މާލެ: 31°C

އަހަންނަކީ ފަގީރެއް ކަމުގެ އިހުސާސެއް މިއަދަކު ނުކުރެވެއެވެ.

August 20, 2024
16 ފަހަރު ބަލާފައި
އަހަންނަކީ ފަގީރެއް ކަމުގެ އިހުސާސެއް މިއަދަކު ނުކުރެވެއެވެ.
އަހަންނަކީ ފަގީރެއް ކަމުގެ އިހުސާސެއް މިއަދަކު ނުކުރެވެއެވެ.
.އަހަރެން އަދާ ކުރަނީ ކޮން ވަޒީފާއެއް ކަމެއް ދަރިން ގާތުގައި ނުބުނަމެވެ. އަހަރެންގެ ސަބަބުން އެކުދިން ލަދުގަންނަން ބޭނުން ނުވާތީއެވެ. ދިރިއުޅުމަށް ފައިސާ ހޯދަން ކުރަނީ ކޮން މަސައްކަތެއްތޯ ދޮށީ އަންހެން ދަރިފުޅު ސުވާލު ކުރުމުން ވަރަށް ނުބުނަން ހުރެފައިމެ އަހަންނަކީ ގޮނޑު ސާުފު ކުރާ މަސައްކަތު މީހެކޭ ބުނީމެވެ. ކޮންމެ ދުވަހަކުވެސް ގެއަށް ދިއުމުގެ ކުރިން އާއްމު ފާޚާނާ ބަރިއަށް ވަދެ ފެންވަރައިލަމެވެ. އެހެންކަމުން ކުރާ މަސައްކަތާ ބެހޭގޮތުން އެކުދިންނަށް ވިސްނަން ލިބޭ ފުރުޞަތު ކުޑަ ވާނެއެވެ. އަންހެން ދަރިން ސުކޫލަށް ފޮނުވައިގެން ކިޔަވައިދޭން ބޭނުމެވެ. އެހެން މީހުންގެ ކުރިމަތީގައި އިއްޒަތާއެކު އެކުދިން އުޅޭތަން ދެކެން ބޭނުމެވެ. އެންމެން އަހަރެންނާމެދު ދެކޭ ދެރަ ނިކަމެތިގޮތަށް އެކުދިންނާމެދު އެއްވެސް މީހަކު ދެކޭކަށް ބޭނުމެއް ނޫނެވެ.ފުދިގެން އުޅޭ އެންމެންވެސް އަހަންނާ މެދު ދެރަކޮށް ހިތައެވެ. އަހަންނަށް ލިބޭ ކޮންމެ ފައިސާ ފޮއްޗަކީ ދަރިންގެ ތައުލީމަށްޓަކައި ރައްކާކުރާ ފައިސާ ފޮއްޗެކެވެ. އަހަރެން އައު ހެދުމެއް ނުގަންނަމެވެ. އޭގެ ބަދަލުގައި ކުދިންނަށް އަހަރެން ގަނެދެނީ ފޮތެވެ. އެކުދިންގެ ކިބައިން އިހުތިރާމް ނޫން އެހެން ކަމަކަށް އަހަރެން ނޭދެމެވެ. އަހަރެންނަކީ މަސައްކަތު މީހެކެވެ. ތަންތަން ސާފު ކުރުމުގެ މަސައްކަތް ކުރާ މީހެކެވެ. ދަރިފުޅު ކޮލެޖަށް ވަންނަން ފޯމުލާން އޮތް ދުވަހުގެ ކުރީ ދުވަހުވެސް އަހަރެން އުޅުނީ ދަރިފުޅުގެ އެޑްމިޝަން ފީ ދެއްކޭނެ ގޮތެއް ނެތިގެންނެވެ. އެދުވަހު އަހަރެން މަސައްކަތުވެސް ނު ނިކުންނަމެވެ. ބޭރުގައި ހުރި ކުނިފުނި ކައިރީގައި އިނީއެވެ. ލޮލުން އޮހޭ ކަރުނަތައް ސިއްރު ކުރެވޭތޯ މަސައްކަތް ކުރީމެވެ. އަހަންނާއެކު ސާފު ކުރުމުގެ މަސައްކަތުގައި އުޅޭ އެންމެންވެސް އަހަންނާއި ދިމާއަށް ބަލާތަން ފެނެއެވެ. އެހެނަސް އެކަކުވެސް ކައިރިއަށް އައިސް ވާހަކައެއް ނުދައްކައެވެ. އުއްމީދު ގެއްލި ހިތް ހަލާކު ވެއްޖެއެވެ. އަތަކު ފައިސާއެއް ނެތެވެ. އަހަންނަކީ އުފެދުމުގައިވެސް ފަގީރެކެވެ. ގެއަށް ދާއިރު އެޑްމިޝަން ފީގެ ވާހަކަ އަހާނެތީ ދަރިފުޅާ ކުރިމަތި ލުމުގެ ހިތްވަރެއްވެސް ނެތެވެ. ފަގީރު ދެރަ ނިކަމެތިންނަށް އެއްވެސް ކަމެއް ރަނގަޅަށް ދިމާނުވާނެ ކަމަށް ވިސްނައި ހިތާމަ ކުރީމެވެ. ދުވަހުގެ މަސައްކަތް ނިންމާލުމަށްފަހު އެކުވެރި މަސައްކަތު މީހުންތައް އައިސް އަހަރެން ވަށާލިއެވެ. އަދި އަހަންނަކީ އެމީހުންގެ ބޭބެއެއް ކަމުގައި ދެކޭ ކަމަށާ ދިމާވާ ދަތި އުނދަގޫ ހާލަތްތަކުގައި އެހީތެރި ވެދޭނެ ކަމަށާ، ދެރަވެ ހިތާމަ ނުކުރަން އެދުނެވެ. އަދި އެމީހުންގެ އެއްދުވަހުގެ މުސާރަ އަހަންނާއި ހަވާލު ކުރިއެވެ. އެ ފައިސާއިން ދަރިފުޅުގެ އެޑްމިޝަން ފީ ދެއްކުމަށް އެދުނެވެ. " މިއަދު އަހަރެމެން ތިބޭނީ ރޯދައަށް! އަހަރެމެން ނުކައި ތިބެވެސް އަހަރެމެންގެ އަންހެން ދަރިން ކޮލެޖަށް ފޮނުވަން ޖެހޭނެ!" އެ މީހުން ބުންޏެވެ. އަހަންނަކަށް ދޭނެ ޖަވާބެއް ނޭނގުނެވެ. ޖަވާބެއް ނުވެސް ދެވުނެވެ. އެމީހުންގެ އެ އިހުސާންތެރިކަމަށްޓަކައި ހިތާހިތުން ޝުކުރު އަދާކުރީމެވެ. އަހަރެންގެ އެންމެ ދޮށީ އަންހެން ދަރިފުޅު އޭނަގެ ޔުނިވަރސިޓީ ތައުލީމު ވަރަށް އަވަހަށް ނިންމާނެއެވެ. މިހާރު އަހަރެން މަސައްކަތަކު ނުދަމެވެ. މަސައްކަތު ދާކަށް ކުދިން ޤަބޫލެއްވެސް ނޫނެވެ. އެންމެ ދޮށީ ދަރިފުޅު ޕާޓްޓައިމް ވަޒީފާއެއް އަދާކޮށްގެން ފައިސާއެއް ހޯދައެވެ. އަނެއް ދެ ދަރިން ޓީއުޝަން ދީގެން ފައިސާ ހޯދައެވެ. މިހާރު ބައެއް ދުވަސްދުވަހު އަހަރެންގެ ދަރިން އަހަރެން މަސައްކަތް ކުރަން ދިޔަ ތަނަށް ދާނެއެވެ. އަދި އަހަންނާއެކު މަސައްކަތް ކުރަން އުޅުނު އެންމެންނާ ބައްދަލު ކުރާނެއެވެ. އެމީހުންނަށް ކާން ދޭނެއެވެ. އެމީހުންނާއެކު އުފާވެރި ވަގުތުތަކެއް ހޭދަ ކުރާނެއެވެ. އެއްދުވަހަކު އެތަނުން މީހަކު އެ މީހުންނަށް ކާންދީ އެމީހުންނާއެކު ވަގުތު ހޭދަކުރަނީ ކީއްވެތޯ ސުވާލު ކުރިއެވެ. އަހަރެންގެ ދަރިފުޅު ބުންޏެވެ. " ތިބާހުން އެދުވަހު އަހަންނަށް ޓަކައި ބަނޑަށް ތިބީމުއެވެ. އޭގެ ނަތީޖާ އަކީ މިއަދު އަހަރެން މިހިރަ ހިސާބަށް އަހަންނަށް އާދެވުމެވެ. އެ ހެޔޮކަން ހަނދާން ނައްތާލާނީ ކިހނަކުން ހެއްޔެވެ؟ އަހަންނަށް ޓަކައި ހެޔޮ ދުޢާ ކޮށް ދޭށެވެ. އަހަރެން ތިބާހުންނަށް ކާން ދޭނަމެވެ. "އަހަންނަކީ ފަގީރެއް ކަމުގެ އިހުސާސެއް މިއަދަކު ނުކުރެވެއެވެ. އެފަދަ ރަނގަޅު ދަރިންތަކެއް ތިއްބައި ފަގީރަކަށް ވާނީ ކޮން ބަފައެއް ހެއްޔެވެ؟

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ