މާލެ: 31°C

ފަލަސްތީނުގެ 9300 ރައްޔިތުން އިޒްރޭލުގެ ޖަލުތަކުގައި

June 19, 2024
2 ފަހަރު ބަލާފައި
ފަލަސްތީނުގެ 9300 ރައްޔިތުން އިޒްރޭލުގެ ޖަލުތަކުގައި
ފަލަސްތީނުގެ 9300 ރައްޔިތުން އިޒްރޭލުގެ ޖަލުތަކުގައި
ފަލަސްތީނުގެ ތާރީޚުގައި މިހާތަނަށް އެންމެ ގިނަ މީހުން އިޒްރޭލުގެ ޖަލުގައި ބަންދުކުރީމިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގައެވެ. ޔަހޫދީ އިޒްރޭލުން ނަސްލު ނައްތާލުމަށް ފަލަސްތީނު މީހުންނާ ދެކޮޅަށް ހިންގަމުން ގެންދާ ލާއިންސާނީ އުދުވާނުގައި މިހާތަނަށް 9300 ފަލަސްތީނު ރައްޔިތުން އިޒްރޭލުގެ ޖަލުތަކުގައި ވަނީ ގައިދުކޮށްފައެވެ. ޕަލަސްތީނިއަން ޕްރިޒަނާސް ސާވިސްގެ ފަރާތުން އާންމު ކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު އިޒްރޭލުގެ ޖަލުތަކުގައި ފަލަސްތީނުގެ 250 ކުޑަކުދިންނާއި 75 އަންހެނުންވެސް އެބަތިއްބެވެ. މިކަމާ ގުޅިގެން ހިޒްބުއްލާ ބުނެފައިވަނީ އިޒްރޭލާއެކު ސުލްހައިގެ އެއްވެސް އެއްބަސްވުމަކަށް ދާނީ އިޒްރޭލުން ހިފަހައްޓާފައިވާ ފަލަސްތީނުގެ ހުރިހާ ރައްޔިތުން މިނިވަންކޮށް އިސްވެ ހަމަލާތައް ހުއްޓާލުމުންނެވެ. މިހާތަނަށް އަރަބިން އިސްވެ ތިބެ ދެފަރާތަށް ހުށައެޅި ސުލްހައިގެ އެއްވެސް ހުށައެޅުމެއް އިޒްރޭލުން ގަބޫލެއް ނުކުރިއެވެ. މިހާރު އެމެރިކާއިން ސުލްހައިގެ ހުށައެޅުމެއް އދ. މެދުވެރިކޮށް ފަލަސްތީނަށް ހުށައެޅި ނަމަވެސް އެ ކަރުދާހުގައި ހުރިހާ މޮޅެއް އޮތީ ޔަހޫދީ އިޒްރޭލަށެވެ. އެހެންކަމުން ހިޒްބުއްލާ ބުނެފައި ވަނީ އެމެރިކާގެ ހުށައެޅުން ގަބޫލު ކުރުމާ ގާތްކުރާ މިންވަރަށްވެސް ފަލަސްތީނަށް ރައްކާތެރިކަމާއި ހިމާޔަތް އެހުށައެޅުމުގައި ނުވާ ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ