މާލެ: 31°C

ފްރޯޑްކޮށްގެން ދުބާއީ ބޭންކްތަކުގެ ކަސްޓަމަރުންގެ އެކައުންޓްތަކުންނާއި ކްރެޑިޓްކާޑުން ފައިސާ ނެގުމުގައި ހަރަކާތްތެރިވި 464 މީހަކު ހައްޔަރުކޮށްފި

April 9, 2024
2 ފަހަރު ބަލާފައި
ފްރޯޑްކޮށްގެން ދުބާއީ ބޭންކްތަކުގެ ކަސްޓަމަރުންގެ އެކައުންޓްތަކުންނާއި ކްރެޑިޓްކާޑުން ފައިސާ ނެގުމުގައި ހަރަކާތްތެރިވި 464 މީހަކު ހައްޔަރުކޮށްފި
ފްރޯޑްކޮށްގެން ދުބާއީ ބޭންކްތަކުގެ ކަސްޓަމަރުންގެ އެކައުންޓްތަކުންނާއި ކްރެޑިޓްކާޑުން ފައިސާ ނެގުމުގައި ހަރަކާތްތެރިވި 464 މީހަކު ހައްޔަރުކޮށްފި
ދުބާއީގެ އެކި ބޭންކްތަކުގެ ކަސްޓަމަރުންގެ އެކައުންޓްތަކުން އޮޅުވާލައިގެން ފައިސާ ހޯދުމުގައި ހަރަކާތްތެރިވަމުންދިޔަ 400 އަށްވުރެ ގިނަ މީހުން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އަތުލައިގެންފިއެވެ. އަބޫދާބީ އާއި ދުބާއީ ފުލުހުން ގުޅިގެން ހިންގި ފުޅާ އޮޕަރޭޝަންގައި 464 މީހުން ހައްޔަރުކުރީ އެމީހުން ފްރޯޑްކުރަން ބޭނުންކުރި ފޯނުތަކާއި އެނޫންވެސް ޒަމާނީ އާލާތްތަކާއެކީއެވެ. ދުބާއީ ފުލުހުން ބުނި ގޮތުގައި މިހާތަނަށް ހައްޔަރުކުރި މީހުންނަކީ ޖުމްލަ 400 ކަސްޓަމަރަކަށް އޮޅުވާލައި މަކަރު ހަދައިގެން އެމީހުންގެ ބޭންކް އެކައުންޓްތައް ހެކް ކޮށްގެންނާއި ބޭންކްތަކުގެ ކަސްޓަމަރ ސާވިސްގެ ނަމުގައި ނަމުގައި އެކި ބޭންކްތަކުގެ ކަސްޓަމަރުންނަށް ގުޅާ އެމީހުންގެ ކްރެޑްކާޑް މައުލޫމާތު އެއްކޮށް އެކްރެޑިޓް ކާޑުތަކުން ވައްކަންކޮށްފައިވާ މީހުންނެވެ. "ބޭންކްގެ މައުލޫމާތު އަޕްޑޭޓްކުރާ ނަމުގައި ކަސްޓަމަރުންނަށް ގުޅާ ކާޑްތަކުގެ މައުލޫމާތު ހޯދާފައި އެބަހުރި. ކާޑްތައް ބްލޮކް ވެއްޖެއޭ އެކަން ރަނގަޅު ކުރުމަށް ކާޑުގެ މައުލޫމާތުތައް އެއްކޮށްގެން އެކާޑުތަކުން ގިނަ އަދަދަކަށް ފައިސާގެ މުއާމަލާތްތައް ހިންގާފައި އެބަހުރި. އަދި ބޭންކުގެ ކަސްޓަމަރުންނަށް ބޭންކްގެ ނަމުގައި އެކި މެސެޖްތައް ފޮނުވައި، އެލިންކު ހުޅުވުމުން ފޯނާ ލިންކް ކޮށްފައިވާ ބޭންކް އެކައުންޓްތައް ހެކްކޮށްގެން ގިނަ އަދަދެއްގެ ފައިސާ ނަގާފައި އެބަހުރި،" ދުބާއީ މީޑިޔާއެއްގައި ފުލުހުންނާ ހަވާލާދީ ރިޕޯޓްކޮށްފައިވެއެވެ. މިހާތަނަށް ހައްޔަރުކުރި މީހުން ނިސްބަތްވަނީ އެކި ގައުމުތަކަށް ކަމަށާއި އޭގެ ތެރޭގައި އައިޓީ ދާއިރާގެ ތަޖުރިބާކާރުންނާއި ހެކަރުންނާއި ސޮފްޓްވެއާ ދާއިރާއިން ތަޖުރިބާ ހޯދާފައިވާ މީހުންވެސް ހިމެނެއެވެ. ފުލުހުން މިހާރު އެންމެ އިސްކަމެއްދީގެން ބަލަމުން ގެންދަނީ ހައްޔަރުކޮށްފައިވާ އެމީހުން، ބޭންކްތަކުގެ ކަސްޓަމަރުންގެ ޑޭޓާ ބޭސްއަށް ވާސިލްވި ގޮތެވެ. "ބޭންކުގެ ނަމުގައި ގޮތް ނޭނގޭ ނަމްބަރުތަކުން ގުޅިއަަސް އެކައުންޓާއި ކްރެޑިޓްކާޑުގެ މައުލޫމާތު ހިއްސާނުކުރައްވާ،" ދުބާއީ ފުލުހުން އިލްތިމާސްކުރައްވާފައިވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ