މާލެ: 31°C

އެންޓި-ޑިފެކްޝަން ޤާނޫނުގެ ދަށުން ޕާޓީން ވަކިކުރާ މެންބަރުންނަށް ހަތް ދުވަހުގެ ތެރޭގައި އެމައްސަލަ ކޯޓަށް ހުށައަޅަން ފުރުސަތު ލިބޭ!

April 17, 2024
3 ފަހަރު ބަލާފައި
އެންޓި-ޑިފެކްޝަން ޤާނޫނުގެ ދަށުން ޕާޓީން ވަކިކުރާ މެންބަރުންނަށް ހަތް ދުވަހުގެ ތެރޭގައި އެމައްސަލަ ކޯޓަށް ހުށައަޅަން ފުރުސަތު ލިބޭ!
އެންޓި-ޑިފެކްޝަން ޤާނޫނުގެ ދަށުން ޕާޓީން ވަކިކުރާ މެންބަރުންނަށް ހަތް ދުވަހުގެ ތެރޭގައި އެމައްސަލަ ކޯޓަށް ހުށައަޅަން ފުރުސަތު ލިބޭ!
އެންޓި-ޑިފެކްޝަން ގާނޫނުގެ ދަށުން، މެންބަރަކު އިންތިހާބުވި ޕާޓީން އެމެންބަރަކު ވަކިކޮށްފިނަމަ އެނިންމުން ހަތް ދުވަހުގެ ތެރޭގައި ކޯޓަށް ހުށަހެޅުމުގެ ފުރުސަތު އެ ގާނޫނުގެ ދަށުން ކޮންމެ މެންބަރަށް ލިބިގެންވެއެވެ. އެހެންނަމަވެސް ކޯޓުން އެމައްސަލަ ބަލާ ގޮތެއް ކަނޑައަޅަން ޖެހޭނެ މުއްދަތެއް ގާނޫނުގައި ބަޔާންކޮށްފައެއް ނުވެއެވެ. ކޯޓަށް މައްސަލަ ހުށަހެޅި މެންބަރަކު ޕާޓީން ވަކިކޮށްފައިވަނީ ރަނގަޅަށް ކަމަށް ކޯޓުން ނިންމައިފިނަމަ އެ މެންބަރަކު ސިޔާސީއެއްގެ މެންބަރުކަމުން ވަކިވެފައިވާކަން އިލްކެޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް އެންގުމާއެކު އެމެންބަރެއްގެ އިންތިހާބީ ގޮނޑި ގެއްލެއެވެ. އަދި މީގެ އިތުރުން ގޮނޑި ގެއްލޭ އިތުރު ހާލަތްތައް ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވަނީ؛ 1. ޕާޓީން އަމިއްލައަށް ވަކިވާން ހުށަހަޅާއި އިލެކްޝަން ކޮމިޝަނުގައި ދަފްތަރުވުން 2. އިންތިހާބުވި ޕާޓީ ނޫން އެހެން ޕާޓީއެއްގެ ނަމުގައި އިލެކްޝަން ކޮމިޝަނުގައި ދަފްތަރުވުން 3. އަމިއްލަ ގޮތުން އިންތިހާބުވި މެންބަރަކު ސިޔާސީ ޕާޓީއެއްގެ މެންބަރަކަމުން ވެއްޖެނަމަ އެކަން އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަލިޖީހަށް އެންގުން އެންޓި ޑިފެކްޝަން ގާނޫނުގެ މައިގަނޑު މަގުސަދެއް ކަމަށް ގާނޫނުގައި ބުނެފައިވަނީ އިންތިހާބުކުރާ މަގާމުތަކުގައި ތިބޭ މީހުން ސިޔާސީ އަދި މާލީ ނުފޫޒުން އެއްކިބާވެފައިވާ އަދި އާންމު ރައްޔިތުންގެ އިތުބާރާއި ޔަގާންކަން ލިބިފައިވާ ބައެއް ކަމަށް ހެދުމެވެ. ގާނޫނުގެ ތައާރަފުގައި ބަޔާންކޮށްފައިވަނީ އަންނަނިވި ގޮތަށެވެ؛ "މިއީ ދިވެހިރާއްޖޭގައި ހިނގަމުންދާ މަލްޓި ޕާޓީ ސިސްޓަމްގެ ދަށުން، ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި ވާދަކޮށްގެން ރައްޔިތުންގެ މަޖިލީހަށާއި ސިޓީ ކައުންސިލްތަކަށާއި އަތޮޅު ކައުންސިކްތަކަށާއި ރަށު ކައުންސިލް ތަކަށާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް އިންތިހާބުވުމަށް ފަހު އެ އިންތިހާބުވި ދައުރުގެ ތެރޭގައި އިންތިހާބުވި ޕާޓީގެ މެންބަރުކަމުން އެމީހަކު ވަކިކޮށްފިނަމަ ނުވަތަ އަމިއްލައަށް ވަކިވެއްޖެނަމަ ނުވަތަ އެހެން ޕާޓީއެއްގެ މެންބަރަކަށް ވެއްޖެނަމަ ނުވަތަ އަމިއްލަގޮތުން އިންތިހާބުވެފައިވާ މެންބަރަކޔ އެމީހަކު އިންތިހާބުވި ދައުރުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެނަމަ އެފަދަ މެންބަރެއްގެ ގޮނޑިއާމެދު ޢަމަލުކުރާނެޭ ގޮތް ކަނޑައެޅުމާއެކު އެފަދައިން ގޮނޑި ހުސްވާ ހާލަތްތަކުގައި ބައި އިލެކްޝަން ބޭއްވުމާ ގުޅޭ އުސޫލުތަކާއި އިޖުރާއަތްތައް ބަޔާންކުރުމުގެ ގާނޫނެވެ." މި ގާނޫނުގެ ދަށުން މެންބަރުކަމުން ވަކިވާ ނުވަތަ އިސްތިއުފާ ދޭ މެންބަރުންނަށް ވެސް ބައި އިލެކްޝަންގައި ބައިވެރިވޭ ގޮތަށް ގާނޫނުން ވަނީ ފުރުސަތު ދީފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ