ޑރ. އަނާންގެ ކުއްލި ވަކިވުން: އެއީ ހަމައެކަނި ޑޮކްޓަރެއް ނޫން، އެކުވެރިއެއް، ހުލްގުހެޔޮ އޯގާތެރިއެއް

ޑރ. އަނާންގެ ކުއްލި ވަކިވުން: އެއީ ހަމައެކަނި ޑޮކްޓަރެއް ނޫން، އެކުވެރިއެއް، ހުލްގުހެޔޮ އޯގާތެރިއެއް
ލިޔުން:
"އެއީ ހަމައެކަނި މޮޅު ޑޮކްޓަރެއް ނޫން. އޭނާއާ ބައްދަލުވި ކޮންމެ ބަލި މީހަކަށް ވެސް އުއްމީދެއް ގެނެސްދޭ، ބައްދަލުވި ކޮންމެ މީހަކަށް ވެސް ރަހުމު ކުރެއްވި މީހެއް،" މިއީ އައިޖީއެމްއެޗްގައި ކެއްސަރުގެ ބައްޔަށް ފަރުވާ ދެއްވާ ޒުވާން ޑޮކްޓަރު އައިޝަތު އަނާން ޝަފީއު ކުއްލި ގޮތަކަށް ނިޔާވުމުން އައިޖީއެމްއެޗްގެ ޑޮކްޓަރު ޝިފާން ވިދާޅުވިއެވެ.
އެންމެންގެ ލޯތްބާއި އިތުބާރު ހޯދާފައިވާ ޑޮކްޓަރު އުމުރުން 28 އަހަރުގައި ނިޔާވީ ސްރީލަންކާއަށެވެ. އެހެންނަމަވެސް އެމަރުގެ ސަބަބެއް އަދި ނޭނގެއެވެ.
ޝިފާން ވިދާޅުވި ގޮތުގައި ޑރ. އަނާން އަބަދު ވެސް މަސައްކަތްތަކެއް ކުރައްވާފައިވަނީ ބަލިމީހުންނަށް އެންމެ ރަނގަޅު ފަރުވާ ދެއްވުމަށެވެ. އަނާން އަކީ އަބަދުވެސް މީހުންނަށް ރަހުމުކުރައްވާ އޯގާތެރިކަން އިސްކުރެއްވާ ޑޮކްޓަރެއް ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި ޒުވާން ޑޮކްޓަރުގެ ސާދާ ކަމާއި، ރިވެތި އަހުލާގާއި، ލަދުވެތިކަމަކީ ވެސް ފާހަގަކޮށްލެއްވާ ރިވެތި ސިފަތަކެއް ކަމަށް ވިދާޅުވިއެވެ.
ނޭޝަނަލް އޮންކޮލޮޖިކަލް ސެންޓަރ އޮފް މޯލްޑިވްސްގައި ޚިދުމަތް ކުރެއްވުމަށް ލިބުނު ވަރަށް ރަނގަޅު އެކުވެރިއެއް ކަމަށާއި ހިތުގައި އަބަދު ވެސް ޑރ. އަނާން ވާނެކަމަށް ޝިފާން ވަނީ ވިދާޅުވެފައެވެ.
"އަޅުގަނޑުމެންގެ ހިތުގައި އަބަދު ވެސް ޑރ. އަނާން ވާނެ،" ޑރ. ޝިފާން ވިދާޅުވިއެވެ.
އޭނާގެ ބައެެއް ޕޭޝަންޓުން ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ މެސެޖްތަކަށް ބަލާއިރު ޑރ. އަނާންއަކީ "ފަރުވާއެކެވެ". އެއީ އޭނާގެ "ހިތްހެޔޮ ކަމާއި ބަލި މީހުންނަށް ދޭ ހިތްވަރެ"ވެ.
ޑރ. އަނާން މިހާތަނަށް މަސައްކަތް ކުރައްވަމުން އައީ، އައިޖީއެމްއެޗުގައި ހިންގާ އޮންކޮލޮޖިސްޓް ސެންޓަރުގައެވެ. އޭނާ އަވަހާރަވީ ކިހިނެއްކަން އަދި ސާފެއްނުވެއެވެ.
ރާއްޖޭގެ ފުރަތަމަ ސާޖިކަލް އޮންކޮލޮޖިސްޓް ޑރ.މުހައްމަދު ޝިފާން ފޭސްބުކް ގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ، އަނާން ވަކިވެގެން ދިއުމަކީ ފޫ ނުބެއްދޭ ވަރުގެ ހުސްކަމެއް ކަމުގައެވެ.
ޑރ އަނާން އަކީ ސިއްހީ ގިނަ ގޮންޖެހުންތަކާއި އެކުވެސް ބަލިމީހުންގެ ހިތް އަތުލައިގަންނަން މޮޅު އޯގާތެރި، ކަމަށް ކަމޭހިއްތަވާ ގާބިލިއްޔަތު ޑޮކްޓަރެއްކަން ޝފާން ވަނީ ފާހަގަ ކުރައްވާފައެވެ. އަދި އެކަމަނާ ފަރުވާ ދެއްވާ ބަލި މީހުންނަށް ނޫނަސް އެހެން ބަލި މީހުންނަށްވެސް ވަރަށް ކަމޭ ހިއްތަވާ އޯގާތެރި ބޭކަނަބަލެއް ކަންވެސް ވަނީ ފާހަގަ ކުރައްވާފައެެވެ.
އެކުގައި މަސައްކަތް ކުރައްވާ އެންމެންނާއި ވެސް ގުޅޭ ހިތްތިރި އެހެން މީހުންނަށް އެހީތެރިވާ، އަދި އެއްބާރުލުން ދެއްވާ ޑޮކްޓަރެއް ކަމަށް ޝިފާން ފާހަގަ ކުރެއްވިއެވެ.
ޑރ. އަނާންގެ ކުއްލި ވަކިވުމުން ސިއްޚީ ޚިދުމަތްތެރިންނަށް ލިބުނު ހިތާމައާއެކު އޭނާގެ ޕޭޝަންޓުންވެސް ވަނީ އިންތިހާއަށް އަސަރުކޮށްފައެވެ. އަހަރެމެންގެ ދުޢާއަކީ ޑރ. އަނާންގެ ފުރާނައަށް ރަހުމަތްލެއްވުމެވެ. އާމީން.
ކިޔުންތެރިންގެ ސަމާލުކަމަށް

މޭޔަރުގެ މަގާމު ނުލިބުނުނަމަ ވިވަގުތު އާދަމް އާޒިމް ހުންނާނެ ކަމަށް ގަބޫލުކުރެވެނީ ސަރުކާރު ކުންފުންޏެއް ހިންގަން

އިންތިހާބު ގިނަވި ވަރަކަށް ރައްޔިތުންނަށްވާ ފައިދާ ބޮޑުވެ، ތަރައްގީ އަވަސްވޭ

ޕީއެންސީގެ މޭޔަރެއް މާލެސިޓީއަށް ގެންނައުމަށްވުރެ، އެޕާޓީން އާޒިމަށް މޭޔަރުކަން ހޯދައިދިނުން ގާތްކަމަށް ގިނަ ބަޔަކު ދެކެނީ ކީއްވެ!

އިންތިހާބުކުރާ މަގާމުތައް މަދުކޮށް އައްޔަނުކުރާ މަގާމުތައް އިތުރުކުރާނަމަ ވެރިއަކަށް އެހުރީ ޑިކްޓޭޓަރެކެވެ!

މީޑިއާއި މެދު ނަތަންޔާހޫ އާއި މުއިއްޒުގެ ވިސްނުން ދާދި އެއްގޮތް

ބީއެމްއެލް އާއި އެމްއޭސީއެލްގައި ހުރި ފައިސާއިން މުއިއްޒުގެ ހުރިހާ ވައުދެއް ފުއްދިދާނެތަ؟
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
