މާލެ: 31°C

ދަރިވަރުން ދެކެނީ ހަސީނާގެ އަނިޔާވެރި އަމަލުތައް ބަލައި އަދަބުދޭން ޖެހޭ ކަމަށް

August 10, 2024
2 ފަހަރު ބަލާފައި
ދަރިވަރުން ދެކެނީ ހަސީނާގެ އަނިޔާވެރި އަމަލުތައް ބަލައި އަދަބުދޭން ޖެހޭ ކަމަށް
ދަރިވަރުން ދެކެނީ ހަސީނާގެ އަނިޔާވެރި އަމަލުތައް ބަލައި އަދަބުދޭން ޖެހޭ ކަމަށް
ފޭސްބުކްގައި ޑރ.މުހައްމަދު އާތިފް ލިއުއްވާފައިވެއެވެ؛ "ހަސީނާ އަށާ އޭނާގެ ސިފައިންނާ ފުލުހުންނަށްވެސް ހީވީ ރައްޔިތުންނަށް ސަރުކާރު ވައްޓާ ނުލެވޭނެ ކަމަށް .އަދި ވެރިކަމުގެ ދަހިވެތިކަމުގަ އެތައް ހާސް އާންމު ރައްޔިތުން އަދި ކިޔަވާ ދަރިވަރުން ވަގަށް ނަގާ މަރާލި. އެތައް ސަތޭކަ ދަރިވަރުން ގަޔަށް، މެޔަށް، ބޮލަށް ސިދާ ވަޒަން ޖެހި. މުޒާހަރާތަކުގެ ތެރެއަށް ހެލިކޮޕްޓަރުގައި ދަރިވަރުންގެ ބޮލަށް އެސިޑް ވެސް އެޅި. އެތައް ކުދިބަޔަކު ހިފާހައްޔަރުކޮށް ތަޅާ ތަޅާ މަރާލި. އިންޑިއާގެ ޖާސޫސީ އިދާރާ ރޯގެ ނުފޫޒުގަ އެމީހުންގެ ސިފައިން ބޭނުންކޮށް އެތައް ދީނީ އިލްމުވެރިން ވަގަށް ނަގާ ގެއްލުވާލި. "އޭނާ ހަދާފަ ހުރި ޓޯޗާ ސެންޓަރުގަ އެތައް ބަޔަކު އެތައް އަހަރަކު ގައިދުކޮށް އެތައް ބަޔަކު ޓޯޗާކޮށް މަރާހެދި. ހެޔޮބަހެއް ބުނި ކޮންމެ ރައްޔިތަކަށް އޭނާގެ ސަރުކާރުން އަނިޔާކުރި. ވެރިކަން ލިބުމުން ސެއިހު ހަސީނާ އާއި އޭނގެ ބައިގަނޑު ހީވީ އޭނާއަކީ ފިރުއައުނު ކަމަށް. ފިރުއައުނުގެ ވެސް އަޖަލު ޖެހުނު." މިއީ ބަންގްލަދޭޝްގެ ނިމިދިޔަ ސަރުކާރުގެ އަނިޔާވެރިކަމުން ކުޑަ ތަންކޮޅެކެވެ. ކުޑަމިންވަރެކެވެ. ސަރުކާރާ ދެކޮޅު މީހުން ހިފާ ހައްޔަރުކޮށް އަނިޔާ ދިނުމަށްޓަކައި ބިންގަރާސްތައް ހަދާފައި ހުއްޓެވެ. އޭގެ ތެރެއިން ބައެއް ބިންގަރާސްތައް ހޯދައި އެތަންތަން ސާފުކުރުމުގެ މަސައްކަތް އެގައުމުގެ ފުލުހުންނާއި ސިފައިން ގެންދަނީ ކުރަމުންނެވެ. ޝެއިހު ހަސީނާގެ ވެރިކަން ވައްޓާލި ކިޔަވާކުދިންގެ މުޒާހަރާގެ އިސް ބައިވެރިން ބުނާ ގޮތުގައި އެމީހުން ބޭނުންވަނީ ހަސީނާ ހުރިތާކުން ހޯދައި، ގައުމަށް ގެންގޮސް އޭނާ ހިންގާފައިވާ ލާއިންސާނީ އަމަލުތަކަށް ހައްގު އަދަބު ދޭށެވެ. އެކުދިން ގަބޫލުކުރާ ގޮތުގައި މުޒާހަރާގައި ފުލުހުން މެރި ކިޔަވާކުދިންނާއި ފާއިތުވި 20 އަހަރުގެ ދިގު ތާރީޚުގައި ހަސީނާގެ ސަރުކާރުން ހިންގާފައިވާ ލާއިންސާނު އެތަކެއް އަނިޔާތަކަކަށް އަދިވެސް އޮތީ އިންސާފު ނުލިބިއެވެ. އެކަންކަމުގެ ޒިންމާ ސީދާ ހަސީނާ އުފުލަން ޖެހޭނެ ކަމަށް އެކުދިން ގެންދަނީ ބުނަމުންނެވެ. ވަގުތީ ސަރުކާރުގައި ހިމެނޭނެ ކަމަށް ބެލެވޭ ބައެއް ސިޔާސީ ލީޑަރުން ބުނެފައިވަނީ ހަސީނާއަކީ މާޒީކަމަށް ބަލައި، އޭނާގެ އަނިޔާވެރި ވެރިކަމުގެ މަތިން ހަނދާން ނައްތާލެވެން ނެތީ ނުހައްގުން އެތައް ބަޔަކަށް އަނިޔާދީ، މަރާ، ނުކުޅެދޭ މީހުންނަށް ހަދައި، މީހުންގެ މުދާ އަންދާ ސިޔާސީ އެތައް ބަޔަކު ޖަލަށްލައި، މުސްލިމް އެތައް ލީޑަރުންނެއް ވަގަށް ނަގައި ގެއްލުވާލާފައިވާތީއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ