މުޙައްމަދު މުޢިއްޒު އަދުނާނުގެ ޕޭޖުން ގަރުދިޔައިގެ ވާހަކަ

މުޙައްމަދު މުޢިއްޒު އަދުނާނުގެ ޕޭޖުން ގަރުދިޔައިގެ ވާހަކަ
ލިޔުން:
އަހަރަކީ 1789 އެވެ. ތަނަކީ ފަރަންސޭސިވިލާތުގެ ވެރިރަށް ޕެރިސްއެވެ. އެދުވަސްރު އެ ޤައުމުވަނީ އިޤްތިޞާދީގޮތުން ވަރަށް ދަށަށްގޮސްފައެވެ. ރައްޔިތުންނަށް ކާލާނޭ ރޮށިފޮއްޗެއްވެސް ލިބުންވަރަށް ދައްޗެވެ.
އޭރުގެ ފަރަންސޭސި ރަސްގެފާނު 16ވަނަ ލުއީގެ ރާނީ، މޭރީ އެންޓޮނެޓް، އަރިހު ރައްޔިތުން ރޮށިފަޅިއެއްވެސް ކާންނުލިބިގެން އުޅޭވާހަކަ ދެންނެވުމުން ވިދާޅުވިކަމަށްވަނީ "ރޮށި ނުލިބެންޏާ ކީއްވެހޭ އެމީހުން ކޭކުނުކަނީ؟" މަހާރެހެންދިއަށް ރަޮށި ހަދަނީ ވެސް ފުށުންކަމާއި ރޮށިފަޅިއެއް ނުލިބިގެން އުޅޭބަޔަކަށް ޢަމުދުން ކޭކު ނުލިބޭނޭކަންވެސް އެނގިވަޑައިނުގަތެވެ.
މިއަދެވެ. ރާއްޖޭގެ އިޤްތިޞާދުގެ ޞިއްޙަތުވެސް ރަނގަޅުނޫން ވަގުތެއްގައި އިސް ބޭފުޅަކު ވިދާޅުވިކަމަށް ވަނީ، "އަމިއްލަ އަށް ގަރުދިޔަ އާއި ބަތާއި ކައްކައިގެން ކާލައިގެން، ތަންކޮޅެއް އާދައިގެ ދިރިއުޅުމަކަށް ތިރިވެލުން" ރަނގަޅުވާނެ ކަމަށެވެ.
އަޅުގަނޑުގެ ވާހަކައަކީ، މިއަދު ރިޔަލުގައި މަހަށްގޮސް ޚަރަދުކުޑަކޮށް، ގަރުދިޔަ ކައްކާލަން މަހެއެއް ބޭނޭނޭ ގޮތެއްނެތެވެ، އެތައް ސަތޭކަ ލިޓަރުގެ ތެޔޮ އަންދައި ހާހުން ނުވަތަ ލައްކައިން ރުފިޔާ ޚަރަދުކޮށްގެންނޫނީ އެވިދާޅުވިކަމަށް ބައެއް ނޫސްތަކުގައި އެބުނާ ގަރުދިޔައެއް ކާނީ ކިހިނަކުންތޯއެވެ؟
ކުކުޅަށްވުރެ ކަނޑުމަހުގެ އަގު މާދޮށްޓެވެ. ވަރަށް ބޮޑުއަގުގައި ނޫނީ ގަރުދިޔަ ކައްކާނޭ މަސްކޮޅެއް ލިބޭނޭ ގޮތެއް ނެތެވެ. ލައްކައިން ރައްޔިތުން ގެނެސް މިއޮތީ މިސަރަޙައްދަށް އަޅާލާފައެވެ. ބޮޑު ތަދެއް ނުވަތަ ދަތިކަމެއް އަތުވެއްޖެ ނަމަ، ކުރިންހެން ގޮނޑުދޮށުން މިސަރަޙައްދުގައި މަހެއް ބާނާލެވޭކަށްނެތެވެ. ވަދާދުއްވާލެވޭނެ ގޮތެެއްނެތެވެ. މީރު ދިވެހި ހަކުރުކޮޅެއް، ހިކިމަސްކޮޅެއް، ކާށިކޮޅެެއް، ގަބުޅިކޮޅެއް، ބަނބުކެޔަކޮޅެއް ކާލަވޭނޭގޮތެއް ނެތެވެ. އަދި ކުރިންހެން މަގޫފަތްކޮޅެއްވެސްނެތެވެ. މިލިޔުންކޮޅު ފެށިއިރު މަތީގައި ނަންގަތް، ފަރަންސޭސީންގެ މަހާރެހެންދިއާއި އަދުގެ ވެރިންނާވެސް ތަފާތެެއްނެތެވެ. ސަހަރޯއެވެ. ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އިމާރާތްކުރިއިރު ކޮމާޝަލް ސްޕޭސް ނުލީ އަދި ލިފްޓް މަދީ، ގާބިލްކަން ނެތީމަތަ؟ އިހްލާސްތެރިކަން ނެތީމަތަ؟

އެސްޑީއެފްސީ ހިއްސާގަތުމުގެ ނަމުގައި ދިވެހިންގެ ބޭންކުން އުޅެނީ ސަރުކާރު ހިންގަން ފައިސާ ދޭންތަ؟

އެއް މިނިސޓަރީން މީހުން ހެޕީތޯ ބަލާއިރު، އަނެއް މިނިސްޓަރީން މީހުންގެ ހަނދާން އެއްކުރަނީ

ސަރުކާރުން ކުރާ ކަންކަން ރައްޔިތުންނަށް އެނގެންޖެހެނީ ކިހާ މިންވަރަކަށް

އިންސްޓެންޓް ނޫޑްލްސް މިއީ ކެއުން ހެޔޮވާވަރު އެއްޗެއްތަ؟

ބަރުދަން ލުއިކުރުމަށް ހިނގަންވީ ބާރަށްތަ ނުވަތަ ގިނައިރުތަ؟
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
