މާލެ: 31°C

އެއް ގަރާޖެއް! އެތައް ނަމެއް!: ގަރާޖްސިޓީ ވިއްކުމުގެ ޖަރީމާއިން ކުޑަމިންވަރެއް

April 5, 2024
4 ފަހަރު ބަލާފައި
އެއް ގަރާޖެއް! އެތައް ނަމެއް!: ގަރާޖްސިޓީ ވިއްކުމުގެ ޖަރީމާއިން ކުޑަމިންވަރެއް
އެއް ގަރާޖެއް! އެތައް ނަމެއް!: ގަރާޖްސިޓީ ވިއްކުމުގެ ޖަރީމާއިން ކުޑަމިންވަރެއް
އެއީ ޓްރާންސްޕޯޓް މިނިސްޓްރީގެ އޮފިޝަލުން ހިންގާފައިވާ ޖަރީމާއެކެވެ. ވަކި ސަރުކާރަކުން ނޫނެވެ. އެއިރެއްގައި އެ ގޮނޑީގައި ތިއްބެވި ކޮންމެ ބަޔަކުވެސް މިކަން އޮތީ ހިންގާފައެވެ، އެއީ މާލެއާއި ހުޅުމާލެއިން ގަރާޖް ސިޓީ ވިއްކުމެވެ. އެކި އެޖެންޓުން މެދުވެރިކޮށް ގަރާޖް ސިޓީ ވިއްކާފައި ވަނީ 40،000-60،000 ރުފިޔާއާ ދެމެދުގެ އަގުތަކުގައެވެ. މިއީ ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި އެންމެނަށް އެނގި، ފެނިގެން ކޮށްފައިވާ ވައްކަމެކެވެ. ހިންގާޕައިވާ ކޮރަޕްޝަނުގެ ޢަމަލެކެވެ. މިނިސްޓްރީގެ ބައެއް މުވައްޒަފުން ކިޔައިދިން ގޮތުގައި އެއް ގަރާޖަކަށް 300 ކާރުވެސް ރަޖިސްޓްރީކޮށްފައި އެބަހުއްޓެވެ. އަދި ވުޖޫދުގައި ނެތް އެތައް ގަރާޖެއް ކަރުދާހުގައި ކުރަހާލާފައި އޮންނަ ކުރެހުމަކަށް ބަލައި ވެހިކަލް ރަޖިސްޓްރީކޮށްދީފައި ވަނީ މިނިސްޓްރީން ހަދާފައިވާ އުސޫލުތަކާ މުޅިން ޚިލާފަށެވެ. އެކަމަކު އެކަމަށް އެޅުނު ފިޔަވަޅެއް، ހުއްޓުވުނު ވެރިއަކު ޓްރާންސްޕޯޓް މިނިސްޓްރީއާ ހަވާލެއް ނުވެއެވެ. "ހަދާގޮތަކީ ގަރާޖަަށް ކަނޑައަޅާފައިވާ އަދަދު ހަމަވީމަ، ހަމަ އެ ގަރާޖު އެހެން ނަމެއްގައި ކުރަހާލައިގެން ގެނެސް، ކަމާ ގުޅޭ އެންމެން ގުޅިގެން އަނެއްކާވެސް ހަމަ އެގަރާޖަށް ގަރާޖު ސިޓީ ވިއްކަނީ. މިގޮތަށް އެއް ގަރާޖެއް ނަން ބަދަލުކޮށްގެން ވެސް ވިއްސަކަށް ފަހަރު ގަރާޖު ސިޓީ ވިއްކާފައި އެބަހުރި،" ހަގީގަތް އެނގޭ މުވައްޒަފަކު ކިޔައިދިނެވެ. "އޮފީސް ހުޅުވާއިރު ގަރާޖް ސިޓީ ވިއްކުމަށް ހަވާލުކޮށްފައި ތިބޭ އެޖެންޓުން ތިބޭނެ މިނިސްޓްރީގެ ވެރިންނާއެކީ ސަޔަށް ދާން އައިސް. ގަރާޖް ސިޓީ ވިއްކައިގެން މިލިއަނުން ފައިސާ ނަގާފައި އެބަހުރި." އެކިއެކި މަޝްރޫއުތައް ހިންގުމަށް ބޭރުގެ ކުންފުނިތަކުގެ މުވައްޒަފުން ނިންދެވުމަށާއި ވެހިކަލްތައް ބެހެއްޓުމަށް މާލެ އާއި ހުޅުމާލެއިން ދީފައިވާ ބިންތަކަކީވެސް ގަރާޖުތަކެއް ކަމަށް ލިއުން ހަދައި އެ ތަންތަނުގެ ނަމުގައިވެސް ސަތޭކައިން ވެހިކަލް ރަޖިސްޓްރީކޮށްފައި އެބަހުއްޓެވެ. "ހުޅުމާލޭގައި ހައުސިން ޕްރޮޖެކްޓެއް ހިންގި ބަޔަކު ނިދި ތަނެއްވެސް ގަރާޖަކަށް ބަދަލުކޮށްގެން، ގަރާޖް ސިޓީ ވިއްކާފައި އެބަހުރި. މަތި މައްޗަށް އެތަނަށް ވެސް ވެހިކަލް ރެޖިސްޓްރީކޮށްދީފަ އެބަހުރި. މިކަން ހިންގީ ކުރިން މުނިސިޕަލްޓީ މިހާރު ސިޓީ ކައުންސިލުގެ ބަޔަކާ ޓްރާންސްޕޯޓް މީހުންނާ ގުޅިގެން. ގަރާޖް ސިޓީތައް ވިއްކުމުގައި އެންމެ ގިނައިން ހަރަކާތްތެރިވެފައި ވަނީ ކޮންމެވެސް ނުފޫޒު ގަދަ ގޭންގަކަށް ނިސްބަތްވާ މީހުން. ނޫނީ އެމީހުންނާ ގުޅިފައި ތިބޭ އެޖެންޓުން. އެއީ ބައެއް ފަހަރު ވަގު ސިޓީތައް ވިއްކައިގެން ވެހިކަލް ރަޖިސްޓްރީ ނުކުރެވޭ ހާލަތެއް މެދުވެރިވިއަސް، އެވިއްކި މީހުންނާ ދިމާއަށް ދާކަށް އެކަކަށް ވެސް ނުކެރޭ،"މާލެއަށް ކާރު ރަޖިސްޓްރީ ކުރެވޭނެ އެއްވެސް ދޮރެއް ނުހުޅުވުމުން، ގަރާޖް ސިޓީ ގަނެގެން ހަތަރު ކާރު ރަޖިސްޓްރީކުރި މީހަކު އޭނާގެ ނަން ނުޖެހުމަށް ޝަރުތުކޮށް މިނިވަންއަށް ކިޔައިދިނެވެ. މިހާރު ވެހިކަލް ރަޖިސްޓްރީކޮށްދިނުމުގެ އުސޫލު މިނިސްޓްރީން ވަގުގަދަ ކުރުމުން، ރަޖިސްޓްރީ ނުކުރެވި އެތައް ވެހިކަލެއް ކިޔޫގައި އެބަހުއްޓެވެ. މިހާރުގެ މިނިސްޓަރުގެ ވިސްނުންފުޅަކީ ގަރާޖު ސިޓީ ވިއްކުމުގެ ވައްކަމުގެ ސަގާފަތް ނައްތާލުން ކަމަށް އެމިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފައިވެއެވެ. އަދި މިހާރު ރަޖިސްޓްރީކޮށްފައިވާ ވެހިކަލްތައް ރަޖިސްޓްރީކޮށްފައިވާ ގަރާޖުތައް މިނިސްޓްރީގެ އޮފިޝަލުން ފޮނުއްވައިގެން ޗެކް ކުރެއްވުމަށް ވެސް މިނިސްޓަރު ވަނީ ނިންމަވާފައެވެ. ކޮނުނު ކޮނުނުހެން ފަސް ގިނަވާ އުސޫލުން، މިކަމުގެ ތެރެއަށް ފީނިވަރަކުން ފިއްކަނޑައިގެންދާ ވަރުގެ ބޮޑެތި ވައްކަންތަކާއި ޖަރީމާތައް ދާނީ ފެންނަމުންނެވެ. ބަލަން ތިބެމާ ހިނގާށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ