"ލަޔަންސް ޑެން" ހަމާސް ފަދަ ވަރުގަދަ ޖެހިލުންކުޑަ ހަނގުރާމަވެރި މުޖާހިދުންގެ ޖަމާޢަތް!

"ލަޔަންސް ޑެން" ހަމާސް ފަދަ ވަރުގަދަ ޖެހިލުންކުޑަ ހަނގުރާމަވެރި މުޖާހިދުންގެ ޖަމާޢަތް!
ލިޔުން:
ފަލަސްޠީނުގެ މިނިވަންކަމަށް ހަނގުރާމަކުރާ ހަތިޔާރުއެޅި ޖަމާޢަތްތަށް ފަލަސްޠީނުގެ އެކި ސަރަޙައްދުތަކުގައި ދަނީ އުފެދެމުންނެވެ. ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތަކީ އިސްރާއީލުން އެންމެ ޖެހިލުންވާ ޖަމާޢަތެވެ.
ފަލަސްޠީނުގެ ނާބުލްސް ސިޓީގައި ދާދި ފަހަކުން އުފެދުނު ލަޔަންސް ޑެން ކިޔުނު ޖަމާޢަތަކީ އިސްރާޢީލުގެ އަސްކަރިއްޔާ އެންމެ ބޮޑަށް ޖެހިލުންވާ އެއް ޖަމާޢަތެވެ. ސަބަބަކީ، ލަޔަންސް ޑެން ޙަރަކާތްތެރިވަމުން އަންނަނީ އިސްރާޢީލު ސިފައިންނާއި ރައްޔިތުން ދިރިއުޅެމުން އަންނަ ނާބުލްސްގައެވެ. ނާބުލްސް އާއި ޚިލާފަށް ޣައްޒާއަކީ އިސްރާއީލުގެ ސިފައިންނަށް އަރަންނުކުރޭ ރަށެއްކަމުން، ނާބުލްސްގައި އުފެދުނު ލަޔަންސް ޑެންގެ ނުރައްކާ އިސްރާއީލުން ނަގަނީ އިންތިހާއަށް ބޮޑު ނުރައްކަލެއްގެ ގޮތުގައެވެ. ޚާއްޞަކޮށް، ލަޔަންސް ޑެން އުފެދިގެން އައިސްފައިވާ ގޮތާއި، އެޖަމާޢަތުން އިސްރާޢީލުގެ ހައްދު ފަހަނައަޅާފައިވާ ޔަހޫދީންނާއި އިސްރާޢީލުގެ ސިފައިންނަށް ދީފައިވާ ހަމަލާތަކަކީ، މީގެ ކުރީން ފަލަސްޠީނުގެ ޖަމާޢަތްތަކުން ދީފަވާ ހަމަލާތަކަށްވުރެ ނުރައްކާތެރި ޕްލޭނެއްގެ ތެރޭން ދީފައިވާ ޙަމަލާތަކެވެ.
މިއަދާއި ހަމައަށް ލަޔަންސް ޑެންގެ ގިނަ މެމްބަރުންތަކެއް އިސްރާޢީލު ސިފައިން ވަނީ މަރާލާފައެވެ. އެހެނަސް، އެޖަމާޢަތުގެ ހަނގުރާމަވެރިޔަކު މަރާއެކު، އިތުރު 5 މެމްބަރުން އެޖަމާޢަތާއި ގުޅެމުންދެއެވެ. ލަޔަންސް ޑެންގެ ނަން އެޖަމާޢަތަށް ދީފަވަނީ ނާބުލްސްގައި ޖުލައިމަހު ޝަހީދުކޮށްލެވުނު ކުޅަދާނަ ހަނގުރާމަވެރި އިބްރާހީމް ނާބުލްސްގެ ނަމާގުޅުވައެވެ. އިބްރާހީމް ނާބުލްސް މަޝްހޫރުވެފައިވަނީ، ނާބުލްސްގެ ސިންގާގެ ނަމުންނެވެ. އިބްރާހީމް ނާބުލްސްއަކީ އިސްރާޢީލުގެ ސިފައިންގެ ގިނަ ޢަދަދެއްގެ މީހުން މަރާލި ކުޅަދާނަ މުޖާހިދެކެވެ. އޭނާ މަރާލުމަށްޓަކައި މުޅި އިސްރާޢީލުގެ އަސްކަރިއްޔާ ފޫގަޅައިގެން އެމަސައްކަތް ކާމިޔާބުވީ، ފަލަސްޠީނުގެ ދެފުއް ދެގޮތް މީހެއްގެ ޖާސޫސީ މަޢުލޫމާތެއްގެ އެހީގައެވެ.
ލަޔަންސް ޑެން އުފެދުނުކަން އިޢުލާނުކުރީވެސް އިސްރާޢީލުގެ ސިފައިންގެ މީހަކު މަރާލައިގެން ބޭއްވި އުފާފާޅުކުރުމެއްގެ ތެރެއިންނެވެ. އެއީ، މިދިޔަ އޮގަސްޓް މަހުގެ ތެރޭގައެވެ. ލަޔަންސް ޑެންގެ ޙަރަކާތްތަކަށް ބަލާއިރު، އިސްރާޢީލުގެ ސިޓީތަކުގެ ތެރޭގައި އިސްރާޢީލު ސިފައިންގެ ޗެކް ޕޯސްޓްތަކުގެ ކައިރީ ބޮން ގޮއްވުމާއި، އިސްރާޢީލް ސިފައިންނާއި ހައްދު ފަހަނައެޅި ޔާހޫދީން ދަތުރުކުރާ ކާރުތަކަށް ހަމަލާދިނުމާއި، އިސްރާޢީލަށް ޖާސޫސްކޮށްދޭ ފަލަސްޠީނުގެ ޚާއިނުން ހިފާ ހޯދައި ޙައްޤުވާ އަދަބު ދިނުމާއި، އިސްރާޢީލުގެ ސިފައިންގެ ހަރަކާތްތަކުގެ މަޢުލޫމާތު ފަލަސްޠީނުގެ ހަނގުރާމަވެރި ޖަމާޢަތްތަކަށް ފޯރުކޮށްދިނުން ހިމެނެއެވެ.
ލަޔަންސް ޑެން އުފެދިގެން އެޖަމާޢަތުންދޭ ޙަމަލާތަކަކީ، އިސްރާޢީލު ރައްޔިތުންނާއި އިސްރާޢީލު ފުލުހުންނާއި ސިފައިންގެ ތެރޭގައި ދޭންޖެހޭ ޙަމަލާތަކެއްކަމުގައިވާތީ، ގިނަ ބަޔަކު ދެކުނު ގޮތުގައި އެޖަމާޢަތުގެ މުސްތަޤުބަލަކީ ކުރު މުސްތަޤުބަލެކެވެ. އެހެން ނަމަވެސް، ޙަޤީޤަތުގައި އަދި މިހާތަނަށް ލަޔަންސް ޑެން އުފެދިން އަހަރެއް ނުވަނީސް އެޖަމާޢަތުގެ ހަނގުރާމަވެރިން މެރުމާއި އެޖަމާޢަތުގެ ހެޑް ކުއާޓާޒް ސުންނާފަތި ކުރިޔަސް އިސްރާޢީލުގެ ރައްޔިތުންނާއި ސިފައިންނަށް އެޖަމާޢަތުގެ ނުރައްކާ އެތަށް ގުނައެއް ބޮޑެވެ. ދާދި، ފަހަކުން ލަޔަންސް ޑެންގެ ހަރަކާތްތަށް ނުހުއްޓުވިގެން ޔަހޫދީން އިސްރާޢީލުގެ ސަރުކާރާ ދެކޮޅު ހެދުމުގެ ގޮތުން ބޭއްވި ރެލީއަކަށް ޓާގެޓްކޮށްގެން ސެކިއުރިޓީ ބެލެހެއްޓި އިސްރާޢީލު ސިފައިންގެ ހެޑްވެސް ރެލީ ތެރެއިން އެޖަމާޢަތުގެ ހަނގުރާމަވެރިންވަނީ މަރާލާފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

މޭޔަރުގެ މަގާމު ނުލިބުނުނަމަ ވިވަގުތު އާދަމް އާޒިމް ހުންނާނެ ކަމަށް ގަބޫލުކުރެވެނީ ސަރުކާރު ކުންފުންޏެއް ހިންގަން

އިންތިހާބު ގިނަވި ވަރަކަށް ރައްޔިތުންނަށްވާ ފައިދާ ބޮޑުވެ، ތަރައްގީ އަވަސްވޭ

ޕީއެންސީގެ މޭޔަރެއް މާލެސިޓީއަށް ގެންނައުމަށްވުރެ، އެޕާޓީން އާޒިމަށް މޭޔަރުކަން ހޯދައިދިނުން ގާތްކަމަށް ގިނަ ބަޔަކު ދެކެނީ ކީއްވެ!

އިންތިހާބުކުރާ މަގާމުތައް މަދުކޮށް އައްޔަނުކުރާ މަގާމުތައް އިތުރުކުރާނަމަ ވެރިއަކަށް އެހުރީ ޑިކްޓޭޓަރެކެވެ!

މީޑިއާއި މެދު ނަތަންޔާހޫ އާއި މުއިއްޒުގެ ވިސްނުން ދާދި އެއްގޮތް

ބީއެމްއެލް އާއި އެމްއޭސީއެލްގައި ހުރި ފައިސާއިން މުއިއްޒުގެ ހުރިހާ ވައުދެއް ފުއްދިދާނެތަ؟
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
