މާލެ: 31°C

"ޓައިމް ބްލައިންޑްނަސް"، މިއީ އަބަދު ގަޑި ޖެހޭ ސަބަބުކަމަށް ވެދާނެ!

March 12, 2023
2 ފަހަރު ބަލާފައި
"ޓައިމް ބްލައިންޑްނަސް"، މިއީ އަބަދު ގަޑި ޖެހޭ ސަބަބުކަމަށް ވެދާނެ!
"ޓައިމް ބްލައިންޑްނަސް"، މިއީ އަބަދު ގަޑި ޖެހޭ ސަބަބުކަމަށް ވެދާނެ!
ހުރިހާ ތަނަކަށް ވެސް ލަހުން ނުވަތަ ގަޑިޖެހިގެން އަންނަ އެކަކު އަހަރެމެން ކޮންމެ މީހެއްގެ އެކުވެރި ގްރޫޕްގެ ތެރޭގައި ހުރެ އެވެ. މަސައްކަތެއް ކުރަން ދިޔަ ޔަސް، އެންމެން އެއްވެގެން ތަނަކަށް ދަތުރަކު ދިޔަ ޔަސް އޭނާ އަންނާނީ ލަހުންނެވެ. ރަނގަޅަށް ބަލައިލާ އިރު އޭނާ ވަޒީފާއަށް ވެސް ދާނީ ހަމަ ގަޑިޖެހިގެންނެވެ. ހަމަ އަބަދު އެކު ލަސްވާ ނަމަ އެެއީ ހަމަ އެކަނި ހަޖޫ ޖަހައިލުމަކުން ނިމޭނެ ކަމެއް ނޫނެވެ. ތިމާ އެބަޔަކާ މުއާމަލާތް ކުރާ މީހުން ވަކި ހިސާބަކުން ދެކެން ފަށާނީ އެއީ އެމީހުންނަށް އިހުތިރާމް ނުކުރުމުގެ އަމަލެއްގެ ގޮތުގަ އެވެ. އެމީހުން އެކަން މާނަކުރާނީ އަމިއްލަ އެދުން ބޮޑުވުމުގެ އަލާމާތެއްގެ ގޮތުގަ އެވެ. އެ ހިސާބުން އެއީ އާދައިގެ ކަމެއް ނޫނެވެ. އެހެން ނަމަވެސް ލަސްވުމަކީ ހަމަ އެކަނި ފަރުވާކުޑަވުމެއް ނޫން ކަމަށް ވެސް ވެދާނެ އެވެ. އެއީ "ޓައިމް ބްލައިންޑްނަސް" ނަމަކަށް ކިޔާ ނަފުސާނީ މައްސަލައަކަށް ވެސް ވެދާނެ އެވެ. އެ ހާލަތުގައި އެމީހާ އެ ލަސްވަނީ ހަމަ ހަގީގަތުގައި ވެސް ގަޑިއަށް އަންނަން މަސައްކަތް ކުރަނިކޮށެވެ. "ޓައިމް ބްލައިންޑްނަސް"ގައި ވާ ގޮތަކީ ވަގުތު ފާއިތުވަމުންދާ ކަމުގެ އިހުސާސް އެކަށީގެންވާ ވަރަކަށް ނުކުރެވުމެވެ. އެއީ ހަމަ އެކަނި މީހެއްގެ އަހުލާގާ ގުޅިފައިވާ ކަމެއް ނޫނެވެ. އެއީ ސިކުނޑި ހެދި ބޮޑުވުމުގައި ނުވަތަ ފުރާ ފުރިހަމަވުމުގައި ކުރިމަތިވާ މައްސަލަތަކުގެ ތެރެއިން މައްސަލައަކަށް ވެދާނެ ކަަމަށް ސައިންސްވެރިން ލަފާކުރެ އެވެ. ނަފްސާނީ މައްސަލައެއް ކަމަށްވާ "އެޓޭންޝަން ޑެފިސިޓް ހައިޕަ އެކްޓިވިޓީ ޑިސް އޯޑާ" އޭޑީއެޗްޑީ" އަކީ ވެސް ވަގުތު ފާއިތުވާކަން އިހުސާސް ނުވުމުގެ ސަބަބުތަކުގެ ތެރެއިން ސަބަބެކެވެ. އެއީ އޯޓިޒަމް ގެ ސަަބަބުން ވެސް ކުރިމަތިވާ މައްސަލަ އެކެވެ. ކައްކަން އުދާފައި ހުންނަ އެއްޗެއް ކެކިކެކި ހިނދުމުގެ ކުރިން އަހަރެމެންގެ ތެރެއިން ގިނަ މީހުން އެ އެއްޗެއްގެ މަތިން ހަނދާން ވާނެ އެވެ. ނުވަތަ އެއްޗަކަށް ފެން އަޅަން އިސްކުރު ދޫކޮށްފައި، އެ އެއްޗެއް ފުރުުމުގެ ކުރިން އެ އެއްޗެއްގެ މަތިން ހަނދާން ވާނެ އެވެ. އެކަމަކު ޓައިމް ބްލައިންޑްނަސްގެ މައްސަލަ ހުންނަ މީހުންނަށް އެ ގޮތަށް ކަންތައްތައް ހަނދާނެއް ނުވާނެ އެވެ. އޮކަޕޭޝަނަލް ތެރަޕިސްޓް ޒާރާ ހެރިސް، ޔޫކޭގެ މަޖައްލާއެއް ކަމަށްވާ ސްޓައިލްސްޓް އަށް ވިދާޅުވެފައިވާ ގޮތުގައި ޓައިމް ބްލައިންޑްނަސްގެ މައްސަލަ އެންމެ ބޮޑަށް ދިމާވަނީ އޭޑީއެޗްޑީ ހުންނަ މީހުންނަށެވެ. އެމީހުންގެ ވަޒީފާ ގިނަގިނައިން ބަދަލުވާ ސަބަބަކީ ވެސް އެޔެވެ. ޓައިމް ބްލައިންޑްނަސްގެ އަލާމާތްތައް:
  • އެއް ކަމަކާ ޖެހި އަނެއް ކަމެއް ހަނދާން ނެތުން (ޑިސްޓްރެކްޝަން)
  • އިންޓާނަލް ކްލޮކް ނެތްކަމަށް އިހުސާސްވުން
  • ވަގުތު މެނޭޖް ނުކުރެވުން
  • ރަނގަޅަށް ނުވިސްނާ ކަންކަން ކުރުން
  • ފޫހިވުން
  • ލަސްކުރުން
ޓައިމް ބްލައިންޑްނެސް އަށް ހަގީގީ ފަރުވާއެއް ނެތް ކަމުގައި ވިޔަސް ވަގުތު ރަނގަޅަށް މެނޭޖްކުރަން ކުރެވިދާނެ ބައެއް ކަންތައްތައް އެބަހުއްޓެވެ. ނަފުސާނީ މާހިރުން ވިދާޅުވާ ގޮތުގައި ތިރީގައި މިވާ ކަންތައްތައް ކުުރުމަކީ ވަގުތު ރަނގަޅަށް މެނޭޖްކުރުމަށް ޓަކައި ކުރެވިދާނެ ބައެއް ކަންތައްތަކެވެ. ވަގުތު އިސްރާފުވާ ކަންތައްތައް ދެނެގަނެ އެކަންކަމާ ދުރުހެލިވުން މިވެނި ކަމަކީ އެކަމަށް ވަގުތު ދެވެން ނެތް ކަމެއްކަން އެނގޭނަމަ އެކަމަށް ދެކޮޅު ހެދުމަކީ ރަނގަޅު ކަމެކެވެ. ބައެއް ފަހަރަށް އެގޮތަށް ވަގުތު އިސްރާފުވާ ކަމަކީ ފޯނާއި ކުޅުން ނުވަތަ ރީތިވެ، ތައްޔާރުވުން ކަހަކަ ކަންކަމަށް ވެސް ވެދާނެ އެވެ. އަވަހަށް ތަނަކަށް ދާން ޖެހިފައި އޮއްވައި ފޯނު ނަގައިގެން އުޅުމުގެ ބަދަލުގައި ފޯނު ޗާޖަށް ޖަހައިލާށެވެ. އޭރުން އެއީ އެއް ގާގަނޑުން ޖަހަައި ދެ ދޫނި މަރައިލެވުން ކަހަލަ ކަމެކެވެ. އެއީ ވަގުތު ސަލާމަތްކުރުމާއި އެކު ފޯނު ވެސް ޗާޖްކޮށްލެވޭނެތީ އެވެ. ތައްޔާރުވާން ހޭދަވާ ވަގުތު މަދުކުރުމަށް ޓަކައި، ލާނެ އަންނައުނާއި ރީތިވުމަށް ބޭނުންވާ ސާމާނު ކުރިން ހޯދައި ތައްޔާރުކޮށްފައި ބެހެއްޓިދާނެ އެވެ. އެތައް އެލާމްތަކެއް ސެޓްކުރުން އެލާމްތަކާއި ކުރަން ޖެހޭ ކަންތައްތައް ފޯނުގައި ލިޔެފައި ބެހެއްޓުމަކީ ހަމައެކަނި ހަނދާންކޮށްދިނުމުގެ އިތުރުން ތިމާ އެކަން ކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ. ހަނދާންކޮށްދިނުންތައް މަޖާ އަދި ޝައުގުވެރިވާ ގޮތަކަށް ހަދައި، އަދި އެއްވެސް އެހީތެރިކަމެއް ނެތް އުސުލޫކުތަށް ދޫކޮށްލުމަށް މިކަމުން އެހީތެރިވެދޭނެއެވެ. އުދަނގޫ މަސައްކަތްތައް ވަކިވަކިކޮށްލުން ގިނަ ކަންތައްތަކެއް ކުރަން ހުރިހެން ހީވާނަމަ އަދި ހަނދާން ނައްތާލަން ޖެހޭ ވަރަށް ގިނަ ކަންތައްތަކެއް ހުރިހެން ހީވާނަމަ އެ ހުރިހާ ކަމެއް އެކި ގަޑިތަކަށް ބަހާލައިގެން ކުރުމަކީ އެހީއަކަށް ވާނެ އެވެ. މިސާލަކަށް ހެނދުނާއި މެންދުރު އަދި ހަވީރުގެ މަސައްކަތްތަކުގެ ޕްލޭނެއް އެކުލަވާލުން ފަދަ ކަންކަމެވެ. ފަސޭހަ ކަމެއް ފުރަތަމަ ކުރުން ކަންތައްތައް ބަހާލައި ކުދިކުދި ކަންކަމަކީ ފުރަތަމަ އަށް ކުރާ ކަންކަމަށް ހަދާށެވެ. އޭރުން ބޭނުމެއް ނެތް ކަމަށް ނިންމައި ދޫކޮށްލެވޭނެ އެތައް ކަމެއް ވެސް ފެންނާނެ އެވެ. އެއީ ވެސް ބޮޑު ފަސޭހައަކަށް ވާނެ އެވެ. ކުދި ކުދި ކަންތައްތަކުން ފަށައިގެން ބޮޑެތި ކަންތައްތަކަށް ދާ ގޮތަށް ރާވައިލުމުން، މަސައްކަތް ކުރަން ފެށުމުން، އެއްވެސް ކަމަކީ މާ ބޮޑުކަމެއް ކަމަށް އިހުސާސްވެ، އެކަމާ ވިސްނަން އިންނާކަށް ނުޖެހޭނެ އެވެ. އެއީ ވެސް ވަގުތު ސަލާމަތް ވާނެ ކަމެކެވެ.

މައްސަލަ ހުރިކަމަށް ގަބޫލުކޮށް އެހެން މީހުންނަށް އެވާހަކަ ކިޔައިދިނުން

ގަޑިޖެހުމަކީ އެކަން ބަލައިގަންނަން މީހުންނަށް އުނދަގޫ ކަމަކަށް ވިޔަސް، ސިއްހީ މައްސަލައެއް ހުރުމަކީ މީހުންނަށް ބަލައިގަންނަން ފަސޭހަވާނެ ކަމެކެވެ. ވަރަށް އަމިއްލަ އެދުން ބޮޑު މީހުން ފިޔަފައި އެހެން މީހުން ގައިމު ވެސް އެފަދަ މައްސަލައް ގަބޫލުކުރާނެ އެވެ. އެހެންވީމާ ޓައިމް ބްލައިންޑްނަސް ފަދަ ނަފުސާނީ މައްސަލައެއް ހުރި ނަމަ ގާތް މީހުންނަށާއި ވަޒީފާ ދޭ މީހުންނަށް ވެސް އެވާހަކަ ކިޔައިދޭށެވެ. ލަސްވެދާނެ ކަމާއި އެކަމަކު ވެސް ކުރަން ޖެހޭ މަސައްކަތްތައް ކުރާނެކަމުގެ ޔަގީންކަން އެމީހުންނަށް ދޭށެވެ. އަދި މުހިއްމު ކަންކަމަށް ގަޑިއަށް ފަރުވާތެރިވާން އިތުރު ހިތްވަރެއް ކުރާށެވެ. އަދި އެފަދަ ކަމަކަށް ލަހުން އާދެވިއްޖެ ނަމަ އެކަމެއްގައި އިތުރަށް ވަގުތު ހޭދަކުރާށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ