މާލެ: 31°C

އިންޑިއާގެ ބޮޑުވަޒީރު އެމެރިކާއަށް ކުރައްވާ ރަސްމީ ދަތުރުފުޅާ ގުޅިގެން ސެކިއުރިޓީ ވަރުގަދަކޮށްފި

September 21, 2024
2 ފަހަރު ބަލާފައި
އިންޑިއާގެ ބޮޑުވަޒީރު އެމެރިކާއަށް ކުރައްވާ ރަސްމީ ދަތުރުފުޅާ ގުޅިގެން ސެކިއުރިޓީ ވަރުގަދަކޮށްފި
އިންޑިއާގެ ބޮޑުވަޒީރު އެމެރިކާއަށް ކުރައްވާ ރަސްމީ ދަތުރުފުޅާ ގުޅިގެން ސެކިއުރިޓީ ވަރުގަދަކޮށްފި
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެމެރިކާއަށް ކުރައްވާ ރަސްމީ ދަތުރުފުޅު ފައްޓަވާފައިވާއިރު، ސަލާމަތީ ކަންބޮޑުވުންތައް އިތުރުވުމާ ގުޅިގެން ސަލާމަތީ ފިޔަވަޅުތައް ވަރަށްބޮޑަށް ވަރުގަދަކޮށްފިއެވެ. މިއަދު ހެނދުނު ފެށި މޯދީގެ ދަތުރުފުޅުގައި މުހިންމު ބައްދަލުވުންތަކާއި މުހިންމު ސަމިޓެއްގައި މޯދީ ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވާތީ، ފާއިތުވި 15 ދުވަހު ންޑިއާ އާއި އެމެރިކާގެ ސަލާމަތީ އޮފިޝަލުންގެ މެދުގައި ވަނީ މޯދީގެ ސެކިއުރިޓީކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށްފައެވެ. އެމެރިކާގެ ސީކްރެޓް ސާވިސް އިން ވަނީ މޯދީ ބައިވެރިވެވަޑައިގަންނަވާ ޑެލަވެއާ އާއި ނިއު ޔޯކްގެ އެކި ތަންތަނުގެ ސެކިއުރިޓީ ޕްރޮޓޮކޯލްތައް ވަރުގަދަކޮށްފަ އެވެ. އަދި މި ފިޔަވަޅުތަކަކީ އެމެރިކާގައި ހަރަކާތްތެރިވާ ޚާލިސްތާނަށް ތާއީދުކުރާ ޖަމާއަތްތަކުގެ ނުރައްކާތެރިކަން އިންޑިއާގެ އޮފިޝަލުންގެ މައްޗަށް އޮތުމާއެކު އަޅާފައިވާ ފިޔަވަޅުތަކެކެވެ. މޯދީ ބައިވެރިވެވަޑައިގަންނަވާ ޙާއްސަ ސމިޓް ބާއްވަން ހަމަޖައްސާފައިވަނީ އެމެރިކާގެ ރައީސް ބައިޑަން ޒުވާން ދުވަސްވަރު ތައުލީމު ހާސިލްކުރެއްވި ސްކޫލެއް ކަމަށްވާ އާޗްމޭއާ އެކަޑަމީގައެވެ. އެ ސަމިޓްގައި ގާތްގަނޑަކަށް 20،000 އެއްހާ މީހުން ބައިވެރިވާނެ ކަމަށް ބެލެވޭ އިރު، ނަސާއު ކައުންޓީ ގެ ފުލުހުން ދަނީ އެ ސަމިޓްގެ ހަރަކާތްތައް ރައްކާތެރި ކުރުމަށް ސިފައިންވެސް ބައިވެރިކުރަމުންނެވެ. ނިއުޔޯކްގައި އިންޑިއާގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ) އިން ދަނީ އެމެރިކާގެ ސީކްރެޓް ސާވިސްއާ ގުޅިގެން މޯދީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް މަސައްކަތް ކުރަމުންނެވެ. ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ސަމިޓް އޮފް ދަ ފިއުޗަރ ބޭއްވުމަށް ހަމަޖެހިފައިވާ ނިއުޔޯކް ސިޓީގައި އދ.ގެ އަހަރީ އާންމު މަޖިލީހާ ދިމާކޮށް ސަލާމަތީ ކަންކަން އަދިވެސް އޮތީ ވަރުގަދަކޮށެވެ. ޑިޕްލޮމެޓިކް މަޝްވަރާތަކާއި ކޮމިއުނިޓީ އެންގޭޖްމަންޓްގެ މުހިންމު ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މޯދީ އެނބުރި އިންޑިއާއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހުއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ