ޓިކްޓޮކާ ދެކޮޅަށް އެމެރިކާގައި ސީރިއަސް ދައުވާތަކެއް!

ޓިކްޓޮކާ ދެކޮޅަށް އެމެރިކާގައި ސީރިއަސް ދައުވާތަކެއް!
ލިޔުން:
މަޝްހޫރު ސޯޝަލް މީޑިއާ ޕްލެޓްފޯމް "ޓިކްޓޮކް" އާ ދެކޮޅަށް އެމެރިކާގެ އިންޑިއާނާ ސްޓޭޓުން ސީރިއަސް ދައުވާތަކެއް އުފުލައިފި އެވެ.
ޓިކްޓޮކް ހިންގާ ކުންފުނި "ބައިޓްޑާންސް" އާ ދެކޮޅަށް އިންޑިއާނާގެ އެޓާނީ ޖެނެރަލް ޓޮޑް ރޮކީޓާ ކުރެއްވި ދައުވާގައި ވިދާޅުވީ ޒުވާނުންގެ ސަލާމަތާއި މީހުންގެ ޒާތީ މައުލޫމާތު ރައްކާތެރިކޮށްދިނުމުގައި ޓިކްޓޮކް ފެއިލްވެފައިވާ ކަމަށެވެ. އެހެންވެ އިންޑިއާނާގެ ކޮންޒިއުމާ ޕްރޮޓެކްޝަން ގާނޫނުތަކާ ބައިޓްޑާންސް ހިލާފުވެފައިވާ ކަމަަށް ވެސް ދައުވާގައި އޭނާ ވިދާޅުވި އެވެ.
އެހެން ނަމަވެސް ޓިކްޓޮކް ހިންގާ ކުންފުނިން ބުނީ އެކުންފުނީގެ ސިޔާސަތު ތަކުގައި ޒުވާނުންގެ ރައްކާތެރިކަމަށް ރިއާޔަތްކުރާ ކަމަށާއި އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ ގާނޫތަކަށް އެކުންފުނީގެ އުސޫލުތައް ފެތޭނެކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.
އިންޑިއާނާއިން މިދިޔަ ބުދަދުވަހު ޓިކްޓޮކާ ދެކޮޅަށް އުފުލީ މައިގަނޑު ދެ ދައުވާ އެކެެވެ. އެއް ދައުވާއަކީ އެ އެޕްލިކޭޝަނުން ، އެކަށީގެން ނުވާ އުފެއްދުންތަކުގެ ތެރެއަށް ޒުވާނުން ވައްދާކަމަށް ތުހުމަތުކޮށް ކުރި ދައުވާއެކެވެ. އަނެއް ދައުވާ އަކީ މީހުންގެ ހައްސާސް ޒާތީ މައުލޫމާތު ތަކަށް ، އެ އެޕްލިކޭޝަން މެދުވެރިކޮށް ޗައިނާ ސަރުކާރުން ވަންނަނީ ކިހާވަަރަކަށް ކަން ޓިކްޓޮކުން ހާމަނުކުރާ ކަމަށް ތުހުމަތުކޮށް ކުރި ދައުވާ އެކެވެ.
"ޓިކްޓޮކަކީ ކަންބަޅީގެ ކެހެރިގަނޑެއްގައިވާ ވަލުކުއްތާ އެއް [ވުލްފެއް]" އިންޑިއާނާގެ އެޓާނީ ޖެނެރަލް ކޯޓަށް ހުށަހެޅުއްވި ލިއުމުގައި އޮތް ކަމަށް ބީބީސީ ބުންޏެވެ.
އެ ދައުވާގައި ތުހުމަތުކޮށްފައިވާ ގޮތުގައި ދުންފަތުގެ އިސްތިއުމާލުކުރުމާއި ރާބުއިމާއި މަސްތުވާ އެހެން ބާވަތްތައް ބޭނުންކުރުން އަދި ޖިންސީ ކަންތައްތައް ޓިކްޓޮކްގެ އަލްގަރިދަމް އިން ޕްރޮމޯޓްކުރެ އެވެ. އެޕަލް ސްޓޯރާއި ގޫގުލް އެޕްސްޓޯރުގައި 12 އަހަރުން މަތީގެ ކުދިންނަށް އެކަށީގެންވާ އެޕްލިކޭޝަނެއްގެ ގޮތުގައި ރޭޓްކޮށް، އެގޮތުން ވެސް އޮޅުވައިލުންތައް ޓިކްޓޮކުން ގެންގުޅޭ ކަމަށް ވެސް އިންޑިއާނާ ސްޓޭޓުގެ ދައުވާގައި ބުންޏެވެ.
(ބީބީސީ)
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
