މާލެ: 31°C

ޕަޕުއާގެ ހަނގުރާމަވެރިންގެ ރަހީނުކުރި ނިއުޒީލެންޑްގެ ޕައިލެޓް ފިލިޕް މެހެޓެންސް 19 މަހަށްފަހު މިނިވަންކޮށްފި

September 21, 2024
2 ފަހަރު ބަލާފައި
ޕަޕުއާގެ ހަނގުރާމަވެރިންގެ ރަހީނުކުރި ނިއުޒީލެންޑްގެ ޕައިލެޓް ފިލިޕް މެހެޓެންސް 19 މަހަށްފަހު މިނިވަންކޮށްފި
ޕަޕުއާގެ ހަނގުރާމަވެރިންގެ ރަހީނުކުރި ނިއުޒީލެންޑްގެ ޕައިލެޓް ފިލިޕް މެހެޓެންސް 19 މަހަށްފަހު މިނިވަންކޮށްފި
ޕަޕުއާގެ ހަނގުރާމަވެރިންގެ ބެލުމުގެ ދަށަށް ގެންދިޔަ ނިއުޒީލެންޑްގެ ޕައިލެޓް ފިލިޕް މެހެޓެންސް 19 މަހަށްފަހު މިނިވަންކޮށްފިއެވެ. މިދިޔަ އަހަރުގެ ފެބްރުއަރީމަހުގެ 7 ވަނަ ދުވަހު ކެޕްޓަން ފިލިޕް މެހެޓެންސް ބޯޓް އެމީހުން އުޅޭ ހިސާބަކަށް ޖެއްސުމާގުޅިގެން އެބޯޓަށް އިންޑޮނޭޝިއާގެ ވެސްޓް ޕަޕުއާ ލިބަރޭޝަން އާމީ ނަމަކަށް ކިޔާ ހަނގުރާމަވެރިން އޭނާ ރަހީނުކޮށްްފައިވަނީ އިންޑޮނޭޝިއާގެ ކިބައިން މިނިވަންކަމުގެ ވާހަކަތައް ދައްކަން މަޖުބޫރު ކުރުވުމުގެ ބޭނުމުގައި ކަމަށް އިންޑޮނޭޝިއާއިން ބުނެފައިވެއެވެ. ކެޕްޓަން ޕިލިފް ހަގުރާމަވެރިން ރަހީނުކޮށްފައިވަނީ ފަޕްއާގެ ދުރުސަރަހައްދެއްކަމަށްވާ އެންޑޫގާ ޑިސްޓްރިކްޓްގައި ސިއްހީ މަރުކަޒެއް ހެދުމަށްޓަކއި ކޮންސްޓްރަކްޝަން މަސައްކަތްކުރާ 15 މީހުން ގޮވައިގެން އެހިސާބަށް ދިއުމުންނެވެ. ފަސިންޖަރުން ދޫކޮށްލީ އެމީހުންނަކީ ޕަޕުއާގެ މީހުން ކަމަށް ވާތީ ކަމަށް ހަނގުރާމަވެރިންގެ ތަރުޖަމާނު ސެބީ ސަމްބޮމް އޭރު ވަނީ ބުނެފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ