ތައްޔާރުކުރި ކުކުޅުގައި ކުޅިރަހަ ހެޔޮވަރުނުވެގެން އަންހެނުން ކުޑަދޮރުން ބޭރަށް އެއްލާލައިފި

ތައްޔާރުކުރި ކުކުޅުގައި ކުޅިރަހަ ހެޔޮވަރުނުވެގެން އަންހެނުން ކުޑަދޮރުން ބޭރަށް އެއްލާލައިފި
ލިޔުން:
ޕާކިސްތާނުގެ ލާހޫރުގައި އަންހެނަކު ވަރަށް އަނިޔާވެރިގޮތަކަށް އުސް އިމާރާތެއްގެ ކުޑަދޮރުން ވައްޓާލައިފިއެވެ.
ޕާކިސްތާނުގެ ނޫސްތައް ބުނާގޮތުގައި ކުޑަދޮރުން އެ އަންހެންމީހާ ވައްޓާލާފައިވަނީ އެ އަންހެންމީހާގެ ފިރިމީހާ އާއި މައިދަތަ އާ ދެމީހުން ވެގެންނެވެ. ކުޑަދޮރުން އެއްލާލި ސަބަބެއްކަމަށް ނޫސްތަކުގައި ބުނެފައިވަނީ އެ އަންހެންމީހާ ކެއްކި ކުކުޅުގައި ކުޅިރިހަ ހެޔޮވަރުނުވެގެން އައި ރުޅީގައެވެ.
މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި މިކަމެއް ހިނގާފައިވަނީ މީގެ ދެ ދުވަހެއް ކުރިންނެވެ. މި މައްސަލައާ ގުޅިގެން އަންހެން މީހާގެ ފިރިމީހާ ޒުބައިރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ކުޑަދޮރުން އަންހެންމީހާ ބިއްމައްޗަށް ވެއްޓުމާއެކު މާ ގިނައިރުތަކެއް ނުވަނީސް، އަވައްޓެރިންގެ ބަޔަކު ވަނީ އޭނާ ނަގައިގެން ވަރަށް އަވަހަށް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފަށާފައެވެ. މި ހާދިސާގައި އަންހެންމީހާ މަރުނުވެ ސަލާމަތްވި ނަމަވެސް، އޭނާގެ ފަޔަށާއި ހަށިގަނޑުގެ އެކި ތަންތަނަށް ލިބުނު އަނިޔާތަކާ ގުޅިގެން އޭނާ އޮތީ ވަރަށް ކުރިޓިކަލް ހާލަތެއްގައެވެ.
https://twitter.com/MeghUpdates/status/1774133345540256187
އަންހެންމީހާ ކުޑަދޮރުން ވައްޓާލާ ވީޑިއޯގެ ސީސީޓީވީ ފޫޓޭޖް ސޯޝަލް މީޑިއާގައި މިހާރު ވަނީ ވައިރަލްވެފައެވެ.
ޕާކިސްތާނަކީ އަންހެނުންނަށް އަނިޔާކުރުމުގެ ރިކޯޑް ވަރަށް މަތީގައި އުޅޭ ގައުމެއްކަމަށް ބައިނަލްއަޤްވާމީ ޖަމިއްޔާ ޖަމާއަތްތަކުގެ އިންޑެކްސްއިން ދައްކައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
