މާލެ: 31°C

ހަސަން އާޒިމްގެ ޚިޔާލު: ޙައްޖާއި އުމުރާއިން އަންނަ މީހުން ބަލާ އާއިލާއެކުގައި ދިއުން ހުއްޓާލަންވެއްޖެ

July 2, 2024
2 ފަހަރު ބަލާފައި
ހަސަން އާޒިމްގެ ޚިޔާލު: ޙައްޖާއި އުމުރާއިން އަންނަ މީހުން ބަލާ އާއިލާއެކުގައި ދިއުން ހުއްޓާލަންވެއްޖެ
ހަސަން އާޒިމްގެ ޚިޔާލު: ޙައްޖާއި އުމުރާއިން އަންނަ މީހުން ބަލާ އާއިލާއެކުގައި ދިއުން ހުއްޓާލަންވެއްޖެ
ދިވެހިންގެ ވިސްނުމާއި ސަރުކާރުގެ އުސޫލުވެސް ބަދަލުކުރަން އެބަޖެހެއެވެ.
ޙައްޖާއި އުމުރާ އަކީ ދުނިޔޭގެ އެތަން މިތަނުން އެކިކަހަލަ ބަލިމީހުނަށްދާންދެން އެއްތަނަކަށް ޖަމާވާ ތަނެކެވެ. ކޮންމެ ޙައްޖު މޫސުމެއްވެސް ނިމިގެން ޙައްޖާޖީން އައުމަށްފަހު ރޯގާ އާއްމުވެގެންދެއެވެ. ޙައްޖުގެ އަޅުކަމަށްފަހު އެނބުރި އަންނަވަގުތު މުޅި އާއިލާ އެކުގައި ކުޑަކުދިންނާއިއެކު ހައްޖުން އަންނަ މީހާ ބަލާގޮސް ޙައްޖުން އައިމީހާ ގައިގަ އޮޅުލާ ހެދުން މިއީ ހުއްޓާލަންވެއްޖެ ކަމެކެވެ.
އަހަރެންގެ ނަޒަރުގައި ޙައްޖާއި އުމުރާއިން އަންނަ މީހުން އެއްމެ ފުރަތަމަ މާލެ އައުމަށް ފަހު ކޮންމެހެން ބޭނުންވާ ޓެސްޓްތައް ހެދުމަށް ފަހު ނަތީޖާ ލިބުމުން އާއިލާ ކައިރިއަށް ދާގޮތަށް ޤަވައިދާ އުސޫލު ބަދަލު ކުރަން ޖެހެއެވެ.
މިފަދަ ޚިޔާލަކީ ބަލައިގަންނަން ތަންކޮޅެއް އުނދަގޫ ނޫނީ ނުރުހެވޭ ވާހަކައަކަށްވެސް ވެދާނެއެވެ. އެހެންނަމަވެސް މުޅި ޤައުމުގެ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މިފަދަ ބައެއް އުސޫލުތައް ހެދުމަކީ މުހިއްމު ކަމެއް ކަމުގައި އަހަރެން ދެކެމެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ