ހަސަން އާޒިމްގެ ގަލަމުން: ދެމަފިރިން ވަގަށް ލޯބިވެގެން ބައްދަލުކުރުން

ހަސަން އާޒިމްގެ ގަލަމުން: ދެމަފިރިން ވަގަށް ލޯބިވެގެން ބައްދަލުކުރުން
ލިޔުން:
މި ލިއުމަކީ އިންޓަނެޓުން ފެނުނު ޕޯސްޓެއް އަސްލަކަށް ބަލައިގެން ލިޔެފައިވާ ތަރުޖަމާއެކެވެ.
2007 ވަނަ އަހަރު ބޮސްނިޔާގެ ދެމަފިރިން އިންޓަނެޓްގެ ޗެޓްރޫމަށްވަދެ އެކަކު އަނެކަކަށް ބޭވަފާތެރިވަމުންދިޔައެވެ. އަދި ދެމީހުންވެސް އުޅުނީ ތިމާގެ ބައިވެރިޔާއަށް ވަގަށް ދެމީހުން އެހެން ދެމީހުނާއި ލޯބިވެގެންނެވެ. އެމީހުންގެ ލޯބިވެރިންނާއި ގުޅުންގާތްވެ އެއްމެފަހުން ފިރިހެންމީހާ އޭނާ އިންޓަނެޓުން ލޯބިވެގެން އުޅޭ ލޯބިވެރިޔާއާއި ވަގަށް ބައްދަލުކުރަން ބޭނުންވިއެވެ. އަދި އަންހެންމީހާވެސް އޭނާ އިންޓަނެޓުން ވަގަށް ލޯބިވެގެން އުޅޭ ލޯބިވެރިޔާއާ ބައްދަލުކުރަން ބޭނުންވިއެވެ.
ކޮންމެޔަކަސް އިއްތިފާގުން ދެމީހުންވެސް އެމީހުންގެ ލޯބިވެރިންނާއި ބައްދަލުކުރަން ނިންމީއެއްދުވަހެއްގައެވެ. ދެމީހުންވެސް އެމީހުންގެ ލޯބިވެރިންނާއި ބައްދަލުކުރުމަށް އެކަކު އަނެކަކަށް ދޮގުހަދާފަ ލޯބިވެރިޔާ އާއި ބައްދަލު ކުރުމަށް ހޮޓެލެއްގެ ރޫމަކަށް ދިޔައެވެ. ދެމީހުނަށްވެސް ލިބިގެން ދިޔައީ ސިހުމެކެވެ. ލޯބިވެރިޔާއާ ބައްދަލުކުރުމަށް ހޮޓަލަށްދިޔަ ދެމީހުނަށް ހޮޓެލުގެ ރޫމުގެ ތެރެއިން ބައްދަލުވީ ދެމަފިރިންނަށެވެ.
އެވަގުތު އެމީހުނަށް އެނގުނީ އެ ހުރިހާ ދުވަހު އެމީހުން ވަގަށް ހިތާވެގެން އުޅުނީވެސް އެދެމީހުންކަމެވެ. ދެމީހުންވެސް އިންޓަނެޓުގައި އުޅެމުންދިޔައީ ވަގު އައީޑީ ހަދައިގެންނެވެ. އެކުވެރިންނޭވެ! އިންޓަނެޓުގައި އުޅޭހާ މީހަކާ ހިތާވެ އެމީހުނަށް މެސެޖުނުކުރާށެވެ! އަންހެނުންނަށްވެގެން އުޅޭ ބައެއް މީހުންނަކީ އަހަރުމެންގެ ބައްޕައިން، މަންމައިން، އަނބިން، ފިރިން ނުވަތަ ދަރިންކަމަށްވެސް ވެދާނެއެވެ. ބައެއްފަހަރު ރީތި ބިޓުން އަހަރުމެން މެސެޖުކުރިޔަސް ޖަވާބު އެ ނުދެނީ އަސްލު އެއީ އަހަރުމެންގެ ގާތް ކޮންމެވެސް މީހަކަށް ވީމަކަމަށްވެސް ވެދާނެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އިމާރާތްކުރިއިރު ކޮމާޝަލް ސްޕޭސް ނުލީ އަދި ލިފްޓް މަދީ، ގާބިލްކަން ނެތީމަތަ؟ އިހްލާސްތެރިކަން ނެތީމަތަ؟

އެސްޑީއެފްސީ ހިއްސާގަތުމުގެ ނަމުގައި ދިވެހިންގެ ބޭންކުން އުޅެނީ ސަރުކާރު ހިންގަން ފައިސާ ދޭންތަ؟

އެއް މިނިސޓަރީން މީހުން ހެޕީތޯ ބަލާއިރު، އަނެއް މިނިސްޓަރީން މީހުންގެ ހަނދާން އެއްކުރަނީ

ސަރުކާރުން ކުރާ ކަންކަން ރައްޔިތުންނަށް އެނގެންޖެހެނީ ކިހާ މިންވަރަކަށް

އިންސްޓެންޓް ނޫޑްލްސް މިއީ ކެއުން ހެޔޮވާވަރު އެއްޗެއްތަ؟

ބަރުދަން ލުއިކުރުމަށް ހިނގަންވީ ބާރަށްތަ ނުވަތަ ގިނައިރުތަ؟
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
