މާލެ: 31°C

ދިވެހިރާއްޖެ އިތުރަށް ވިދުވާލަދިން ނޫރައިންގެ އިންްޓަވިއު

May 10, 2024
2 ފަހަރު ބަލާފައި
ދިވެހިރާއްޖެ އިތުރަށް ވިދުވާލަދިން ނޫރައިންގެ އިންްޓަވިއު
ދިވެހިރާއްޖެ އިތުރަށް ވިދުވާލަދިން ނޫރައިންގެ އިންްޓަވިއު
ތަނަކީ ދުބާއީއެވެ. ހަފުލާއަކީ ވޯލްޑް ޓެރެވެލް އެވޯޑު ހަފުލާއެވެ. ދުނިޔޭގެ މަޝްހޫރު ނޫސްް މަޖައްލާތަކާއި ޓީވީ ރޭޑިއޯތަކުން ގެންދިޔައީ،ހަތަރު ކެޓަރީއަކުން ވޯލްޑް ލީޑިން ކަންޓްރީގެ ޝަރަފު ހޯދި ދިވެހިރާއްޖޭގެ ޓޫރިޒަަމް އޮފިޝަލުންގެ އެކްސްކުލޫސިވް އިންޓަވިއުއެއް އަތުޖެހޭތޯ މަސައްކަތްކުރަމުންނެވެ. އެގޮތުން އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ އެމްއެމްޕީއާރުސީގެ ޗެއާޕާސަން އައިޝާ ނޫރައިން ޖަނާހް ބޭރު މީޑިޔާއަަކަށް ދެއްވާފައިިވާ ހިތްގައިމު އިންޓަވިއުއެވެ.
ސުވާލުކުރި ނޫސްވެރިިޔާއަށްވުރެ ވެސް ރީތިކޮށް، ފަށުވިކޮށް، ބަލާގާތްތެރިކަމާއި ކުށެއް ނެތި ދިން ކުއްލި ޖަވާބުން ދިވެހިރާއްޖޭގެ ނަން އިތުރަށް ވިދުވާލަދިނެވެ.
ވޯލްޑް ޓްރެވަލް އެވޯޑްސްގެ ހަފްލާގައި މީޑިއާ އަށް އޭނާ ދެއްވި އިންޓަވިއުއަށް ރާއްޖެއާއި ދުނިޔޭގެ އެކި ހިސާބުތަކުން ދަނީ ތައުރީފު އޮހެމުންނެވެ. އޭނާއަކީ ދިވެހި ޓޫރިޒަމްގެ ނަލަކަން ދައްކުވައިދިން މޫނުގެ ގޮތުގައި ބޭރުގެ މީޑިޔާއަކުން ސިފަކޮށްފައިވާއިރު، ބިދޭސީ ނޫސްވެރިއަކު އޭނާ ސޯޝަލް މީޑިޔާގައި ބުނެފައިވަނީ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގެ ކާމިޔާބު ގުޅިފައިވަނީ ނޫރައިން ފަދަ ހުނަރުވެރި ޢިލްމީ ޒުވާނުންނާ ކަމަށެވެ. ޚާއްސަކޮށް އޭނާއަކީ އަންހެނަކަށް ވީތީ ލިބުނު ސަމާލުކަން އެތައް ގުނައެއް އިތުރުވެގެން ގޮސްފައިވެއެވެ. ހަތަރު ކެޓަގަރީ އަކުން ރާއްޖެއަށް އެވޯޑު ލިބުނު މި ހަފްލާގައި މީޑިއާ އާއި ވާހަކަ ދައްކަވަމުން ނޫރައިން ވިދާޅުވީ އަނެއްކާވެސް ރާއްޖެއަށް ލީޑިން ހަނީމޫން ޑެސްޓިނޭޝަން އެވޯޑު ލިބުމުން އުފާ ކުރާ ކަމަށާއި އެކަމާމެދު ފަހުރުވެރިވާ ކަމަށެވެ. https://twitter.com/MvCrisis/status/1788807276465467457?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1788823220868562949%7Ctwgr%5Eb16f60b8dcfd5bf67250364838e52704bccffa9b%7Ctwcon%5Es3_&ref_url=https%3A%2F%2Fsauvees.com%2F5791%2F ޔުނިވާސިޓީ އޮފް އޯކްލޭންޑުން ބެޗެލާސް ޑިގްރީ ހާސިލް ކުރައްވާފައިވާ ނޫރައިން އަކީ 10 އަހަރު ދުވަހުގެ މެނޭޖްމެންޓް ތަޖުރިބާ ހުރި ޗާޓާޑް އެކައުންޓެންޓެކެވެ. އޭނާ އެކައުންޓިން ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލް ކުރެއްވީ އޯކްލޭންޑް ޔުނިވާސިޓީ އޮފް ޓެކްނޮލޮޖީ އިންނެވެ ގިނަ ދުވަސްތަކެެއްގައި ނިއުޒީލެންޑުގައި ދިރިއުޅުއްވުމަށް ފަހު މާލެ ވަޑައިގެން މިހާރު އުޅުއްވަނީ އާއިލީ ވިޔަފާރީގައެވެ. މީސްމީޑިއާގައި "އެމްވީކްރައިސިސް" އިން ނޫރައިންގެ އިންޓަވިއުގެ ވީޑިއޯ ދައުރުކޮށްލުމުން ދިވެހިންގެ ތައުރީފު ބަންޑުންކޮށްލިއެވެ. އެކަކު ބުންޏެވެ؛ "މިއީ ދިވެހި ޓޫރިޒަމް އިންޑަސްޓްރީ އާއި ދިވެހި ރާއްޖެ ފަޚުރުވެރިވާން ޖެހޭ ފަދަ ތަރިއެއް. އޭނާގެ ބަސްމޮށުންތެރިކަމުގެ މޮޅުކަން އެއީ ރާއްޖެއަށް އެ ހަފުލާގައި ލިބުނު ފަސް ވަނަ އެވޯޑު. އެހާވެސް ފުރިހަމަ އަދި މޮޅު އޭނާ އިނގިރޭސި ބަހުން އެދިން އިންޓަވިއު." މި ވީޑިއޯގައި ނޫރައިން ގެ ބަސްމޮށުންތެރިކަމާއި ވާހަކަ ދެއްކެވުމަށް ފަރިތަކަން ފާހަގަ ކުރަމުން ގިނަ ބަޔަކު ބުނެފައިވަނީ އޭނާ ދުނިޔޭގައި ރާއްޖެ ތަމްސީލު ކުރާތީ ފަޚުރުވެރިވާ ކަމަށެވެ؛ "އަހަރެމެން ފަޚުރުވެރިވަން. ތިޔައީވާ ކަނބަލެއް. މިނިސްޓަރުކަމަށް ވެސް މީނަ ކަމުދޭ." އިނގިރޭސި ބަހުން ނޫރައިން ދެއްވި އިންޓަވިއުގައި ނޫސްވެރިޔާ ކުރި ސުވާލުތަކަށް އޭނާ ދެއްވި އަވަސް އަދި ހުޝިޔާރު ޖަވާބުތަކަށް ތައުރީފު ކުރަމުން ބައެއް ފަރާތްތަކުން ބުނީ ނޫރައިން ފަދަ ކަނބަލުން ރާއްޖޭގެ ޓޫރިޒަމްގެ ހުންގާނުގައި ތިބިއްޔާ އެ އިންޑަސްޓްރީ ބޮޑު ތަނުން ކުރި އަރާނެ ކަމަށެވެ. "ދިވެހިރާއްޖޭގެ ޓޫރިޒަމް ތަމްސީލްކުރުމަށް އިންޓަވިއު ދޭންވާނީ މިފެންވަރުގެ ބޭފުޅުން. ހަަމަޖެހިލައިގެން، ހިނިތުންވެލައިގެން އެވޯޑު ހިފައިގެން ހުރެ ދިވެހިރާއްޖޭގެ، ދިވެހިންގެ ޝުއޫރު ފާޅުކޮށްލި ގޮތުން، ޓޫރިޒަމް މިނިސްޓަރާއި އެހެން އޮފިޝަލުންގެ ސަބަބުން ލިބުނު ބަދުނާމު ފަނޑުވެ، ނޫރައިންގެ އިންްޓަވިއުއިން ދިވެހިރާއްޖެ ވިދުވާލަދީފި،" ސޯޝަލް މީޑިޔާގައި މީހަކު ހިޔާލުފާޅުކޮށްފައިވެއެވެ. ނޫރައިންގެ އިންޓަވިއު ޓެގްކޮށް ސޯޝަލް މީޑިޔާގައި އަންހެނުން ގެންދަނީ ތައުރީފުކުރަމުންނެވެ. "މިފަދަ އެތައް އަންހެން ކަނބަލުންނެއް ރާއްޖޭގައި އެބަތިބި. ރާއްޖޭގެ ސިޔާސީވެރިން މިފަދަ ކުދިންގެ ބޭނުން ހެޔޮގޮތުގައި ހިފާނަމަ ރާއްޖެ މިއަދު އޮންނާނީ މިގޮތަކަށް ނޫން. ނޫރައިން އަހަރުމެން ފަހުރުވެރި ކުރުވައިފި. ވަރަށް އުފާވެއްޖެ،" އައިޝަތު ލީނާ އޭނާގެ އެކްސްގައި ލިޔެފައިވެއެވެ. އިތުރު މީހެއްގެ ކޮމެންޓެކެވެ؛ "މިފެންވަރަށް އިންޓަވިއު ނުދެވެންޔާ ރައްޔިތުން ފާޑުކިޔާނެ." ބައެއް ފަރާތްތަކުން ނޫރައިން ސިފަކުރީ ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރުކަމަށް ވެސް ފައްކާވެފައިވާ ޕްރޮޑަކްޓެއްގެ ގޮތުގައެވެ. ސޯޝަލް މީޑިޔާގައި ސަރުކާރަށް ބަދުބަސް ބުނަމުން ދިޔަ އިދިކޮޅު އަޑު،ނޫރައިންގެ އިންޓަވިއުގެ ސަބަބުން ކެނޑިގެން ދިޔައެވެ. އެއީ އެމީހުން އުންމީދުވެސް ކުރެވިފައިނުވާ ފަދަ ގޮތަކަށް ނޫރައިން ދިވެހިރާއްޖޭގެ ނަން ވިދުވާލަ ދިނީތީއެވެ. ސަރުކާރުގެ އިސްމަގާމުތަކުގައި ކުޅަދާނަ ހުނަރުވެރިން އެބަތިބިކަން ވެސް ނޫރައިންގެ އިންޓަވިއުއިން ހާމަވެގެންދިޔައެވެ. ނޫރައިންއަށް ޝުކުރިއްޔާއެވެ. ތިގޮތުގައި ކުރިއަށް ވަޑައިގަންނަވާށެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ