ފަލަސްތިނުގެ ދައުލަތް ބަލައިގަތުމުން ޝުކުރުދެންނެވުމަށް މަޙްމޫދު އައްބާސް ސްޕެއިން އަށް ވަޑައިގަންނަވަނީ

ފަލަސްތިނުގެ ދައުލަތް ބަލައިގަތުމުން ޝުކުރުދެންނެވުމަށް މަޙްމޫދު އައްބާސް ސްޕެއިން އަށް ވަޑައިގަންނަވަނީ
ލިޔުން:
މިދިޔަ މެއި މަހުގެ ތެރޭގައި ފަލަސްތީނުގެ ދައުލަތް ސްޕެއިންއިން ބަލައިގެންފައިވާކަން އިއުލާނުކުރައްވާފައިވާތީ އެކަމައްޓަކއި ޝުކުރުދެންނެވުމަށް މިއަދު ފަލަސްތީނުގެ ބޮޑުވަޒީރު މަޙްމޫދު އައްބާސް ސްޕެއިންނަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
މަޙްމޫދު އައްބާސްގެ މި ދަތުރުފުޅުގައި ސްޕެއިންގެ ރަސްގެފާނު ފެލިއްޕޭ އާއި ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް އާއި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ސްޕެއިންއަކީ އިސްރާއީލްގެ ލާއިންސާނީ ހަމަލާތައް ކުއްވެރިކޮށް އެކަން ހުއްޓާލުމަށް ތަކުރާރުކޮށް ގޮވާލަމުންގެންދާ ގައުމެކެވެ.
ފަލްސްތީނުން ސްޕެއިން އަށް ކަނޑައަޅާފައިވާ އެމްބެސެޑަރ ހުސްނީ އަބްދުލްވާހިދު އަށް އިއްޔެ ވަނީ ސެޕެއިންގެ ޝާހީގަނޑުވަރުން މަރުޙަބާ ދެންނެވުމަށްޓަކއި ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.
2022 ވަނަ އަހަރުން ފެށިގެން ހުސްނީ އަބްދުލްވާހިދު ގެންދަވަނީ ފަލަސްތީނުގެ މަންދޫބެއްގެ ގޮތުގައި ސްޕެއިންގައި މަސައްކަތްކުރައްވަމުންނެވެ. ނަމަވެސް، އަޔަލޭންޑާއި ނޯވޭއާއެކު ސްޕެއިންއިން ޣައްޒާއާއި ހުޅަނގު އައްސޭރި ހިމެނޭ ފަލަސްތީނުގެ ދައުލަތެއް ރަސްމީކޮށް ބަލައިގަތުމާ އެކު އޭނާ ރަސްމީކޮށް މިހާރުވަނީ އެމްބަސެޑަރ ގެ މަގާމަށް އައްޔަނުކުރައްވާފައެވެ.
އެ 3 ގައުމުން އޭރު ބުނެފައި ވަނީ އެ މީހުންގެ ނިންމުމުގެ ސަބަބުން ޔޫރަޕްގެ އެހެން ގައުމުތަކުން ވެސް އެގޮތަށް އަމަލު ކުރުމަށް ހިތްވަރު ލިބި، ޣައްޒާގައި ހަމާސްއާ ދެކޮޅަށް އިސްރާއީލުން ކުރަމުންދާ ހަނގުރާމަ ހުއްޓާލުމަށް ކުރަމުންދާ މަސައްކަތްތައް ހަލުވިވެގެންދާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
