މާލެ: 31°C

އިސްރާއީލާ ދެކޮޅަށް އިސްލާމީ ގައުމު ތަކުގެ އިއްތިހާދެއް އެކުލަވާލަން ޖެހޭކަމަށް ތުރުކީގެ ރައީސް ވިދާޅުވެއްޖެ

September 8, 2024
11 ފަހަރު ބަލާފައި
އިސްރާއީލާ ދެކޮޅަށް އިސްލާމީ ގައުމު ތަކުގެ އިއްތިހާދެއް އެކުލަވާލަން ޖެހޭކަމަށް ތުރުކީގެ ރައީސް ވިދާޅުވެއްޖެ
އިސްރާއީލާ ދެކޮޅަށް އިސްލާމީ ގައުމު ތަކުގެ އިއްތިހާދެއް އެކުލަވާލަން ޖެހޭކަމަށް ތުރުކީގެ ރައީސް ވިދާޅުވެއްޖެ
އިސްރާއީލާ ދެކޮޅަށް އިސްލާމީ ގައުމު ތަކުގެ އިއްތިހާދެއް އެކުލަވާލަން ޖެހޭކަމަށް ތުރުކީގެ ރައީސް ވިދާޅުވެއްޖެއެވެ. އިސްލާމިކް ސްކޫލްސް އެސޯސިއޭޝަންގެ އިވެންޓެއްގައި އުރުދުޣާން ވާހަކަފުޅު ދައްކަވަމުން ރައީސް އުރުދުޢާން ވިދާޅުވީ އިސްރާއީލުގެ ބޮޑާކަމާއި އިސްރާއީލުގެ ދައުލަތުގެ ޓެރަރިޒަމް ހުއްޓުވޭނެ ހަމައެކަނި ފިޔަވަޅަކީ އިސްލާމީ ގައުމުތަކުގެ އިއްތިހާދު ހެދުން ކަމަށެވެ. އިތުރަށް ރައީސް އުރުދުޢާން ވިދާޅުވީ މިޞްރާއި ސޫރިޔާއާ ގުޅުން ބަދަހިކުރުމަށް ތުރުކީން ދާދި ފަހުން އެޅި ފިޔަވަޅުތަކުގެ ބޭނުމަކީ އިސްރާއީލުގެ ލާއިންސާނީ އަމަލުތަކާ ބިންތައް ހިފަމުން ދިއުމާ ދެކޮޅަށް އެއްބައިވަންތަ ޓީމެއް ގާއިމް ކުރުން ކަމަށާއި އެކަމުގެ ސަބަބުން ލުބުނާނާއި ސީރިއާއަށް ވެސް ނުރައްކާވެފައިވާ ކަމަށެވެ. އުރުދުޣާންވަނީ މިސްރުގެ ރައީސް އަބްދުލް ފައްތާހު އަލް ސީސީއާވއސް މި ހަފުތާގައި އަންކާރާގައި ބައްދަލުކުރައްވައި ޣައްޒާ ހަނގުރާމައާއި ދެގައުމުގެ ގުޅުން އިތުރަށް ރަނގަޅު ކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރއްވާފައެވެ. އުރުދުޢާން ގެ ގޮވާލެއްވުމާ ގުޅިގެން އިސްރާއީލުގެ ޚާރިޖީ ވަޒީރު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ އުރުދުޣާން ދެއްކެވި ވާހަކަފުޅަކީ ނުރައްކާތެރި ދޮގެއް ކަމަށާއި، ތުރުކީގެ ލީޑަރު އީރާނާއެކު މަސައްކަތް ކުރައްވަމުން ގެންދަވާތާ އެތައް އަހަރެއް ވެފައިވާކަމަށާއި، މި ސަރަޙައްދުގެ މެދުމިނުގެ ޢަރަބި ވެރިކަންތައް ނިކަމެތިކުރުމަށް ތުރުކީގެ ލީޑަރު ގެންދަވަނީ އީރާނާއެކު އެތައް އަހަރެއް ވަންދެން މަސައްކަތް ކުރައްވަމުން ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ