މާލެ: 31°C

ޓިނުތަކެއް ވަގަށް ނެގި ޔުގަންޑާ މިނިސްޓަރު ޖަލަށް!

April 7, 2023
2 ފަހަރު ބަލާފައި
ޓިނުތަކެއް ވަގަށް ނެގި ޔުގަންޑާ މިނިސްޓަރު ޖަލަށް!
ޓިނުތަކެއް ވަގަށް ނެގި ޔުގަންޑާ މިނިސްޓަރު ޖަލަށް!
މެޓަލް ރޫފިން ޝީޓްތަކެއް ވަގަށް ނެގި މައްސަލަގާއި ޔުގެންޑާގެ މިނިސްޓަރަކު ޖަލަށްލާން ހުކުމްކޮށްފިއެވެ. މިނިސްޓަރު މޭރީ ކިމޮނޯގެ "ވަގަށް" ނަގާފައިވަނީ އުތުރުއިރުމަތީ ކަރަމޯޖާ ސަރަހައްދުގެ ގެތައް ހިޔާކުރަންވެގެން ޝީޓްތަކެކެވެ. އެ ސަރަހައްދަށް ނިސްބަތްވާ މޭރީ ވަނީ ކޯޓުގައި ދައުވާތަކަށް އިންކާރު ކޮށްފައެވެ. އެ ޓިނުތަކުން ބައެއް ޓިނު ސަރުކާރުގެ އިސް 10 ބޭފުޅަކަށް ލިބިފައިވާ ކަމަށް ތުހުމަތު ކުރެއެވެ. ޓިނު ލިބުނު ސިޔާސީ ބޭފުޅުންގެ ތެރޭގައި ނައިބު ރައީސާއި ބޮޑުވަޒީރާއި މަޖިލީހުގެ ރައީސާއި އެހެނިހެން ވަޒީރުން ވެސް ހިމެނޭ ކަމަށް އިންސްޕެކްޓާ ޖެނެރަލް އޮފް ގަވަމެންޓް ވިދާޅުވިއެވެ. ބޮޑުވަޒީރު ވަނީ މައާފަށް އެދިވަޑައިގެން ޝީޓްތައް އަނބުރާ ދެއްވުމަށް އެހެން އޮފިޝަލުންގެ ކިބައިން އެދިވަޑައިގެންފައެވެ. މަޖިލީހުގެ ރައީސް އަނީތާ އަމްގް ވިދާޅުވީ އޭނާއަށް ލިބުނު ފައިސާ އަނބުރާ ދެއްވާފައިވާ ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ