މާލެ: 31°C

ދުނިޔޭގެ "މޯސްޓް މޮންސްޓްރަސް ބޮޑީބިލްޑާ" އިލިއާ ޔެފިމްޗިކް އުމުރުން 36 އަހަރުގައި މަރުވެއްޖެ

September 13, 2024
27 ފަހަރު ބަލާފައި
ދުނިޔޭގެ "މޯސްޓް މޮންސްޓްރަސް ބޮޑީބިލްޑާ" އިލިއާ ޔެފިމްޗިކް އުމުރުން 36 އަހަރުގައި މަރުވެއްޖެ
ދުނިޔޭގެ "މޯސްޓް މޮންސްޓްރަސް ބޮޑީބިލްޑާ" އިލިއާ ޔެފިމްޗިކް އުމުރުން 36 އަހަރުގައި މަރުވެއްޖެ
މޮންސްޓަރ ބޮޑީ ގެ ގޮތުގައި ދުނިޔެއަށް މަޝްހޫރުވެފައިވާ ބޮޑީބިލްޑަރު ގޯލެމް ޔެފިމްޗިކް އުމުރުން 36 އަހަރުގައި ހާޓް އެޓޭކެއްހެޖިގެން މަރުވެއްޖެއެވެ. ޔެފިމްޗިކް މަރުވެފައިވަނީ މިދިޔަ ސެޕްޓެމްބަރު އޭނާ އަށް ހާޓް އެޓޭކެއް ޖެހިގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދަނިކޮށް ކޯމާއަށް ދިއުމުން ވެންޓިލޭޓަރުގައި ފަރުވާދެމުންދަނިކޮށް މިމަހުގެ 11 ވަނަ ދުވަހުއެވެ. އިސްކޮޅުގައި 6 ފޫޓު އަދި ބަރުދަނުގައި 152 ކިލޯ ހުންނަ، ބެލަރޫސްގެ ބޮޑީބިލްޑަރ އަކީ "ދަ މިއުޓެންޓް" ގެ ނަމުން ވެސް މަޝްހޫރުވެފައިވާ މީހެކެވެ. އޭނާގެ 25 އިންޗީގެ ބިލްޑް ޗެސްޓް މެއިންޓައިން ކުރުމަށް ދުވާލަކު 16،500 ކެލޮރީސް ބޭނުންކުރާކަމަށްވެއެވެ. އޭގެ ތެރޭގައި 2.5 ކިލޯގެ ގެރިމަހާއި، 100 އަށްވުރެ ގިނަ ޝުޝީ ހިމެނެއެވެ. މީގެ ކުރިން ވަނީ ޔެފިމްޗިކް ގެ ވާދަވެރި 2 ބޮޑީބިލްޑަރުން ކަމުގައިވާ އިނގިރޭސިވިލާތުގެ 34 އަހަރުގެ ބޮޑީބިލްޑަރު ނީލް ކުރޭ އާއި ބްރެޒިލްގެ 26 އަހަރުގެ ބޮޑީ ބިލްޑަރ އެންޓޯނިއޯ ސޫޒާ ވެސް މަރުވެފައެވެ. އިނގިރޭސިވިލާތުގެ ބޮޑީބިލްޑަރ ނީލް ކުރޫ 2023 ވަނަ އަހަރު އޭނާގެ ގޭގެ ތެރޭގައި މަރުވެފައި އޮއްވާ ފެނުނުއިރު އޭނާގެ މައިންބަފައިން ބުނެފައިވަނީ އޭނާ މަރުވީ ގިނަ ދުވަސްތަކެއް ވަންދެން  ހަށިގަނޑު ބިލްޑުކުރާމީހުން ބޭނުންކުރާ ސްޓެރޮއިޑް ބޭނުން ކުރުމުން ކަމަށެވެ. އަދި ބްރެޒިލްގެ ބޮޑީ ބިލްޑަރ އެންޓޯނިއޯ ސޫޒާ މަރުވެފައިވަނީ މިދިޔަ އޯގަސްޓް މަހުގެ 3 ވަނަ ދުވަހު ބޭއްވި ބޮޑީ ބިލްޑިންގ މުބާރާތެއްގައި ގަދަ 3 ވަނާގައި ހިމެނިފައިވަނީކޮށް ހާޓް އެޓޭކެއް ޖެހިގެންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ