މާލެ: 31°C

ޓިކްޓޮކް ވީޑިއޯ ނަގަން ކޮށްޓަށް ވަނުމުން ސިންގާ ހަމަލާދީ ޒަހަމްކޮށްލައިފި

January 22, 2025
2584 ފަހަރު ބަލާފައި
ޓިކްޓޮކް ވީޑިއޯ ނަގަން ކޮށްޓަށް ވަނުމުން ސިންގާ ހަމަލާދީ ޒަހަމްކޮށްލައިފި
ސިންގާ އެއް އޮތް ކޮށްޓެއްގެ ތެރޭގައި ޓިކްޓޮކް ވީޑިއޯއެއް ނަގަން އުޅުމުގެ ތެރޭގައި ސިންގާ ހަމަލާދީ ޕާކިސްތާނުގެ ޒުވާނަކު ޒަހަމްކޮސްލައިފިއެވެ.

ސިންގާ އެއް އޮތް ކޮށްޓެއްގައި ޓިކްޓޮކް ވީޑިއޯއެއް ނަގަން އުޅުމުގެ ތެރޭގައި ސިންގާ ހަމަލާދީ ޕާކިސްތާނުގެ ޒުވާނަކު ޒަހަމްކޮސްލައިފިއެވެ.

މިކަން ހިނގާފައިވަނީ ޕާކިސްތާނުގެ ލާހޯރުގެ ސަބްޒާޒާރު ސަރަހައްދުގައި ހުންނަ ބްރީޑިން ފާމެއްގައި މުހައްމަދު އަޒީމް ކިޔާ އުމުރުން 20 އަހަރުގެ ޒުވާނަކު އެ ސިންގާ އޮތް ކޮށި ތެރެއަށް ވަދެ ޓިކްޓޮކް ވީޑިއޯ ނަގަން އުޅުމުގެ ތެރޭގައި ކަމަށާއި، އެ ޒުވާނާ ސިންގާ އޮތް ކޮށީގެ ތެރެއަށް ވަނީ އެ ކޮށީގެ ވެރި ފަރާތުގެ ހުއްދަ ނެތިކަމަށް ޕާކިސްތާނުގެ ކަމާބެހޭ ފަރާތްތަކުން ބުނެފައިވެއެވެ.

ޕާކިސްތާނުގެ މީޑިއާތަކުން ބުނެފައިވަނީ އެ ޒުވާނާއަށް ސިންގާ ހަމަލާދޭ މަންޒަރު ފެނުމާއެކު ކޮށީގެ ވެރިމީހާ ވަގުތުން ގޮސް ސިންގާ ހުއްޓުވައި އެ ޒުވާނާ ސަލާމަތްކޮށްފައިވީނަމަވެސް އެ ޒުވާނާ ވަރަށް ބޮޑަށް ޒަހަމް ވެފައިވާ ކަމަށާ އަދި އެ ޒުވާނާ ވަގުތުން ހޮސްޕިޓަލް ގެންގޮސްފައިވާކަމަށް ޕާކިސްތާނުގެ ކަމާބެހޭ ފަރާތްތަކުން ބުނެފައިވެއެވެ.

މި ހާދިސާއާ ގުޅިގެން ޕާކިސްތާނުގެ ޕަންޖާބު ސަރުކާރުން ވަނީ އަވަސް ފިޔަވަޅުތަކެއް އަޅާފައެވެ.  އެގޮތުން ސީނިއާ މިނިސްޓަރު މަރިޔަމް އައުރަންގްޒޭބް ވަނީ ކޮށީގެ ވެރިފަރާތާ ދެކޮޅަށް ގާނޫނީ ގޮތުން ފިޔަވަޅު އެޅުމުގެ އިތުރުން އޭނާގެ ބްރީޑިން ލައިސަންސް ބާތިލުކުރިކަން ވެސް އިއުލާނު ކޮށްފަ އެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ