ދެމަފިރިއަކު ފަގީރުކަމުން ސަލާމަތްވާން ވެގެން އެމީހުންގެ ފަސް ދަރިންގެ ގުނަވަންތައް ވަގަށް ވިއްކާލައިފި

ދެމަފިރިއަކު ފަގީރުކަމުން ސަލާމަތްވާން ވެގެން އެމީހުންގެ ފަސް ދަރިންގެ ގުނަވަންތައް ވަގަށް ވިއްކާލައިފި
ލިޔުން:
އިންޑިޔާގެ އުއްތަރު ޕަރަދޭސްގެ ދެމަފިރިއަކު ފަގީރުކަމުން ސަލާމަތްވާން ވެގެން އެމީހުންގެ ފަސް ދަރިންގެ ގުނަވަންތައް ވަގަށް ވިއްކާލައިފިއެވެ.
އިންޑިޔާގެ ބައެއް އިންޓެލިޖެންސް ނެޓްވޯކްތަކުގެ މައުލޫމާތުތަކުން އެނގޭ ގޮތުގައި އެދެމެފަރިންގެ ފަސް ދަރިންގެ ގުނަވަންތައް ވިއްކާލީ ޓްރެެއިން ސްޓޭނަކުން ދިމާވި މީހަކާ ދެކެވުނު ވާހަކަތަކެއްގެ ތެރެއިން ލިބުނު އަންޑަގްރައުންޑް ނެޓްވޯކެއްގެ ބަޔަކަށެވެ. އެ މީހުންނަކީ ކުދިން ވަގަށް ނަގައިގެންނާއި ޑޮކްޓަރުންނާ ގުޅިގެން އިންސާނުންގެ ގުނަވަންތައް ނަގައިގެން ވަގަށް ވިއްކަމުން ގެންދާ ބައެއްް ކަމަށްވެއެވެ.
އުއްތަރު ޕްރަދޭސްގެ ދެމަފިރިންގެ ތިބެނީ ފަސް އަހަރާއި 11 އަހަރާ ދެެމެދުގެ ހަތަރު އަންހެން ކުދިންނާއި ހަތް އަހަރުގެ ފިރިހެން ކުއްޖެކެވެ. އެކުދިންގެ ލޮލާއި ކިޑްނީ އާއި ހިތް ފަދަ ގުނަވަންތަކަށް ވަކިވަކިން އަގު ކިޔައިގެން ވިއްކާލުމުން އެދެމަފިރިންނަށް ލިބިފައި ވަނީ ގާތްގަނޑަަކަށް 1000 އެމެރިކާ ޑޮލަރަށްވާ އިންޑިއަން ރުޕީސްއެވެ. އެއީ ގާތްގަނޑަކަށް ސާޅީސް ހާސް ރުޕީސްއެވެ.
އެކުދިންގެ ގުނަވަންތައް ގަތް މީހުން އެދެމަފިރިންނަށް ފައިސާ ދިނުމުން އެކުދިންގެ ނުރުހުމުގައި ކަޅުކުލައިގެ ވޭނަކަށް އެރުވީ ދުރު ހިސާބަކަށް ކިޔަވަން ފޮނުވާކަމުގެ ދޮގު ވާހަކަ ދައްކައިގެންނެވެ. ފުލުހުންގެ އިންޓެލިޖެންސްއަށް އެމައުލޫމާތު ލިބިފައިވަނީ ބައެއް އަވަށްޓެރިންނަށް އެމަންޒަރު ފެނިގެން ފުލުހުންނަށް ކުރި ރިޕޯޓަކާ ގުޅިގެންނެވެ.
ފުލުހުންގެ އިދާރާތަކުގެ މެދުގައި ދައުރުކުރަމުން ގެންދާ އިންޓެލިޖެންސް މައުލޫމާތުތަކުން އެނގޭ ގޮތުގައި އެދެމަފިރިން މިހާރު ވަނީ ހައްޔަރުކޮށްފައެވެ.
ތަހުގީގުން އެނގުނު ގޮތުގައި ފަސްކުދިން ވެސް ވިއްކާލީ ގުނަވަންތަކަށް ވަކިން އަގު ކިޔައިގެންނެވެ. އަދި ދިރިތިއްބާ އެކުދިންގެ ގުނަވަންތައް ނެގުމަށް ފަހު، އެކުދިން މަރާލައި އަނެކުންނަށް ނުފެންނަ ހިސާބެއްގައި ވަޅުލުމަށް ނުވަތަ އަންދާލުމަށް ދެފަރާތުން އެއްބަސްވެފައިވާ ކަމަށް ތަހުގީގަށް މިހާތަނަށް ވަނީ އެނގިފައެވެ.
އިންޑިޔާގެ ފުލުހުން މިހާރު އެންމެ ބޮޑު އިސްކަމެއް ދީގެން އުޅެނީ ވަގަށް ގުނަވަން ގަންނަ ނެޓްވޯކު އަތުލައިގަނެވޭތޯއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
