މާލެ: 31°C

ޕްލާސްޓިކް ސާޖަރީ ހަދައިގެން ސިފަ ރީތިކުރި އަންހެނަކަށް އާދަޔާ ޚިލާފް މަޝްހޫރުކަމެއް

September 17, 2024
2 ފަހަރު ބަލާފައި
ޕްލާސްޓިކް ސާޖަރީ ހަދައިގެން ސިފަ ރީތިކުރި އަންހެނަކަށް އާދަޔާ ޚިލާފް މަޝްހޫރުކަމެއް
ޕްލާސްޓިކް ސާޖަރީ ހަދައިގެން ސިފަ ރީތިކުރި އަންހެނަކަށް އާދަޔާ ޚިލާފް މަޝްހޫރުކަމެއް
ޖަޕާނުގައި ޕްލާސްޓިކް ސާޖަރީ ހަދައިގެން ސިފަބަދުކުރި އަންހެނަކު މަޝްހޫރުވެ އޭނާ ފޮލޯ ކުރާ މީހުންގެ އަދަދު މިލިއަނުން މަތިވެއްޖެއެވެ. ޖަޕާނުގެ ރައްޔިތެއްކަމުގައިވާ އައިރީ ހިރާސޭ ޕްލާސްޓިކް ސާޖަރީ ހަދައިގެން ސިފަ ބަދަލުކުރުމަށް ނިންމީ އޭނާގެ ކުޑައިރުން ފެށިގެން އޭނާގެ މަންމަ އޭނާގެ ސިފައާއި ބެހޭގޮތުން ބުނަމުންދިޔާ އިހާނެތި ބަސްތަކުން ކަމަށް އޭނާ ވަނީ ބުނެފައެވެ. އޭނާ ބުނެފައިވަނީ އޭނާގެ މަންމަ އަބަދުވެސް ބުނަމުން ދިޔައީ އޭނާ ވައްތަރީ އޭނާގެ ބައްޕަ އާއި ކަމަށާއި އެކަމުގެ ސަބަބުން ނަފްސާނީ ގޮތުން އަސަރުކޮށްފައިވާ ކަމަށެވެ. އެހެންކަމުން އުމުރުން 15 އަހަރުގައި ޕްލާސްޓިކް ސާޖަރީ ހަދައިގެން ރީތިވުމުގެ ވިސްނުން ގެންގުޅެން ފެށިކަމަށާއި އުމުރުން 19 އަހަރުގައި ފުރަތަމަ ސާޖަރީ ހެދި ކަމަށެވެ. އެއަށްފަހު މޫނާއި ބުރަކަށީގެ ޖުމްލަ 20 ސާޖަރީ ހަދާފައިވާކަމަށާއި އެކަމަށްޓަކައި ގަތްގަނޑަކަށް 170،000 ޑޮލަރު ޙަރަދުކޮށްފައިވާ ކަމަށެވެ. މިހާރު އޭނާގެ ނިންމުމާމެދު އުފާކުރާ ކަމަށާއި މިހާރު އޭނާ އަކީ މީހުން ގަޔާވާ މީހެއްކަމަށާއި މިހާރު އޭނާގެ އިންސްޓަގްރަމް ފޮލޯވާރސް 1 މިލިއަނަށް އަރާފައިުވާއިރު އޭނާގެ އެކްސް ޕޮލޯވާރަސްވެސް 3 ލައްކަށް ވުރެ މައްޗަށް އަރާފައިވާ ކަމަށެވެ. އޭނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް ތަކުގައި ހިއްސާކޮށްފައިވާ މައުލޫމާތުގައި އޭނާ އެކަމަށްޓަކައި ކުރި އުނދަގޫ ބުރަ ދަތުރުގެ ވާހަކަތައް ވަނީ ހިއްސާކޮސްފައެވެ. އެގޮތުން ފައިސާ ހޯދުމަށްޓަކއި އުމުރުން 16 އަހަރުގައި އެކިކަހަލަ ވަޒީފާތައް އަދާކުރަން ފެށިކަމަށާއި އެގޮތުން ސެކިއުރިޓީ ގާޑް ފަދަ ވަޒީފާތައްވެސް އަދާކޮށްފައިވާ ކަމަށެވެ. އަދި އަބަދުވެސް މަދުވެގެން 2 ވަޒީފާ ޕާޓް ޓައިމްކޮށް އަދާކުރަމުން ގެންދިޔަ ކަމަށާއި ނިދަނީ ދުވާލަކު 4 ގަޑިއިރުކަމަށް އޭނާ ބުނެފައިވެއެވެ. އެގޮތުން އޭނާގެ ބުރަ މަސައްކަތުން 8 އަހަރުގެ ތެރޭގައި ސާޖަރީތަކަށް ބޭނުންވާ ފައިސާ ހޯދި ކަމަށްވެސް އޭނާ ބުނެފައިވެއެވެ. މިހާރު އޭނާ އަކީ ޖަޕާނުގައި ޓީވީ ޕްރޮގްރާމް ތަކަށާއި އިވެންޓަކަށް މަޝްހޫރު ސެލެބްރިޓީއެކެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ