ނޭޓޯއިން ޔޫކުރެއިނަށް ވަދެއްޖެނަމަ ތިން ވަނަ ބޮޑު ހަނގުރާމަ ފެށޭނެ، އެމެރިކާއިން ޒިންމާ ނަގަން ޖެހޭނެ: ޕުޓިން

ނޭޓޯއިން ޔޫކުރެއިނަށް ވަދެއްޖެނަމަ ތިން ވަނަ ބޮޑު ހަނގުރާމަ ފެށޭނެ، އެމެރިކާއިން ޒިންމާ ނަގަން ޖެހޭނެ: ޕުޓިން
ލިޔުން:
އަސްކަރީ ގޮތުން ނޭޓޯއިން ޔޫކުރެއިނަށް ވަދެއްޖެނަމަ ތިން ވަނަ ބޮޑު ހަނގުރާމަ ފެށޭނެ ކަމަށާއި އެކަމުގެ ފުރިހަމަ ޒިންމާ އެމެރިކާއިން އުފުލަން ޖެހޭނެ ކަމަށް ރަޝިޔާގެ ރައީސް ލ. ޕުޓިން ވިދާޅުވެއްޖެއެވެ.
ޕުޓިން ވިދާޅުވީ ޔޫކްރެއިންގެ ވެރިއަކަށް މިހާރު ހުންނެވީ "ޖޯކަރެއް" ކަމަށާއި އެކަން ނޭޓޯއަށް ވިސްނެން ވާނެ ކަމަށެވެ.
އޭނާ ވިދާޅުވިގޮތުގައި ރަޝިއާއާ ދެކޮޅަށްކުރާ ހަނގުރާމަ ވަރުގަދަ ކުރުމަށްޓަކައި ޔޫކްރެއިނުން މިހާރު ވަނީ ނޭޓޯގެ އަސްކަރީ އެހީތެރިކަމަށް އެދިފައެވެ. ޔޫކްރެއިން މިހާރުވެސް ބޭނުން ކުރަނީ ހުޅަނގާއި އެމެރިކާއިން ޔޫކްރެއިނަށް ފޯރުކޮށްދޭ ހަތިޔާރު ކަމަށާއި އެމެރިކާ އާއި ނޭޓޯގެ އަސްކަރީ ފައުޖުތައް ޔޫކްރެއިންއަށް އެހީތެރިވުމަށް ފޮނުވުމަކީ ތިން ވަނަ ބޮޑު ހަނގުރާމައިގެ ފެށުން ކަމަށް ތަކުރާރުކޮށް ޕުޓިން ވިދާޅުވިއެވެ.
ކުއްލި ގޮތަކަށް ޕުޓިން އުތުރު ކޮރެެއާއަށް ވަޑައިގެން އަސްކަރީ އެއްބަސްވުމެއްގައި ސޮއިކުރުމުން ނޭޓޯއާއި އެމެރިކާއިން ވަނީ ރުޅިގަދަވެފައެވެ.
ޕުޓިން ވިދާޅުވީ އުތުރުކޮރެއާ އާއި ރަޝިޔާއަކީ މިހާރުވެސް އެމެރިކާއިން ފިއްތުންތައް ކުރިމަތިކޮށްފައިވާ ދެގައުމު ކަމަށާއި "އުތުރުކޮރެެއާއަށް ހަތިޔާރު ފޯރުކޮށްދިނުމަށް އެއްބަސްވީ އެމެރިކާ އާއި ހުޅަނގު އަދި އދ. ދެކެ އަހަރެމެން ބިރު ނުގަންނާތީ" ކަމަށެެވެ.
ދުނިޔޭގެ އަސްކަރީ ތަޖުރިބާކާރުން ދެކޭ ގޮތުގައި އިޒްރޭލުގެ އަނިޔާވެރިކަމާއި ޔޫކްރެއިނާއި ރަޝިޔާގެ ހަނގުރާމަ ދިގު ދެމިގެންދާނަމަ ތިން ވަނަ ބޮޑު ހަނގުރާމަ ނުފެށި ނުދާނެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
