މާލެ: 31°C

ދުންފަތާ ދުރުވާންވީ ސަބަބު ޓެކްސީ ޑްރައިވަރެއްގެ ދުލުން

August 4, 2024
2 ފަހަރު ބަލާފައި
ދުންފަތާ ދުރުވާންވީ ސަބަބު ޓެކްސީ ޑްރައިވަރެއްގެ ދުލުން
ދުންފަތާ ދުރުވާންވީ ސަބަބު ޓެކްސީ ޑްރައިވަރެއްގެ ދުލުން
އަހަރެންނަކީ މީގެ އަށެއްކަ އަހަރު ކުރިން ދުވާލަކު 100 ސިނގިރޭޓު ބުއި މީހަކީމެވެ. އެ އަމަލުން ދުރުވުމަށް އަންހެނުންނާއި ދަރިންވެސް އެތައް ނަސޭހަތެއް ދިނެވެ. އެކަމަކު ސިނގިރޭޓުން ހިތްހަމަޖެހުން ލިބޭކަމަށް ޤަބޫލު ކުރެވޭތީ އެ ކަމާ ދުރުވާކަށް ބޭނުމެއް ނުވިއެވެ.  އަހަންނަކީ ޓެކްސީ ޑުރައިވަރަކީމެވެ. މުޅި ދިރިއުޅުން ބިނާކުރަނީ އެކަމުން ލިބޭ އެއްޗަކުންނެވެ. ދުވާލަކު މަދުވެގެން 1500 ރުޕީސް ލިބެެެވެ. އެހެނަސް ސިނގިރޭޓަށް ޚަރަދުކުރަން ޖެހޭތީ ދިރިއުޅުމުގެ ޙާލަތުވެސް އޮތީ ވަރަށް ދަށުދަރަޖައެއް ގައެވެ. ދިރިއުޅުމަށް ކުރަންޖެހޭ ޚަރަދުތަކާއި ފަސް ދަރިންގެ ބޭނުންތައް އޮންނަނީ ފުއްދައި ނުދެވިފައެވެ. އޭރު ހެނދުނު ހަޔަކުން ރޭގަނޑު ދިހައެއް ޖަހަންދެން މަސައްކަތް ކުރަމެވެ. އެއްދުވަހަކު ނިދާހޭލިއިރު ވަރަށް ބޮޑަށް މޭގައި ރިއްސާ ނޭވާލާން އުނދަގޫވެގެން ޑޮކްޓަރަށް ދެއްކުމުން އެތައް ޓެސްޓުތަކެއް ހެދުމަށްފަހު ޑޮކްޓަަރ ބުނުއްވީ އަހަރެންގެ ޕުއްޕާމޭ ވަރަށް ބޮޑަށް ހަލާކު ވެފައިވާ ކަމާ ، ވަރަށް ބޮޑު އޮޕަރޭޝަނެއް ކުރަން ޖެހޭނެ ކަމަށެެވެ. މިއަދު އަހަރެންގެ ފުއްޕާމޭގެ ދެ ފަރާތަށްވެސް ވަނީ ހޮޅިލައްވާ ފައެވެ. ކޮންމެ ދުވަހަކު އެތައް ބޭހެއް ކާން ޖެހެއެވެ. އެހެނަސް ޓެކްސީ ކުރުން ހުއްޓައެއް ނުލަމެވެ. ހުއްޓައިލީ ސިނގިރޭޓު ބުއިމެވެ. ތިރީސް އަހަރު ވަންދެން ބުއިބުއިން ހުއްޓާލީ އޮަޕަރޭޝަނަށް ފަހުއެވެ. ސިނގިރޭޓުން ސަލާމަތްވި ފަހުން އަހަރެންގެ ދިރިއުޅުމުގެ ހާލަތު މުޅިން ބަދަލުވެއްޖެވެ. މިހާރު އަހަރެން އުޅެނީ ފުދުންތެރި ދިރިއުޅުމެކެވެ. ހެނދުނު ޓެކްސީއަށް އަރަނީ 8 ޖަހާއިރުއެވެ. ހަވީރު 6 ޖަހާއިރު ފައިބަމެވެ. އެހެނަސް މިހާރު އަހަރެންގެ އެކައުންޓުގައި ފަސްލައްކަ ރުޕީސް ހުންނާނެ އެވެ. ކޮއްކޯއެވެ. ކޮއްކޮވެސް ސިނގިރޭޓާ ގާތް ނުވައްޗެވެ. އެއީ ދިރިއުޅުމަށް ހުރި މުސީބާތެކެވެ. ސިއްހަތަށް ހުރި އާފާތެކެވެ. -ތަރުޖަމާއެއް-

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ