މާލެ: 31°C

ކާފަމެންގެ ދިރިއުޅުމުން އަދުގެ ޖީލަށް ބުނެދޭ ޥާހަކަތައް

August 19, 2024
20 ފަހަރު ބަލާފައި
ކާފަމެންގެ ދިރިއުޅުމުން އަދުގެ ޖީލަށް ބުނެދޭ ޥާހަކަތައް
ކާފަމެންގެ ދިރިއުޅުމުން އަދުގެ ޖީލަށް ބުނެދޭ ޥާހަކަތައް
ޒުވާނަކު އޭނަގެ ކާފަ ގާތު އެހިއެވެ. ”ކާފާއެވެ! ކާފަމެން، ފަންނިއްޔާތާއި. ކޮންޕިއުޓަރާއި، ޑްރޯންއާއި. ބިޓްކޮއިން އާއި، އިންޓަނެޓާއި، ޓީވީއާއި، އެއާކަންޑިޝަންއާއި، ކާރާއި، މޯބައިލްފޯނު ނެތި ދިރިއުޅުމުގެ ހަޔާތް ވޭތުކުރީ ކިހިނެއް ހެއްޔެވެ؟“ ކާފަ ބުންޏެވެ. ”ކާފަމެންގެ ދުވަސްވަރުގެ ގިނަ މީހުން އުޅުނީ ނަމާދުނުކޮށް، އެހެންމީހުންގެ އިހުސާސްތައް ނުދަނެ، އިހުތިރާމުނެތި، ރީތި އަޚުލާގު ނުދަނެ، ހަގީގީ ތައުލީމެއް ނުލިބި، ޝަޚުޞިއްޔަތެއް ބިނާ ނުކުރެވި، ތެދުވެރިކަމާއި، ވަފާތެރިކަން ނެތި ދަރިފުޅުމެންގެ ޖީލުގެ ގިނަ ދަރިން އުޅުނު ފަދަޔަކުން ނޫނެވެ. ކާފަމެންނީ 1930އާއި 1980އާއި ދެމެދުގައި އުފަންވީ މީހުންނެވެ. އެ ދުވަސްވަރު އުފަންވީ ކުދިންނަކީ ނަސީބުވެރި ބައެކެވެ. ކާފަމެން އުޅުނީ ހަގީގީ ދިރިއުޅުމެކެވެ. ސުކޫލު ނިމިގެން ގެއަށް އައިސް ހޯމްވޯކު ހަދަނީ އަމިއްލަ އަށެވެ. އެއަށްފަހު އިރުއޮއްސެންދެން އުޅެނީ ކުޅޭށެވެ. އަހަރެމެން ކުޅެން އުޅުނީ ހަގީގީ ރަހުމަތްތެރިންނާ އެކު ހަގީގީ މާހައުލެއްގައެވެ. ދަރިފުޅުމެން ފަދައިން، ނުދަންނަ، ފުރާަނަ ނެތް ރަހުމަތްތެރިންނާ އެކުގައި ޚިޔާލީ ދުނިޔޭގައެއް ނޫނެވެ. ކަރުހިއްކައިގެންފިނަމަ ވަޅުން ފެންނަގައިގެން ބޮމެވެ. ފެން އިސްކުރެއް މިނަރެލް ފެނެއް އޭރަކު ނުހުންނާނެއެވެ. ހުސްފަޔާ ހިނގައި ދުވެ ކުޅެ ހެދިޔަސް ފަޔަކަށް ތަދެއް ނުވާނެއެވެ. އަރާނެ ބޫޓެއް ނުލިބެއެވެ. ވަށައިގެންވާ މާހައުލުން ލިބޭތަކެތިން ކައިބޮއެ ހަދަމެވެ. ހިނދުހިނދުކޮޅުން ފިހާރައަށް ދާކަށް ނުޖެހޭނެއެވެ. މައިންބަފައިންނަކީ މުއްސަނދިން ނޫނަސް އަހަރެމެންގެ ރުހުން ހޯދިއެވެ. އަގުބޮޑު ތަކެތި ގަނެދީގެނެއް ނޫނެވެ. އެހެނަސް ލޯބި ދީގެންެނެވެ. ފޯނު،ޕީއެސް،ގޭމްކޮންސޯލް، އެކްސްބޮކްސް، ވީޑިއޯގޭމު، ކޮންޕިއުޓަރު، ލެޕްޓޮޕް، އިންޓަނެޓް، ޗެޓް، މިއީ އޭރު ދަންނަ ނަންނަމެއް ނޫނެވެ. އެހެނަސް ހަގީގީ ރަހުމަތްތެރިން ތިބެއެވެ. ވާހަކަ ދެކެވެއެވެ. ވަގުތު ހޭދަ ކުރެވެއެވެ. ދައުވަތު ނުދިނަސް ރަހުމަތްތެރިންގެ ގޭގެއަށް ޒިޔާރާރަތް ކުރުމުގެ ހުއްދަ އޮވެއެވެ. އެމީހުންނާއެކު ކުޅެ ކައިބޮއެ ހަދަމެވެ. ކާފަމެން އަތުގައި ހުންނާނީ ކަޅާއި ހުދުގެ ފޮޓޯއެވެ. އެހެނަސް އެ ފޮޓޯތަކުން ކުލަރީތި ހަނދާންތަކެއް ފެންނާނެއެވެ. ކާފަމެންގެ ދުވަސްވަރަކީ އެންމެ ތަފާތު ދުވަސްވަރެވެ. އެކަކު އަނެކަކު ދެކެދެނެވި ދުވަސްވަރެވެ. ކާފަމެންނީ މައިންބަފައިންގެ ބަސް އަހައިގެން އެމީހުންގެ ފިޔަވަޅުމަތިން ހިނގި އެންެމެ ފަހުގެ މީހުންނެވެ. އަދި ދަރިންގެ ބަސް އަހައިގެން އެމީހުން ބުނާގޮތަށް އުޅެން ޖެހުނު ފުރަތަމަ ޖީލުގެ މީހުންނެވެ. އެހެންކަމުން ކާފަމެން ފަދަ ބަޔަކު ދެން ނުލިބޭނެއެވެ. ކާފަމެންގެ ފުށުން ދަރިފުޅުމެން ފައިދާ ހޯދާށެވެ. އުނގެނޭށެވެ. ދަސްކުރާށެވެ. ކާފަމެންނީ ޚަޒާނާއެކެވެ. މި ޚަޒާނާ ނެތި ދޫވެގެން ދާކަށް ދެން މާކަ ގިނަ ދުވަހެއް ނެތެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ