މާލެ: 31°C

އެލަން މަސްކު ވިދާޅުވަނީ އެމެރިކާގެ އިގްތިސާދު ހުރީ ބަނގުރޫޓުވުމާ ދިމާލަށް ކަމަށް

July 9, 2024
2 ފަހަރު ބަލާފައި
އެލަން މަސްކު ވިދާޅުވަނީ އެމެރިކާގެ އިގްތިސާދު ހުރީ ބަނގުރޫޓުވުމާ ދިމާލަށް ކަމަށް
އެލަން މަސްކު ވިދާޅުވަނީ އެމެރިކާގެ އިގްތިސާދު ހުރީ ބަނގުރޫޓުވުމާ ދިމާލަށް ކަމަށް
މަޝްހޫރު ޓެކް ވިޔަފާރިވެރިޔާ އެލަން މަސްކު އެމެރިކާގެ އިގްތިސާދީ ހާލަތާމެދު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. އޭނާ ދެކިލައްވާ ގޮތުގައި އެމެރިކާގެ އިގްތިސާދުގެ މިސްރާބު މިހާރު ހުރީ ބަނގުރޫޓުވުމާ ދިމާލަށެވެ. އެއީ އެމެރިކާގައި ފެޑެރަލް ސަރުކާރުން އިންޓަރެސްޓް ދެއްކުމަށް މި މާލީ އަހަރު 892 ބިލިއަން ޑޮލަރު ޚަރަދުކުރާނެ ކަމަށް ސީއެންއެން އިން ބުނެފައިވާތީ އެކަމަށް އިޝާރާތްކޮށެވެ. އެމެރިކާގެ އިގްތިސާދީ މާހިރުން ދެކިލައްވާ ގޮތުގައި ފަލަސްތީނާ ދެކޮޅަށް އިޒްރޭލުން މިހާރު ކުރިއަށް ގެންދާ ހަނގުރާމައަށް ފައިސާ އާއި ހަތިޔާރުގެ އެހީތެރިކަން އެމެރިކާއިން ދެމުން ގެންގޮސްފައިވަނީ އެމެރިކާގެ ރިޒާވަށް ނުރައްކާވާ މިންވަރަކަށެވެ. މި ފާޑުކިއުންތައް ބޮޑުވުމުން ޖޯބައިޑަންގެ ސަރުކާރުން މިހާރު ވަނީ އިޒްރޭލަށް އަސްކަރީ އަދި މާލީ އެހީދިނުން ވަގުތީ ގޮތުން ހުއްޓާލާފައެވެ. އެކަމާ ގުޅިގެން އިޒްރޭލުގެ ބޮޑު ވަޒީރު ވިދާޅުވެފައިވަނީ ހަނގުރާމަ ކުރިއަށް ގެންދަނީ ޖޯބައިޑަން ސަރުކާރުގެ ސީދާ އެންގުމަށް ކަމަށާއި ބައިޑަން ބޭނުންފުޅުވަނީ އަސީރުން މިނިވަންކޮށް ހަނގުރާމަ ކުރިއަށް ގެންދިއުމަށެވެ. އެލަން މަސްކުގެ ކުރު މެސެޖުގައި ވިދާޅުވެފައި ވަނީ އެމެރިކާގެ ބުރަ ސިއްޚީ އިންސުއަރެންސް ނިޒާމާއި ބަރުހެލި އިންޓަރެސްޓާއި ރަޝިޔާ ހަނގުރާމައަށް ޔޫކުރޭނަށް ދޭ ބޭކާރު ފައިސާ އާއި ހަތިޔާރާއި އިޒްރޭލަށް ހައްދެއް ނެތި ކުރާ ހޭދަ ކުޑަކުރުން ފަދަ ފިޔަވަޅުތަކެއް އަވަހަށް ނާޅައިފިނަމަ ބައިޑަންގެ މި ރިޔާސީ ދައުރު ނިމޭއިރު އެމެރިކާގެ އިގްތިސާދީ ހީނަރުކަން މިއިން ޒަމާނަކު ނުދާވަރަށް ދަށަށްދާނެއެވެ. މިކަމާ ބެހޭ ގޮތުން އެމެރިކާ ސަރުކާރުން ރަސްމީ ސިފައެއްގައި އެއްޗެއް އަދި ނުބުނެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ