ހަނގުރާމަ ހުއްޓާލައި ސުލްހަ ވެދާނެ ކަމުގެ އިޝާރާތެއް ޕުޓިން، މޯދީއަށް ދެއްވައިފި

ހަނގުރާމަ ހުއްޓާލައި ސުލްހަ ވެދާނެ ކަމުގެ އިޝާރާތެއް ޕުޓިން، މޯދީއަށް ދެއްވައިފި
ލިޔުން:
ހަނގުރާމަ އަކީ ހައްލެއް ނޫން ކަމަށާއި ހާއްސަކޮށް ކުށެއް ނެތް ކުޑަކުދިން މެރުމަކީ ހިތްދަތިކަން ލިބޭ ކަމެއް ކަމަށް ރަސްމީ ދަތުރުފުޅެއްގައި މިހާރު ރަޝިޔާ އަށް ވަޑައިގެން އުޅުއްވާ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރަޝިޔާގެ ރައީސްގެ އަރިހުގައި ވިދާޅުވެއްޖެއެވެ.
ޕުޓިންއާ އެކު ބޭއްވެވި ބައިލެޓަރަލް މަޝްވަރާތަކުގައި މޯދީ ވިދާޅުވީ ޔޫކްރެއިންގައި ހިނގަމުންދާ ހަނގުރާމައާ ބެހޭ ގޮތުން ހުޅުވާލެވިފައިވާ ވިސްނުމަކުން މަޝްވަރާ ކުރެވުނީތީ އުފާކުރައްވާ ކަމަށާއި، ހަނގުރާމައާ ގުޅޭ ގޮތުން އެކަކު އަނެކަކުގެ ވިސްނުން ވަރަށް އިހުތިރާމާއެކު އަޑުއައްސަވާފައިވާ ކަމަށެވެ.
"ހަނގުރާމައަކުން ކަމަށް ވިޔަސް، ހަމަނުޖެހުންތަކަކުން ކަމަށް ވިޔަސް، ޓެރަރިޒަމްގެ ހަމަލާތަކަކުން ކަމަށް ވިޔަސް، އިންސާނިއްޔަތުކަން ގަބޫލުކުރާ ކޮންމެ މީހަކީ ވެސް ފުރާނައެއް ގެއްލުމުން ހިތާމަކުރާނެ މީހެއް. އެކަމަކު ކުށެއް ނެތް ކުދިން މަރާލާއިރު، ކުށެއް ނެތް ކުދިން މަރުވާތަން ފެނުމުން ހިތަށް ތަދުވޭ،" ތިންވަނަ ދައުރަކަށް ބޮޑުވަޒީރު ކަމުގެ ހުވާ ކުރެއްވުމަށްފަހު ގައުމުން ބޭރަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި ރަޝިޔާ އަށް ވަޑައިގެން މޯދީ ވިދާޅުވިއެވެ.
މޯދީ އިތުރަށް ވިދާޅުވީ މި ސަރަހައްދުގައި ސުލްހަ ގާއިމުކުރުމަށް ހުރިހާ ފަރާތްތަކަކަށް އެއްބާރުލުން ދޭން އިންޑިއާ އިން ތައްޔާރަށް އޮތް ކަމަށެވެ.
"އަޅުގަނޑު ތިޔަބޭފުޅުންނަށާއި ދުނިޔޭގެ މުޖުތަމައުއަށް ޔަގީންކޮށް އަރުވަން، އިންޑިއާއަކީ ސުލްހައަށް ތާއީދުކުރާ ގައުމެއްކަން. އަޅުގަނޑުގެ އެކުވެރިޔާ ޕޫޓިން އިއްޔެ ސުލްހައިގެ ވާހަކަ ދެއްކެވި އަޑު އިވުމުން އުއްމީދެއް ލިބުނީ،" ބޮޑުވަޒީރު މޯދީ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
