މާލެ: 31°C

އިސްރާއީލަށް ސަޕޯޓު ނުކުރާ މީހަކަށް އެމެރިކާއަށް އައިސް ދިރިއެއް ނޫޅެވޭނެ، ހައްޔަރުކޮށް ޑީޕޯޓްކޮށްލާނަން: ޑޮނާޑް ޓުރަމްޕް

August 18, 2024
2 ފަހަރު ބަލާފައި
އިސްރާއީލަށް ސަޕޯޓު ނުކުރާ މީހަކަށް އެމެރިކާއަށް އައިސް ދިރިއެއް ނޫޅެވޭނެ، ހައްޔަރުކޮށް ޑީޕޯޓްކޮށްލާނަން: ޑޮނާޑް ޓުރަމްޕް
އިސްރާއީލަށް ސަޕޯޓު ނުކުރާ މީހަކަށް އެމެރިކާއަށް އައިސް ދިރިއެއް ނޫޅެވޭނެ، ހައްޔަރުކޮށް ޑީޕޯޓްކޮށްލާނަން: ޑޮނާޑް ޓުރަމްޕް
އިސްރާއީލަށް ސަޕޯޓް ނުކުރާނަމަ ހައްޔަރުކޮށް އެމެރިކާއިން ޑީޕޯޓް ކޮށްލާނެކަމަށް ބުނެ އެގައުމުގައި ދިރިއުޅޭ ބޭރު ގައުމު ތަކުގެ ރައްޔިތުންނަށް ޑޮނާޑް ޓްރަމްޕް އިންޒާރު ދީފިއެވެ. އަންނަ ނޮވެމްބަރ މަހު އެމެރިކާގައި އޮންނަ ރިޔާސީ އިންތިހާބުގައި ރިޕަޕްލިކަން ޕާޓީގެ ފަރާތުން ވާދަކުރައްވާ އެގައުމުގެ ކުރީގެ ރައީސް ޑޮނާޑް ޓްރަމްޕް އެމެރިކާގެ ވެންސް ގައި ބޭއްއްވި ކެމްޕެއިން ޙަރަކާތެއްގައި ވާހަކަ ދައްކަވަމުން ވިދާޅވީ އެމެރިކާއަށް ހިޖުރަކޮށްގެން އުޅޭ އެއްވެސް ފަރާތަކަށް، އިސްރާއީލަށް ސަޕޯޓު ނުކުރާނަމަ އަދި ހަމާސް އަށް ތާޢިދު ކުރާނަމަ ނޫޅެވޭނެ ކަމަށާއި އޭނާގެ ވެރިކަމެއްގައި އެފަދަ ފަރާތްތައް ވަގުތުން ހިފައި ހައްޔަރުކޮސް ވަގުތުން ޑީޕޯޓް ކޮށްލާނެކަމަށެވެ. އަދި ހަނގުރާމަ ހިނގަމުންދާ ސަރަޙައްދުތަކުން އެގައުމަށް ހިޖުރަކުރުން ހުއްޓުވާނެކަމަށާއި ޙާއްސަކޮށް ގާޒާ އިން އެގައުމަށް ހިޖުރަ ނުކުރެވޭނެކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ