މާލެ: 31°C

ތަޖުރިބާކާރުން ދެކެނީ އަންނަ މަހު ޗައިނާއިން ޓައިވާނު ހިފާނެ ކަަމަށް!

May 25, 2024
2 ފަހަރު ބަލާފައި
ތަޖުރިބާކާރުން ދެކެނީ އަންނަ މަހު ޗައިނާއިން ޓައިވާނު ހިފާނެ ކަަމަށް!
ތަޖުރިބާކާރުން ދެކެނީ އަންނަ މަހު ޗައިނާއިން ޓައިވާނު ހިފާނެ ކަަމަށް!
ޗައިނާ އާއި ޓައިވާނުގެ މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ދުނިޔެ ކަންބޮޑުވާ ވާހަކަތަކެއް ހާމަކުރައްވައިފިއެވެ. އަމިއްލަ ވެރިކަމެއް ދަމަހައްޓަމުން ގެންދާ ޓައިވާނުގެ ވަށައިގެން މިހާރު ޗައިނާއިން ހިންގަމުން ގެންދާ ވަރުގަދަ އަސްކަރީ ތަމްރީނު ތަކަކީ އަންނަ މަހު ކުރީކޮޅު ޓައިވާނު ހިފުމަށްޓަކައި ރާވައިގެން ހިންގާ ހަރަކާތްތަކެއް ކަމަށް ތަޖުރިބާކާރުން ދެކެއެވެ. ޗައިނާއިން މިހާރު ޓައިވާނުގެ ވަށައިގެން ހިންގަމުން ގެންދާ އަސްކަރީ ތަމްރީނުތައް، ކުއްލި ގޮތަކަށް ހަނގުރާމައިގެ ތައްޔާރީތަކަކަށް ބަދަލުކުރުމަށް ޗައިނާގެ އަސްކަރިއްޔާއިން އަންގާފައިވާކަމުގެ އަޑުތައްވެސް ވަނީ ފެތުރިފައެވެ. ތަޖުރިބާކާރުންގެ ވާހަކަތައްވެސް ބޮޑަށް ބުރަވަނީ އެގޮތަށެވެ. ޗައިނާއިން ޓައިވާނާ މެދު މިހާ ބޮޑަށް ނުތަނަވަސް ވެގެން އުޅެނީ، ޗައިނާއިން ވަކިވެ ގަތުމާ އެއްކޮޅު ހިޔާލުގެ ވެރިއަކު ޓައިވާނުގެ އިލެކްޝަންސް ދާދި ފަހުން ކާމިޔާބުކޮށް އެމެރިކާ އާއި އެގައުމާ ގުޅިފައިވާ އިއްތިހާދާ ފާޅުގައި ގުޅުން ގާއިމްކުރުމަށް މަސައްކަތް ފެށުމުންނެވެ. އެގޮތުން ޓައިވާނުގެ ކަނޑުގެ ސަރަހައްދުގައި އަސްކަރީ ތަމްރީނުތަކާއި ޓެސްޓްތައް ހެދުމުގެ ހުއްދަ ޓައިވާނުން އެމެރިކާ އާއި ޖަޕާނާއި އަދި މިނޫންވެސް ބައެއް ގައުމުތަކަށް ވަނީ ދީފައެވެ. ޗައިނާގެ އެންމެ ބޮޑު ނުރުހުމަކީ ދުޝްމަނުންނަށް "ގެދޮރުމަތީގައި ބަޑި ބެހެއްޓުމުގެ ފުރުސަތު ޓައުވާނުން ދިނުމެ"ވެ. ޗައިނާއިން ބުނަނީ ޓައިވާނު ފަދަ ބަސްނާހާ އަވަށްޓެރިއަކު ރުއްސުމަށް މަސައްކަތްކުރާނެ ވަގުތެއް އެގައުމަށް ނެތް ކަމަށާއި އެއަށްވުރެ ހަނގުރާމަވެސް މާފައިދާ ބޮޑު ކަމަށެވެ. ޗައިނާގެ ބަސްމަގު މިހެން ހުރުމުން ޓައިވާނުން ވަނީ އެކަން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އަދި ޓައިވާނުގެ ވަށައިގެންވާ ކަނޑުގެ ސަރަހައްދު ވަށާ ޖެހޭ ގޮތަށް ހަނގުރާމަ މަތީ މަނަވަރުތައް ހަނގުރާމައަށް ބޭނުންވާ ފުރިހަމަ ޒަމާނީ އާލާތާއެކު އެތުރިގެން ތިބުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް ޓައިވާނުން ވަނީ ބުނެފައެވެ. ޓައިވާނުގެ ދިފާއުގައި އެމެރިކާއިން ބުނެފައިވަނީ ޓައިވާނުގެ އަމިއްލަވެރިކަން ދެމެހެއްޓުމުގެ ހައްގު އެގައުމަށް އަބަދުވެސް އޮންނަންވާނެ ކަމަށާއި ޗައިނާއަށް ކަންބޮޑުވާ ކަންކަން ހައްލު ކުރަން ޖެހޭނީ ދެގައުމުން ވާހަކަ ދަައްކައިގެން ކަމަށެވެ. އޭގެ ބަދަލުގައި ޗައިނާއިން ހަތިޔާރު ނަގައިފިނަމަ ޓައިވާނުގެ ހައްގުގައި އެހެން ބައެއް ގައުމުތަކުންވެސް ޗައިނާއާ ދެކޮޅަށް ހަތިޔާރު ނަގާފާނެ ކަމުގެ އިންޒާރުވެސް އެމެރިކާއިން ވަނީ ދީފައެވެ. ޗައިނާއިން އޭގެ ރައްދުގައި ބުނެގައި ވަނީ އެމެރިކާއަކީ ދުނިޔޭގައިވާ ގިނަ މައްސަލަތަކުގެ އަސްލު ކަމަށާއި އެމެރިކާއަށް ޗައިނާއަށް ހެޔޮއެދިގެން ދޭނެ ނަސޭހަތެއް ނޯންނާނެ ކަމަށާއި ޓައިވާނަކީ ޗައިނާގެ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ކަށަވަރުވާ ވަގުތުން ފެށިގެން އެ ނުރައްކާ ނައްތާލުމަށް އެއްވެސް ފަސް ޖެހުމެއް ނެތި ޗައިނާއިން އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް، ކޮންމެ ވަގުތެއްގައި ވެސް އަޅާނެ ކަމަށެވެ. މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ދެކެނީ މިހާރު ޗައިނާއާއި ޓައިވާނުން އެވަނީ ހަނގުރާމައެއްގެ ތުންމަތް މަތީގައި ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ