މާލެ: 31°C

ޔާމީނާއި ޕީޕީއެމް ޕީއެންސީގެ ލީޑަރޝިޕްގެ ކޯޅުން ގޯހުން ގޯހަށް!

April 1, 2024
4 ފަހަރު ބަލާފައި
ޔާމީނާއި ޕީޕީއެމް ޕީއެންސީގެ ލީޑަރޝިޕްގެ ކޯޅުން ގޯހުން ގޯހަށް!
ޔާމީނާއި ޕީޕީއެމް ޕީއެންސީގެ ލީޑަރޝިޕްގެ ކޯޅުން ގޯހުން ގޯހަށް!
މިއީ ވަރުގަދަ ކޯޅުމެކެވެ. ޔާމީނާއި ޕީޕީއެމް،ޕީއެންސީގެ ލީޑަރޝިޕާ ދެމެދު ބަދަލުކުރަމުންގެންދާ ހޫނު ބަހުގެ ހަމަލާތަކާއެކު ދެފަރާތުގެ އުދާސްތައް މީޑިޔާގައި ގެންދަނީ ބަންޑުން ކުރަމުންނެވެ. ޔާމީން ވިދާޅުވަނީ ޕީޕީއެމް ޕީއެންސީގެ ލީޑަރޝިޕްގައި މިހާރު ތިއްބެވި ބޭފުޅުން އެމަނިކުފާނު ޖަލުން ސަލާމަތްކުރައްވާކަށް ބޭނުން ނުވާ ކަމަށެވެ. އެހެންނަމަވެސް އަނެއްކޮޅުން ވިދާޅުވަނީ އެބޭފުޅުންވަރުގެ ޔާމީނަށް އިހްލާސްތެރި ބަޔަކު ނުތިބޭނެއެވެ. ޔާމީން ޕާޓީގެ ހަރުގޭގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވެފައިވަނީ އެމަނިކުފާނު ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރުމަށް އެދި ނޯޓެއް ފޮނުއްވީ އާންމު މެންބަރުންނާއި ޕީޕީއެމާއި ޕީއެންސީގެ ލީޑަރޝިޕް މަގުމަތިކުރަން ނޫން ކަމަށާއި އެއީ ސިޔާސީ ގޮތުން ގޮތުން އެބޭފުޅުންނަށް ތަސައްވުރު ނުކުރެއްވޭ ކުރިއެރުމެއް ހޯއްދެވުމުގެ ނިޔަތުގައެވެ. "އިންތިހާބު ބޮއިކޮޓްކޮށް މިޒާހަރާތައް ވަރުގަދަކުރިނަމަ ސްޕްރީމް ކޯޓުން ކުރި ހުކުމް ރިވިއު ކުރުމަށް ފުރުސަތު ލިބުނީސް،" ޔާމީން ވިދާޅުވެފައިވެއެވެ. "އަޅުގަނޑު ޖަލުގައި އޮތް އިރު އަޅުގަނޑަށް ފެނުނު މުޒާހަރާތައް ދިޔަ ގޮތް. މުޒާހަރާތަކަށް ބައެއް ލީޑަރުން ނުވެސް ނުކުމޭ. އަދި މުޒާހަރާއަށް ނުކުތް ބައެއް މީހުން މުޒާހަރާއަށް ނުނިކުތުމަށް އޭރުގެ ލީޑަރޝިޕްގެ ބައެއް ބޭފުޅުން ހިތްވަރުދީފައިވޭ. އެހެންވީމާ ޕީޕީއެމް ޕީއެންސީގެ ޕީޑަރޝިޕް ހަގީގަތުގައި އަޅުގަނޑު ޖަލުން މިނިވަން ވާކަށް ބޭނުމެއް ނުވޭ." މި ވާހަކަތަކާ ގުޅިގެން ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ މުއައްސިސް އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސް މުޝީރު އަބްދުއްރަހީމް އަބްދުﷲ އެކްސްގައި ކުރެއްވި ޕޯސްޓްގައި ޔާމީނަށް ރައްދު ދެއްވާފައިވަނީ ތާރީޚުތަކުގެ އަލީގައެވެ. އަދި އޭގެ ކުރިން އަބްދުއްރަހީމް ތަކުރާރުކޮށް ވިދާޅުވެފައިވަނީ ޕީޕީއެމް ޕީއެންސީގެ އާންމު މެންބަރުން މަގުމަތިވާން ދޫކޮށްލެވެން ނެތް ކަމަށާއި ފަސް އަހަރު ރައީސް ޔާމީނަށްޓަކައި ދެޕާޓީގެ ލީޑަރޝިޕާއި އާންމު މެންބަރުންވި ގުރުބާނީގެ އަގުވަޒަން ކުރެއްވުމުގެ ބަދަލުގައި، އަރިހުގައި ތިއްބެވި ބައެއްގެ ސިޔާސީ މީހުންގެ ބަހަށް ދެޕާޓީގެ ލީޑަރޝިޕާއި އާންމު މެންބަރުންނަކީ ހާއިނުން ކަމުގައި ޔާމީން ހައްދަވައިފި ކަމަށެވެ. https://x.com/banafsaa/status/1774690758026744025?s=48&t=uQCZRj9B9MnPdws6EolbBQ ޔާމީނާއި އެމަނިކުފާނުގެ އަރިހުގައި މިހާރު ތިއްބެވި ބޭފުޅުން ފާޅުގައި ޕީޕީއެމް ޕީއެންސީގެ ލީޑަރޝިޕަށް ގެންދަނީ ވަރުގަދައަށް ފާޑު ވިދާޅުވަމުންނެވެ. އެބޭފުޅުންގެ ނަޒަރުގައި އެދެޕާޓީގެ ލީޑަރޝިޕްގައި ތިބީ ބެވަފާތެރި ހާއިނުންނެވެ. ސިޔާސީ ގޮތުން ދަހިވެތި، މަކަރުވެރި ބައެއް ކަމަށެވެ. ޔާމީން ޕާޓީގެ ހަރުގޭގައި ބާއްވާ ޖަލްސާތަކުގައި ބައިވެރިވެވަޑައިގެން ޔާމީން ދައްކަވާ ވާހަކަފުޅުގައި ކެނޑިނޭޅި ގެންދަވަނީ ޑރ. މުއިއްޒު ސަރުކާރުގެ ސިޔާސަތުތަކަށް ފާޑު ކިޔަމުންނެވެ. އެގޮތުން ހުޅުމާލެއިން 90ހެކްޓަރުގެ ބޮޑު ބިމެއް ބޭރު ބަޔަކަށް ދިން ދިނުމަކީ ޖަރީމާއެއްގެ ގޮތުގައި ޔާމީން ސިފަކުރައްވާފައިވެއެވެ. އަދި ޑޮލަރުގެ އަގު މިވަގުތު ދަށަށް ގޮސްފައިވަނީ ޕްރޮޖެކްޓައް ހުއްޓާލުމުން ޑޮލަރަށް އޮތް ޑިމާންޑް ދަށަށް ދިއުމުން ކަމަށާއި އެއީ ޑރ. މުއިއްޒުގެ އިގްތިސާދީ ސިޔާސަތުގެ މޮޅުކަމުން އައި ބަދަލެއް ނޫން ކަމަށާއި އެއީ އޭގެ ޒާތުގައި އުފެދުނު އާޓިފިޝަލް ކަމެއް ކަމަށްވެސް ވެސް ޔާމީން ވިދާޅުވިއެވެ. ޔާމީނާއި ޕީޕީއެމް ޕީއެންސީގެ ލޯޑަރޝިޕްގެ ކޯޅުން އިތުރަށް ބޮޑުވެގެންދާނީ ކޯޓުގައި ހުކުމަށް ތައްޔާރުވެފައި އޮތް ޔާމީންގެ މައްސަލަ ނިމޭ ގޮތަކުންނެވެ. ޔާމީންގެ ޓީމުން ބުނަނީ ސަރުކާރުން ޔާމީންގެ މައްސަލައަށް ނުފޫޒު ފޯރުވާ ކަމަށެވެ. ސަރުކާރުން ބުނަނީ އަބަދުވެސް އެދެނީ ޔާމީނަށް ހެޔޮ ގޮތް ކަމަށެވެ. ބަލަން ތިބެމޭ ހިނގާށެވެ. މިއީ ކުޑަވަރެއްގެ ހަނގުރާމަކައަކަށް ވެގެންދާތަން މިހާރުވެސް އެބަ ތަސްވީރުވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ