މާލެ: 31°C

ދައުލަތުން ޚާއްސަ ގެކޮޅެއް އުއްތަމަ ފަނޑިޔާރަށް ނުދެއްވަނީ ކީއްވެ؟ އެވެސް ދައުލަތުގެ ބާރެއް

July 30, 2024
2 ފަހަރު ބަލާފައި
ދައުލަތުން ޚާއްސަ ގެކޮޅެއް އުއްތަމަ ފަނޑިޔާރަށް ނުދެއްވަނީ ކީއްވެ؟ އެވެސް ދައުލަތުގެ ބާރެއް
ދައުލަތުން ޚާއްސަ ގެކޮޅެއް އުއްތަމަ ފަނޑިޔާރަށް ނުދެއްވަނީ ކީއްވެ؟ އެވެސް ދައުލަތުގެ ބާރެއް
އުއްތަމަ ފަނޑިޔާރަކީ ދައުލަތުގެ ތިން ބާރުގެ ތެރެއިން ޝަރީއަތް ހިންގުމުގެ ބާރުގެ ވެރިއާއެވެ. ގާނޫނު އަސާސީ ބުނެދޭ ގޮތުގައި އެއީ ރައްޔިތުންގެ މަޖިލީހުގެ ރައީސަށްވުރެ އެއްވެސް ގޮތަކުން ހައިބަތު ކުޑަ މަގާމެއް ނޫނެވެ. އަދި ޒިންމާތައްވެސް އެހާމެ ފުޅަލެވެ. ބޮޑެވެ. މިހާ ހިސާބުން އުފެދޭ ސުވާލަކީ ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސްއަށް ދައުލަތުން ވަކި ގެއެއް ދިރިއުޅުއްވަން ދެއްވުމަށް ފަހު އުއްތަމަ ފަނޑުޔާރު ބާކީ ކޮށްލެއްވީ ކީއްވެގެންތޯއެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިހާރު ވަނީ ދިރިއުޅުއްވުން މުރައިދޫ ގެއަށް ބަދަލުކުރައްވާފައެވެ. މުރައިދޫ ގޭގައި އެންމެފަހުން ދިރިއުޅުއްވީ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. އެމަނިކުފާނު އެގޭގައި ދިރިއުޅުއްވީ ބޮމުގެ ހަމަލާއަށްފަހު އެމަނިކުފާނަށް ނުރައްކަލެއް އޮތް ކަމަށް ބެލެވޭތީ ސަލާމަތީ ސަބަބުތަކަށްޓަކަ އެވެ. ނަޝީދު މަޖިލީހުގެ ރައީސް ކަމުން އިސްތިއުފާ ދެއްވުމުން ދެން މަޖިލީހުގެ ރައީސް ކަމަށް ވަޑައިގެންނެވި މުހައްމަދު އަސްލަމް އެގޭގައި ދިރިއުޅުއްވާފައެއްނުވެ އެވެ. ހަގީގަތަކީމިއެވެ؛ މުރައިދޫގެ ރައީސް މުހައްމަދު ނަޝީދު ދިރުއުޅުއްވަން ހަމަޖެއްސެވީ އެމަނިކުފާނުގެ ސެކިއުރިޓީ ކަންކަން އެވަގުތު ދައުލަތަށް ބެލެހެއްޓެން އޮތީ ދައުލަތުން ކަނޑައަޅުއްވާ ވަކި ތަނެއްގައި އެމަނިކުފާނު ދިރިއުޅުއްވައިގެން ކަމަށްވީތީއެވެ. "ރައީސް ނަޝީދު މުރައިދޫގެއަށް ބަދަލުވެވަޑައިގެންނެވީ ބޮމުގެ ހަމަލާގެ ސަބަބުން ކުރިމަތިވި ސަލާމަތާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ދައުލަތުން އެގޮތަށް އެދިވަޑައިގަތުމުން. އޭރު އެގެއާ ވަކި ވަރަކަށް ކައިރި ނުވެވޭ ގޮތަށް ރަތް ރޮނގުވެސް ދަމާފައި ހުންނާނެ. އެހެންނަމަވެސް މިހާރުގެ ރަތް ރޮނގުތައް އެވަނީ ފުހެލާފައި. މިކަމުން މިބުނެދެނީ ހަގީގަތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސަށް މިހާރަކު، ވަކި ގެކޮޅެއްގައި ދިރިއުޅުއްވުމަށް، އެއްވެސް ސެކިއުރިޓީ ތްރެޓެއް ނެތޭ،" ކުރީގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަދި ގާނޫނީ ވަކީލަކު ވިދާޅުވިއެވެ. "ރައީސުޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ ނާއިބް ވަކި ގެކޮޅެއްގައި ދިރިއުޅުއްވުމަކީ މާކުރިއްސުރެ ހަމަޖެހިފައި އޮތް އުސޫލު ރާއްޖޭގައި. އެކަމަކު ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ހާއްސަ ގެކޮޅެއް ނުހުރޭ. ލިވިން އެވަންސެއް ދެއްވަނީ އުއްތަމަ ފަނޑިރާރަށްވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ވެސް." ތަޖުރިބާކާރު ބައެއް ސިޔާސީ ބޭފުޅުން ދެކިލައްވާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްއަށް ދައުލަތުން ގެކޮޅެއް ހާއްސަކުރައްވައި ސެކިއުރިޓީންނާއި އެނޫންވެސް އިނާޔަތްތައް ދެއްވާނަމަ އުއްތަމަ ފަނޑިޔާރަށްވެސް އެ އުސޫލުން ދައުލަތުން އަމަލު ކުރައްވަންވާނެއެވެ. ނޭނގޭ ކަމަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސްއަށް ޚާއްސަ އިމްތިޔާޒުތަކެއް މިހާރުގެ ސަރުކާރުން ދެއްވަން ފެއްޓެވިއިރު، އުއްތަމަ ފަނޑިޔާރަށް އެހަމައިން އަމަލު ނުކުރެއްވި ސަބަބެވެ. ރަނގަޅު ކޮށްލައްވާށެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ