މާލެ: 31°C

ގިނަ ބަޔަކު ބައިވެރިވާ ނިޒާމަކަށް އާސަންދަ ބަދަލުކޮށްގެން މެނުވީ ދެކޮޅު ޖެއްސޭކަށް ނެތް

July 2, 2024
2 ފަހަރު ބަލާފައި
ގިނަ ބަޔަކު ބައިވެރިވާ ނިޒާމަކަށް އާސަންދަ ބަދަލުކޮށްގެން މެނުވީ ދެކޮޅު ޖެއްސޭކަށް ނެތް
ގިނަ ބަޔަކު ބައިވެރިވާ ނިޒާމަކަށް އާސަންދަ ބަދަލުކޮށްގެން މެނުވީ ދެކޮޅު ޖެއްސޭކަށް ނެތް
އާސަންދައަކީ ސައްތައިން ސައްތަ ސަރުކާރުގެ ހިއްސާވާ ނިޒާމެއްގެ ގޮތުގައި އޮންނަ އޮތުުމަށް ނިމުން ގެންނަން ވެއްޖެއެވެ. ރައްޔިތުންގެ އެއްވެސް ބައިވެރިވުމެއް، ހިއްސާއެއް ނެތިި ދިވެހި ކޮންމެ އައިޑީކާޑަކަށް 100000 ރުފިޔާއާ ހަމައަށް ބޭސްފަރުވާގެ ޚިދުމަތް އެބަ ފޯރުކޮށްދެއެވެ. ނޫނެކެވެ. މިހާރު އެއީ ހުސްނުވާ އާސަންދައެވެ. ކިތަންމެ ވަރަކަށްވެސް ހަމަ ޚަރަދުކުރަންވީއެވެ. މިއީ ދައުލަތަށް ވަރަށް ބަރު އަދި ބުރަ ނިޒާމެކެވެ. މި އުސޫލު ބަދަލުކުރުމަށްޓަކައި މިހާރުން މިހާރަށްވެސް ބައެއް ބަދަލުތައް ގެނެވިދާނެއެވެ. އަހަރެންގެ ނަޒަރުގައި ސަރުކާރުގެ ކުންފުނިތަކުގައި އުޅޭ މުވައްޒަފުންގެ ހެލްތު އިންޝުއަރެންސަށް އެކުންފުންޏަކުން އާސަންދައަށް ކޮންމެ މަހަކުވެސް ވަކި މިންވަރެއްދީގެން މުވައްޒަފުންނަށް ޕްރީމިއަމް ކަވަރޭޖް ގަނެވިދާނެއެވެ. އޭރުންވެސް ދައުލަތުގެ ބަޖެޓުން އާސަންދައަށް ކުރާ ހޭދަކުޑަ ކުރެވިގެންދާނެއެވެ. މިއީ ލަސްނުކޮށް ފަށައިގަނެވެން އޮތް ކަމެކެވެ. ދެން އޮތީ ސިވިލް ސާވިސްގައި ހިމެނޭ 30،000 މުވައްޒަފުންނެވެ. ވަޒީފާއާ ބެހޭ ގާނޫނުގެ ދަށުން ހުރިހާ މުވައްޒަފުން ޕެންޝަން ފަންޑަށް ކޮންޓްރިބިއުޓްކުރާ އުސޫލުން ކޮންމެ މަހަކުވެސް ކޮންމެވެސް މިންވަރެއް ހެލްތު އިިންޝުއަރެންސަށް ކަނޑައަޅާ އާސަންދައަށް ޖަމާކުރެވިދާނެއެވެ. އަދި މުވައްޒަަފު ލާ އަދަދުން އާސަންދައިިން މިހާރު ކަނޑައަޅާފައިވާ އިންޝުއަރެންސް ޕްރިމިއަމް ހަމަނުވާނަމަ ދައުލަތުގެ ސަބްސިޑީގެ އޮނިގަނޑުގެ ދަށުން އެބައި ހަމަޖެއްސޭނެއެވެ. ދެން އޮތީ ޕްރައިވެޓް ސެކްޓާއެވެ. ވަޒީފާއާ ބެހޭ ގާނޫނު ބުނާ ގޮތުން ރާއްޖޭގައި ވަޒީފާއަދާކުރާ ކޮންމެ މީހަކުވެސް ޕެންޝަންއަށް ލާރި ޖަމާކުރަން ޖެހެއެވެ. ކުންފުނިތަކުން ގާނޫނާ އެއްގޮތަށް މުވައްޒަފުންގެ އަތުން ޕެންޝަނަށް ލާރިކަނޑައެވެ. ހަމަ މިގޮތަށް ގާނޫނަށް ގެންނަ ކުޑަ ބަދަލަކުން ރާއްޖޭގައި ވަޒީފާ އަދާކުރާ ކޮންމެ މީހަކުވެސް އެމީހެއްގެ ހެލްތު އިންޝުއަރެންސަށް، އާސަންދައަށް ފައިސާ ޖަމާކުރަން ފެށިދާނެއެވެ. މި އޮނިގަނޑުުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހާއި މިނިވަން މުވައްސަސާތަކުގެ މެންބަރުންނާއި ސަރުކާރުގެ ވަކިވަރަކަށްވުރެ އިސް މަގާމެއް އަދާކުރައްވަމުން ގެންދަވާ ބޭފުޅުންނާއި ސިފައިންނާއި ފުލުހުން ނުހިމެނޭ ގޮތަށް ވެސް ރޭވިދާނެއެވެ. ނުވަތަ އެބޭފުޅުން ވަކި އިންޝުއަރެންސް ޕެކޭޖްތަކެއް ގެންގުޅުއްވުމުގެ ބަދަލުގައި އެއްވެސް އިސްތިސްނާއެއް ނެތި އާސަންދައިގެ ދަށަށް ގެންދެވިދާނެއެވެ. އަދި މިހާރު އެތަންތަނުން އިންޝުއަރެންސަށްކުރާ ހޭދަ އާސަންދައަށް ޖަމާކުރުމުން އެންމެނަށް ހަމަހަމަ އުސޫލަކުން ދައުލަތުގެ އިންޝުއަރެންސް ލިބެންފެށީީއެވެ. މާމޮޅު އިިންޝުއަރެންސް ޕެކޭޖެއް ބޭނުންވާނަމަ އެމީހަކު އަމިއްލައަށް ޕްރައިވެޓް އިންޝުއަރެންސް ކުންފުނިތަކުން އިންޝުއަރެންސް ޕަކޭޖް ގަނެވިދާނެއެވެ. ނުވަތަ އާސަންދައަށް ވެސް ޕްރައިވެޓް އިންޝުއަރެންސް ޕެޖޭކް ވިއްކަން ފެށިދާނެއެވެ. މިއީ ގެންނަން ޖެހޭ ބަދަލެކެވެ. އެކަމަކު މިކަން ކުރާނީ ކޮން އިރަކު ކޮން ސަރުކާރަކުން ކަމެއް ނޭނގެއެވެ. ހުރިހާ ސަރުކާރުންވެސް ދައްކަނީ އާސަންދައިގެ ޚަރަދު ބޮޑު ވާހަކައެވެ. އޭގެ ބަދަލުގައި ގިނަ ބައެއްގެ ހިއްސާ އޮވެގެން ހިންގާ ނިޒާމަކަށް އާސަންދަ ބަދަލުކޮށްލެވިއްޖެނަމަ ހެޔޮ ނަތީޖާ ނުފެނި ނުުދާނެއެވެ. ދެން އޮތީ އާސަންދައިން ރިއަލްސްޓޭޓް ފަދަ ކަމަކަށް އިންވެސްޓްކުރުމެވެ. ސަރުކާރުން އާސަންދައަށް ހުޅުމާލެއިން ބިންދީ އަދި އެބިމުގައި މީހުން ދިރިއުޅުމަށް ނުުވަތަ އޮފީސްތަކަށް ޚާއްސަ އިމާރާތެއް އެޅުމުން އެތަނުން ލިބޭ އާމްދަނީން އާސަންދަގެ ބަޖެޓަށް ދިރުން ލިބި ދައުުލަތުގެ ބަޖެޓުން ކުރާ ހޭދަ ކުޑަ ކުރެވިދާނެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ