މާލެ: 31°C

ކުރީގެ އިންސާނުން ހަދާފައިވާ 6،000 އަހަރުވީ ބްރިޖެއް ކަނޑުއަޑީގެ ސިއްރު ހޮހަޅައަކުން ފެނިއްޖެ

September 19, 2024
2 ފަހަރު ބަލާފައި
ކުރީގެ އިންސާނުން ހަދާފައިވާ 6،000 އަހަރުވީ ބްރިޖެއް ކަނޑުއަޑީގެ ސިއްރު ހޮހަޅައަކުން ފެނިއްޖެ
ކުރީގެ އިންސާނުން ހަދާފައިވާ 6،000 އަހަރުވީ ބްރިޖެއް ކަނޑުއަޑީގެ ސިއްރު ހޮހަޅައަކުން ފެނިއްޖެ
ސްޕެއިންގެ ރަށެއް ކަމަށްވާ މަލޯރްކާގެ އަޑިއަށް ގޮސްފައިވާ ހޮހަޅައެއްގެ ތެރެއިން މީގެ 6،000 އަހަރު ކުރިން އިހުގެ އިންސާނުން ހަދާފައިވާ ބްރިޖެއް ފެނިއްޖެއެވެ. މި ބްރިޖު ފެނިފައިވަނީ މީގެ އެތައް ހާސް އަހަރެއް ކުރިން ހުޅަނގު މެޑިޓެރޭނިއަން ކަނޑުގެ އެކި ސަރަހައްދުތަކުގައި އިންސާނުން އެންމެ ފުރަތަމަ ވަޒަންވެރިވީ ކޮން އިރަކުކަން ދެނެގަތުމަށް ކުރަމުންދިޔަ ދިރާސާއެއްގައި ސްޕެއިންގެ ރަށެއް ކަމަށްވާ މަލޯރްކާގެ ޖެނޯވޭސާ ހޮހަޅައިގެ ކަނޑުގެ އަޑިއަށް ގޮސްފައިވާ ހިސާބަކުންނެވެ. އާކިއޮލޮޖިސްޓުން ބުނެފައިވަނީ އިންސާނުން ހަދާފައިވާ މި ބްރިޖަކީ ހުޅަނގު މެޑިޓެރޭނިއަން ސަރަޙައްދުގައި އިންސާނުން ވަޒަންވެރިވި ކަމަށް ކުރިން އަންދާޒާ ކުރެވިފައިވާ ތާރީހަށްވުރެ 1600 އަހަރު ކުރިން ހަދާފައިވާ ބްރިޖެއްކަމަށާއި އެ ބްރިޖް ހަދާފައިވާ ހޮހޮޅަ މިހާރު ހުރީ ފެނުއަޑީގެ 25 މީޓަރު ފުނުގައި ކަމަށެވެ. ކުރީ ޒަމާނުގައި ލިޔެފައިވާ ލިޔުންތައް ނެތުމާއި އާސާރީ ހެކިތައް މަދުވުމުގެ ސަބަބުން މެޑިޓެރޭނިއަން ގެ ރަށްރަށުގައި އިންސާނުން ވަޒަންވެރިވި ދުވަސްވަރެއް ދެނެގަންނަން ވަނީ ދަތިވެފަ އެވެ. ނަމަވެސް ބްރިޖުން ފެނުނު މިނަރަލް ފޯމޭޝަންތަކާ އެކު ޓެލްޓޭލް "ބާތުޓަބް ރިންގް" ގެ ސަބަބުން ސައިންސްވެރިންނަށް އަންދާޒާ ކުރެވެނީ އެ ސަރަހައްދުގައި މީގެ ގާތްގަނޑަކަށް 6،000 އަހަރު ކުރިން އިންސާނުން ވަޒަންވެރިވެފައިވާކަމަށް ކަމަށް ދިރާސާގެ ލީޑް ލިޔުންތެރިޔާ އަދި ޔުނިވާސިޓީ އޮފް ސައުތު ފްލޮރިޑާގެ ސްކޫލް އޮފް ޖިއޯސައިންސްގެ ޕްރޮފެސަރެއް ކަމަށްވާ ބޮގްޑަން އޮނަކް ވިދާޅުވެފައިވެއެވެ. ދިރާސާގެ ކޯ ލިޔުންތެރިޔާ ބޮގްޑަން އޮނަކް ވިދާޅުވެފައިވާ ގޮތުގައި އަޑިއަށް ގޮސްފައިވާ މި ބްރިޖާއެކު އެހެނިހެން އާސާރީ ތަކެތި ހުރުމުން ދޭހަކޮށްދެނީ ހޮހަޅައިގެ ފެނުގެ ވަސީލަތްތައް އެންމެ ކުރީކޮޅު ވަޒަންވެރިވި މީހުން ދެނެގަނެ، އެ ހޮހަޅަ ނެވިގޭޓް ކުރުމަށް ސްޓްރެޓެޖިކް ގޮތުން ބިނާކޮށްފައިވާ އިންފްރާސްޓްރަކްޗާއެއް ކަމަށެވެ. މި ފެނުނު ބްރިޖަކީ ބޮޑެތި ބަރު ލައިމްސްޓޯން ބްލޮކްތަކުން ހަދާފައިވާ ބްރިޖެއް ކަމަށާއި އޭގެ ތެރެއިން ބައެއް ބްލޮކްތަކުގެ ދިގުމިނުގައި 4.2 ފޫޓު ހުންނައިރު، ބްރިޖް އެޅުމަށް ކުރީގެ އިންސާނުންނަށް ބޭނުންކޮށްފައިވަނީ ކޮންކަހަލަ ވަސީލަތްތަކެއްކަމެއް އަދި ސާފުނުވާކަމަށްވެސް ދިރާސާގެ ރިޕޮޓުގައި ބަޔާންކޮސްފައިވެއެވެ. ސައިންސްވެރިން ގަބޫލުކުރާ ގޮތުގައި ބްރިޖް އެޅި މީހުން ކޮށްފައިވާ މަސައްކަތަކީ ހޮހަޅައިގެ ތެރޭގައި އޮންނަ ކޯރެއްގެ މަތިން ނުތެމި ހޮހަޅައަށް ވަންނަ ދޮރާ ގުޅާލުމަށް މަގެއް ހެދުމެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ