ަައަޖައިބުން ފުރިގެންވާ ހަތް އަޖައިބު

ަައަޖައިބުން ފުރިގެންވާ ހަތް އަޖައިބު
ލިޔުން:
އާނާ އަކީ ކުޑަކުޑަ އަވަށަކަށް ނިސްބަތްވާ ނުވަ އަހަރުގެ އަންހެން ކުއްޖެކެވެ. އަވަށު ސުކޫލުން ގުރޭޑު ހަތަރަކާއި ހަމައަށް ކިޔެވުމަށް ފަހު އިތުރަށް ތަޢުލީމު ހާސިލުކުރުމުގެ އެދުމުގައި އެ އަވަށް ކައިރީގައި އޮތް ސިޓީއެއްގެ ސްކޫލަކަށް ވަނުމަށް ފޯމު ލިއެވެ.
ނަސީބު ކަންދިމާކުރި ގޮތުން އެ ސުކޫލުން އޭނާއަށް ޖާގަ ލިބިއްޖެއެވެ. ފެންވަރު ރަނގަޅު ސުކޫލަކުން ކިޔެވުމުގެ ފުރުޞަތު ލިބުނީތީ އާނާ ހުރީ ވަރަށް އުފަލުންނެވެ.
މިއަދަކީ އާނާ ސުކޫލަށްދާ ފުރަތަމަ ދުވަސްކަމުން އޭނާ އިންތިޒާރު ކުރަމުންދަނީ ސުކޫލު ބަސް އަންނާނެ އިރަކަށެވެ. ބަސް އައުމާއި އެކު އަވަސް އަވަހަށް ބަހަށް އަރައި ހަމަޖެހިލިއެވެ. ސުކޫލު ކައިރިއަށް ބަސް މަޑުކޮށްލުމާއެކު ކުދިންތައް ބަހުން ފައިބައިގެން ކުލާހަށް ދިއުމަށް އަވަސްވެ ގަތެވެ. އެކި ކުދިން ގާތު އަހައިގެން އާނާވެސް އޭނަގެ ކުލާސް ހޯދިއެވެ.
އާނާ ހެދުން އަޅާފައިވާ ގޮތުންނާއި، އެއީ ކުޑަކުޑަ އަވަށެއްގެ ކުއްޖެއްކަން އެނގުމުން ވަރަށް ގިނަ ކުދިން މަލާމާތްކޮށްފުރައްސާރަކޮށް ހެދިއެވެ.
ކުލާސް ފެށޭ ގަޑި ޖެހުމާ އެކު މުދައްރިސް ކުލާހަށް ދުރުވިއެވެ. ހުރިހާ ކުދިންނަށް އާނާ ތަޢާރަފް ކުރެއްވިއެވެ. އެއަށް ފަހު ކުދިން ގާތު މުދައްރިސް އެދި ލެއްވި ކުއްލި ޓެސްޓަކަށް ތައްޔާރު ވުމަށެވެ.
ޓެސްޓް ޕޭޕަރުގައި އޮތީ ދުނިޔޭގެ ހަތް އަޖައިބު ލިސްޓް ކުރުމަށެވެ. ދަރިވަރުން އަވަސް އަވަހަށް ޖަވާބު ލިޔަން ފެށިއެވެ. އެހެނަސް އާނާ ލިޔާތަން ފެނުނީ ވަރަށް ލަސް ލަހުންނެވެ. ވިސްނައިގެންނެވެ. އާނާ ފިޔަވައި ހުރިހާ ކުދިން މަސައްކަތް ނިންމައިފިއެވެ. އާނާ މަސައްކަތް ނުނިމޭތީ މުދައްރިސް އާނާއާއި ކައިރި ވެލެއްވިއެވެ. " މި ކުލާހުގެ ކުދިން މި ފިލާވަޅު ދަސްކުރީ މީގެ ކުޑަ ދުވްސްކޮޅެއް ކުރިން. އާނާއަށްވެސް އެނގޭ ގޮތަކަށް ލިޔެލާ!" މުދައްރިސް ބުނުއްވިއެވެ. " އަޅުގަނޑަށް އެނގޭ ވަރަށް ގިނަ އަޖައިބު! މި ވިސްނަނީ ފުރަތަމަ ލިޔާނެ ހަތެއް!" މިހެން ބުނެލުމަށްފަހު ޕޭޕަރު ނިންމައި މުދައްރިސާއި ހަވާލު ކުރިއެވެ.
ކުދިންގެ ޖަވާބުތައް މުދައްރިސް ކިޔުއްވިއެވެ. ގިނަ ކުދިންގެ ޖަވާބުތައްވެސް ރަނގަޅެވެ. " ޗައިނާގެ ބޮޑު ފާރު، ކޮލޯސިއަމް، ސްޓޯން އެޖް، ތާޖު މަހަލް ......" މިދިޔަ ހަފުތާގައި ކިޔަވައިދިން ފިލާވަޅު ކުދިން ހަނދާން ހުރީތީ މުދައްރިސް ހުންނެވީ ވަރަށް އުފާވެފައެވެ.
އެންމެ ފަހުން އާނާގެ ސުވާލު ކަރުދާސް ނެންގެވުމަށް ފަހު ބައލަވާ ލެއްވިއެވެ. 7 އަޖާއިބަކީ
- ފެނުމުގެ ނަސީބު ލިބިފައިވުން - އިވުމުގެ ނަސީބު ލިބިފައިވުން
- އިހުސާސްވުމުގެ ނަސީބު ލިބިފައިވުން
- ހިނިތުންވުމާއި، ހުނުމުގެ ނަސީބު ލިބިފައިވުން
- ހެޔޮ ގޮތުގައި ވިސްނުމުގެ ނަސީބު ލިބިފައިވުން -
އޯގާތެރިކަމުގެ ނަސީބު ލިބިފައިވުން
- ލޯބީގެ ނަސީބު ލިބިފައިވުން
މުދައްރިސް ހައިރާންވެ ބަސް ހުއްޓުނެވެ. އަދި މުޅި ކުލާހުން އަޑު ކެނޑިގެން ދިޔައެވެ. މިއަދު ކުޑަކުޑަ އަވަށަކުން އައި ކުޑަކުޑަ ކުއްޖަކު އެމީހުނަށް ﷲ ދެއްވި އަގުބޮޑު ނިއުމަތްތަކެއްގެ މަތިން ހަނދާންކޮށް ދީފިއެވެ.
ހަޤީޤަތުގައިވެސް އެއީ އަޖައިބު ތަކެކެވެ. އެކަންތައްތައް އަޖައިބަކަށް ނުވާންވީ އެއްވެސް ސަބަބެއް ނެތެވެ. އިބުރަތް: އަހަރެމެންނަށް ލިބިފައިވާ ނިއުމަތްތަކުގެ އަގުވަޒަން ކުރާށެވެ. ތިބާއަށް ލިބިފައިވާ އެއްޗެއްގެ ބޭނުން ހިފާށެވެ. ތިބާ ލޯބި ކުރާ ކަންތައްތަކަށް ތެދުވެރިވާށެވެ. މިސާލު ނަގާކަށް މިސްރަށް ނޫނީ އިންޑިޔާއަށް ދާކަށް ނުޖެހެއެވެ.މާދިގު ދަތުރެއް ކުރާކަށް ނުޖެހެއެވެ. ތިބާގެ އަމާޒުތައް ހާސިލު ކުރެވޭ ފަދަ ހުރިހާ ބާރެއް ﷲ ތިބާއަށް ދެއްވާފައި ވެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އިމާރާތްކުރިއިރު ކޮމާޝަލް ސްޕޭސް ނުލީ އަދި ލިފްޓް މަދީ، ގާބިލްކަން ނެތީމަތަ؟ އިހްލާސްތެރިކަން ނެތީމަތަ؟

އެސްޑީއެފްސީ ހިއްސާގަތުމުގެ ނަމުގައި ދިވެހިންގެ ބޭންކުން އުޅެނީ ސަރުކާރު ހިންގަން ފައިސާ ދޭންތަ؟

އެއް މިނިސޓަރީން މީހުން ހެޕީތޯ ބަލާއިރު، އަނެއް މިނިސްޓަރީން މީހުންގެ ހަނދާން އެއްކުރަނީ

ސަރުކާރުން ކުރާ ކަންކަން ރައްޔިތުންނަށް އެނގެންޖެހެނީ ކިހާ މިންވަރަކަށް

އިންސްޓެންޓް ނޫޑްލްސް މިއީ ކެއުން ހެޔޮވާވަރު އެއްޗެއްތަ؟

ބަރުދަން ލުއިކުރުމަށް ހިނގަންވީ ބާރަށްތަ ނުވަތަ ގިނައިރުތަ؟
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
