މާލެ: 31°C

ޒިފްލީންގެ މައްސަލަ އެކަނި ކީއްވެ؟ މިއީ އުފަންދަން ޖެހޭ ސުވާލެއް

July 17, 2024
2 ފަހަރު ބަލާފައި
ޒިފްލީންގެ މައްސަލަ އެކަނި ކީއްވެ؟ މިއީ އުފަންދަން ޖެހޭ ސުވާލެއް
ޒިފްލީންގެ މައްސަލަ އެކަނި ކީއްވެ؟ މިއީ އުފަންދަން ޖެހޭ ސުވާލެއް
އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ސްޓޭޓް މިނިސްޓަރުކަން ކުރެއްވި ޒިފްލީން އެޕާޓްމަންޓެއް ގަތް ވާހަކަ ކުއްލިއަކަށް ވައިރަލްވެ އެކަން ބެލުމަށް ބަޔަކު ފުލުހުންނަށް ހުށަހެޅުމުން ސުވާލު އުފެދެއެވެ. އަދި ވަކިން ހާއްސަކޮށް ފުލުހުން އެ މައްސަލަ އޭސީސީއަށް ހުށަހެޅުމުން އުފެދޭ ސުވާލުތައް ފުނިޖެހުނެވެ. 3.5 މިލިއަން ރުފިޔާގެ އެޕާޓްމަންޓް ޒިފްލީން ގަނެފައިވަނީ ހަތަރު އަހަރު ދުވަހުގެ ޕޭމަންޓް ޕްލޭނެއްގެ ދަށުންނެވެ. މިއީ ސަރުކާރުން ނުވަތަ މަގާމުގެ ނާޖާއިޒު ފައިދާއެެއް ހޯދުމަކާ ނުލާވެސް މީހަކަށް ކުރެވިދާނެ ކަމެކެވެ. ރާއްޖޭގައި އަޅާފައިވާ ލަގްޒަރީ އެޕާޓްމަންޓްތައް މިހާރުގެ ސަރުކާރަށް ނިސްބަތްވާ މީހުން ގަނެފައިވަނީ ކިހިނެއްތޯ ސުވާލު ނުއުފައްދަނީ ކީއްވެގެންތޯ ސުވާލު އުފައްދާއިރު ފެންމަތިވަނީ މުޅިން އެހެން ކަމެކެވެ. ޒިފްލީންގެ މައްސަލަ ގޮސް ގުޅެނީ އެމްޑީޕީގެ ލީޑަޝިޕްގެ އެތެރޭގެ ކޯޅުމާ ކަމެވެ. މިމައްސަލަ ސީދާކޮށް ޒިފްލީނަށް އަމާޒުވިއަސް މީގެ ނުސީދާ ހަމަލާ އަމާޒުވަނީ މުޅިން އެހެން ފަރާތަކާއެވެ. އެމްޑީޕީގެ އިސް ސިޔާސީ ވެރިއަކަށެވެ. ބޭނުމަކީ އެބޭފުޅެއްގެ ނަފްސު ކަތިލުމެވެ. ވިދުން ފަނޑުކޮށްލުމެވެ. އާންމު މެންބަރުންގެ އިތުބާރު ގެއްލުވާލުމެވެ. މި މައްސަލަ އޭސީސީން ބެލުން ވަރަށް ރަނގަޅެވެ. އޭރުން ޒިފްލީންގެ އެއްވެސް ކުށެއް ނެތްކަން ވަރަށް ރަނގަޅަށް ސާފުވެގެންދާނެތީއެވެ. އެހެންނަމަވެސް ފާއިތުވި ދެ ސަރުކާރާއި މިހާރުގެ ސަރުކާރުގައިވެސް ހިމެނޭ ގިނަ ބަޔަކު މިލްކުވެރިކަމަށް ކުއްލި މުއްސަނދިކަމެއް އައިސްފައިވާ ސަބަބުތައް މިނިވަން ސިކުނޑިތަކަކުން ދިރާސާކޮށްލައިފިނަމަ، ނާޖާއިޒު ފައިދާގެ ދާގަނޑުން ދެމިގަނެވޭނެ މީހުން މަދުވާނެއެވެ. ހިތްވަރެއް ހުރި ނަމަ މި ހުރިހާ މައްސަލަ ފުލުހުން އޭސީސީއަށް ހުށައަޅާ ބަލާށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ