މާލެ: 31°C

އާދަމް ޝަރީފުގެ ޕޭޖުން: ބެންގަލޫރުގެ އޮޓޯ ޑްރައިވަރު

August 3, 2024
2 ފަހަރު ބަލާފައި
އާދަމް ޝަރީފުގެ ޕޭޖުން: ބެންގަލޫރުގެ އޮޓޯ ޑްރައިވަރު
އާދަމް ޝަރީފުގެ ޕޭޖުން: ބެންގަލޫރުގެ އޮޓޯ ޑްރައިވަރު
މިއީ ބެންގަލޫރުން ދިމާވި އޮޓޯ ޑުރައިވަރެއްގެ ވާހަކަ އެވެ. އަހަރެމެންގެ ކައިވެންޏަށް މިހާރު ބައިގަރުނަށް ވުރެވެސް ގިނަ ދުވަސް ވެއްޖެެެވެ. އަހަރެމެން ދެމީހުން ކާވެނިކުރީ އެކަކު އަނެކަކު ދެކެ ލޯބިން، ދެ ފަރާތުގެ އާއިލާގެވެސް ރުހުމާ އެކުގައެވެ. ދެމަފިރިންގެ ކާވެންޏަށް މިހާރު ފަސްދަރިން ލިބި އެކުދިންނަށް ވެސް ދަރިން ލިބި މުނިކާފަވެސް ކިޔައިފިއެވެ. އަހަރެމެންގެ ކާވެނީގައި ހައްލުނުކުރެވޭ މައްސަލައަކާ ދިމައެއް ނުވެއެވެ. އޭގެ ސަބަބުތަކެއްވެސް އެބަހުއްޓެވެ. ފުރަތަމަ ކަމަކީ އިތުބާރެވެ. އަހަރެމެންގެ ދެމީހުންގެ ދެމެދަށް އެހެން އެއްވެސް މީހަކަށް ނުވަދެވޭނެެެއެވެ. އަންހެނުންވެސް އަހަރެންނާ ބެހޭގޮތުން ގޯސްވާހަކައެއް އިވުނަސް އެކަން ފުރަތަމަ ހިއްސާކުރާނީ އަހަންނާއެވެ. ދެވަނަ ކަމަށް އަންހެނުންވެސް އަދި އަހަރެންވެސް އެކަކު އަނެކަކަށް ލޯތްބާއި އަޅައިލުން ދެމެވެ. ދުވާލުގެ ބުރަ މަަސައްކަތަށް ފަހު ގެއަށްދާއިރު އަބަދުވެސް އޯގާތެރިކަމާއި ހަމްދަރުދީ އާއެކު އަހަންނާ ބައްދަލު ކުރާނެއެވެ. މީރު ކެއުން ދީ ހޭހަން ކުރާނެެވެ. އަންހެނުންވެސް އަދި އަހަރެން ވެސް އެކަކު އަނެކަކަށް މަކަރެއް ނަހަދަމެވެ. އަހަރެން ސިނގިރޭޓު ބޯތީ އެކަމާ އޭނަގެ ޝަކުވާ އަބަދުވެސް އޮންނާނެއެވެ. އެކަމުގެ ހުރި ގެއްލުން ކިޔައިދޭނެއެވެ. ދަރިންލައްވާ އެކަން ހުއްޓުމަށް ބުނުވާނެއެެވެ.އެހެންކަމުން މިހާރު ސިގިރޭޓެއް ނުބޮމެވެ. އަޅުކަން އޭގެ ވަގުތުގައި އަދާކުރުމަށް އަބަދުވެސް ނަސޭހަތްތެރި ވާނެއެވެ. ކޮންމެ ނަމާދަކަށްފަހު ދަރިންނާއި އާއިލާއަށް ހެޔޮ ދުޢާކުރަމެވެ. އަހަރެންގެ ދިރިއުޅުމުގެ ހުރިހާ ވެސް އުފަލަކީ އަންހެނުންނާއި ދަރިންނެވެ. އަހަރެންގެ އަންހެނުންނަކީ މަލާއިކަތެއް ފަދަ މާތް މީހެކެވެ. އެއީ އަހަރެންގެ ލައިލާއެވެ. އަހަރެންގެ މުޅިހަޔާތުގެ ދިރުމެވެ. އަހަރެންގެ ދުނިޔެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ