކުރުމަށް ގޮވާލާފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
