ތައިލެންޑްގެ ހޫނުމިން 40 ޑިގްރީ ސެލްސިއަސް އިން މައްޗަށް، ބޭރަށް ނުނިކުންނަން އަންގައިފި

ތައިލެންޑްގެ ހޫނުމިން 40 ޑިގްރީ ސެލްސިއަސް އިން މައްޗަށް، ބޭރަށް ނުނިކުންނަން އަންގައިފި
ލިޔުން:
ތައިލެންޑުގެ ވެރިރަށް ބެންކޮކް ގެ އިތުރުން އެގައުމުގެ ބޮޑު ސަރަހައްދެއްގައި ހޫނުގަދަވުމުގެ ސަބަބުން ބޭރަށް ނުނިކުތުމަށް ތައިލެންޑުގެ ކަމާބެހޭ ފަރާތްތަކުން ހޮނިހިރު ދުވަހު އިލްތިމާސްކޮށްފިއެވެ.
އޭޝިއާގެ ބައެއް ސަރަހައްދުތަކުގައި މި މަހު އާދަޔާ ހިލާފަށް ހޫނުމިން މަތިވަމުންދާއިރު، ބައެއް ގައުމުތަކުން ރެކޯޑް އަދަދަކަށް ހޫނު ގަދަވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ބަންގްލަދޭޝް އާއި އިންޑިއާގެ ބައެއް ސަރަހައްދުތަކުގައި ހޫނުގަދަވުމުގެ ސަބަބުން ކަރަންޓަށް އޮތް ޑިމާންޑް ބޮޑުވެ، އެތައް މިލިއަން ބަޔަކަށް ކަރަންޓު ކެނޑުމުގެ އިތުރުން ކަރަންޓުގެ ދަތިކަން ވަނީ ކުރިމަތިވެފައެވެ.
ބެންކޮކްގެ ބަގްނާ ޑިސްޓްރިކްޓްގެ ފިނިހޫނުމިން 42 ޑިގްރީ ސެލްސިއަސް އަށް އަރާފައިވާއިރު، މިއީ އާދަޔާ ހިލާފަށް ހޫނުކަން އިހުސާސްކުރެވޭ މިންވަރެއް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެއެވެ. ކަމާބެހޭ ފަރާތްތަކުން ވަނީ ބޭރަށް ނުނިކުތުމަށާއި ހީޓް ސްޓްރޯކް ޖެހުމުގެ ނުރައްކަލަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.
ދާދި ފަހުން ހޫނު ގަދަވުމުގެ ސަބަބުން ރެކޯޑް އަދަދަކަށް ކަރަންޓު ބޭނުންކޮށްފައިވާއިރު، އޭޕްރީލް މަހުގެ ހަވަނަ ދުވަހު އެގައުމުން 39،000 މެގަވޮޓަށް ވުރެ ގިނަ އިންޖީނު ބޭނުންކޮށްފައިވެއެވެ.
ސޮންގްކްލާ ޔުނިވާސިޓީގެ ރިސާޗަރެއް ކަމަށްވާ މަތިނީ ޔޫޗަރޯން ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން، އާދަޔާ ހިލާފަށް މޫސުން ގޯސްވެ ހޫނުގަދަވުމުގެ އަސަރު ކުރާ ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
