އިއްޔެގެ ބައި އިލެކްޝަން: ސަރުކާރުގެ މަގުބޫލުކަން ދަށްވެ، އޮޕޮޒިޝަންއަށް ރައްޔިތުންގެ ބޮޑު އާބާދީއެއް އިތުބާރެއް ނުކުރޭ

އިއްޔެގެ ބައި އިލެކްޝަން: ސަރުކާރުގެ މަގުބޫލުކަން ދަށްވެ، އޮޕޮޒިޝަންއަށް ރައްޔިތުންގެ ބޮޑު އާބާދީއެއް އިތުބާރެއް ނުކުރޭ
ލިޔުން:
އިއްޔެ ބޭއްްވި ބައި އިލެކްޝަނަށް ރައްޔިތުންގެ ތަރުހީބު ކުޑަވި ސަބަބުތަކާމެދު ސިޔާސީ ވިސްނުމަކުން ވިސްނާލުން ބުއްދުވެރިއެވެ. އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ 26 ޕަސެންްޓް ވޯޓުލުމުން އެނގިގެންދަނީ 70 ޕަސެންޓަށްވުރެެ ގިނަ މީހުން އެމީހުންގެ ބަސްބުނުމަށް ވޯޓު ވޯޓުލާން ދާކަށް ބޭނުމެއް ނުވިއެވެ. ސުވާލު އުފައްދަން ޖެހެނީ މިހިސާބުންނެވެ.
އިންތިހާބުގައި ވޯޓުލީ މީހުންގެ ނިސްބަތް މަދުވުމުން އެންމެ ބޮޑަށް އަންގައިދެނީ މިހާރު ސިޔާސީ ވެއްޓާމެދު ރައްޔިތުންގެ ބޮޑު އާބާދީއެއް "ކޮންމެ ގޮތެއް ވަރިހަމަ"ކަމަށް ދެކެން ފަށައިފިކަމެވެ. ސަރުކާރަށްވެސް އަދި އޮޕޮޒިޝަންއަށްވެސް ރައްޔިތުންގެ އިތުބާރު މިހާރު ނެތް ކަމެކެވެ.
އެންމެ އާބާދީ ބޮޑު މާލޭގެ ބައި އިލެކްޝަނަށް ބަލާއިރު، ހެންވެއިރު ހުޅަނގު ދާއިރާއިން ވޯޓުލާފައިވަނީ 12.87 ޕަސެންޓް މީހުންނެވެ. ބާކީ 87 ޕަސެންޓް މީހުންގެ ބަހެއް ނެތެވެ. މައްޗަންގޮޅި ދެކުނުން ވޯޓުލީ 22.23 ޕަސެންޓެވެ. އަނެއް 77 ޕަސެންޓް މީހުން ވޯޓުލާން ބޭނުމެއް ނުވިއެވެ. ނުވަތަ ވޯޓަށް ބުނެފައިވަނީ ނޫނެކޭ އެވެ. ހުޅުމާލޭ ދާއިރާއިން ވޯޓުލާފައި ވަނީ 13.8 ޕަސެންޓް މީހުންނެވެ. ބޮޑުބައި 86 ޕަސެންޓް މީހުންގެ ރުހުމެއް އިންތިހާބަކަށް ނެތެވެ. އެމީހުން ވޯޓެއް ނުދެއެވެ. ވޯޓުލާކަށް ވެސް ނުދެއެވެ.
މި ތިން ދާއިރާގެ ނަތީޖާއަށް ބަލާއިރު ބަޔަކަށް މޮޅު ލިބިއްޖެއެވެ. އެހެންނަމަވެސް ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ލިބުނު ކާމިޔާބީއަށް އިއްޔެގެ ބައި އިލެކްޝަންގެ ހިޔަނި އެބަ އެޅެއެވެ.
ނަތީޖާއިން ރަމްޒުކޮށްދޭ ކަންތައްތަކަށް ބަލާއިރު ސަރުކާރާމެދު ރައްޔިތުންގެ އިތުބާރަށް ފަނޑުކަން އަތުވެއްޖެއެވެ. ރިޔާސީ ވަޢުދުތަކުގެ ނަމުގައި ރައްޔިތުންނަށް އޮޅުވާލި އޮޅުވާލުން ބަލައި ނުގަންނަކަން ބޮޑު އާބާދީއެއްގެ ބަހުން އެބުނެދިނީއެވެ. ސަރުކާރުން މިހާރު ގެންގުޅޭ ސިޔާސަތުތަކާމެދު ނުރުހޭކަން ހިމޭންކަމާއެކު ރައްޔިތުން ބުނެދީފިއެވެ.
މިނަތީޖާ އެމްޑީޕީއަށް އަމާޒުކޮށްލާއިރު ރައްޔިތުން ބުނެދެނީ އެމްޑީޕީއާމެދު އުންމީދެއް ނެތް ކަމެވެ. އެމްޑީޕީގެ ހިންގުން ރައްޔިތުން އުންމީދުކުރާ ގޮތާ ގާތަށްވެސް ނެތް ކަމެވެ. އެހެންވެ، އެމްޑީޕީއަށް ރައްޔިތުން އަނެއްކާވެސް މިވަނީ ބޮޑުކޮށް ނޫނެކޭ ބުނެފައެވެ.
އިއްޔެގެ ނަތީޖާއަކީ ސިޔާސީ ތިިލަފަތުން ކިރާލާއިރު އޮޕޮޒިޝަންއާއި ސަރުކާރަށްވެސް ރައްޔިތުންގެ ފުރިހަމަ އިތުބާރާއި ޔަގީންކަން މިހާރު ނެތްކަން ދޭހަކޮށްދެއެވެ. ސަރުކާރުގެ މަގުބޫލުކަން ދަށަށް ދިޔައީއެވެ. އޮޕޮޒިޝަންއަށް އޮތް އިތުބާރު ގެއްލުނީއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

މޭޔަރުގެ މަގާމު ނުލިބުނުނަމަ ވިވަގުތު އާދަމް އާޒިމް ހުންނާނެ ކަމަށް ގަބޫލުކުރެވެނީ ސަރުކާރު ކުންފުންޏެއް ހިންގަން

އިންތިހާބު ގިނަވި ވަރަކަށް ރައްޔިތުންނަށްވާ ފައިދާ ބޮޑުވެ، ތަރައްގީ އަވަސްވޭ

ޕީއެންސީގެ މޭޔަރެއް މާލެސިޓީއަށް ގެންނައުމަށްވުރެ، އެޕާޓީން އާޒިމަށް މޭޔަރުކަން ހޯދައިދިނުން ގާތްކަމަށް ގިނަ ބަޔަކު ދެކެނީ ކީއްވެ!

އިންތިހާބުކުރާ މަގާމުތައް މަދުކޮށް އައްޔަނުކުރާ މަގާމުތައް އިތުރުކުރާނަމަ ވެރިއަކަށް އެހުރީ ޑިކްޓޭޓަރެކެވެ!

މީޑިއާއި މެދު ނަތަންޔާހޫ އާއި މުއިއްޒުގެ ވިސްނުން ދާދި އެއްގޮތް

ބީއެމްއެލް އާއި އެމްއޭސީއެލްގައި ހުރި ފައިސާއިން މުއިއްޒުގެ ހުރިހާ ވައުދެއް ފުއްދިދާނެތަ؟
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
