މާލެ: 31°C

ޓެރަރިޒަމްގެ ތުހުމަތުގައި ބަހްރެއިން ދެ މީހަކަށް ސައުދީން މަރުގެ އަދަބު ދީފި

June 1, 2023
2 ފަހަރު ބަލާފައި
ޓެރަރިޒަމްގެ ތުހުމަތުގައި ބަހްރެއިން ދެ މީހަކަށް ސައުދީން މަރުގެ އަދަބު ދީފި
ޓެރަރިޒަމްގެ ތުހުމަތުގައި ބަހްރެއިން ދެ މީހަކަށް ސައުދީން މަރުގެ އަދަބު ދީފި
ޓެރަރިޒަމްގެ ތުހުމަތުގައި ބަހްރެއިން ދެ މީހަކަށް ސައުދި އަރަބިޔާއިން މަރުގެ އަދަބު ދީފިއެވެ. ސައުދީގެ ދާހިލީ ވުޒާރާއިން މަރުގެ އަދަބު ދިންކަން އިއުލާނުކޮށްފައިވާއިރު، މިމަހުގެ ތެރޭގައި އެފަދަ މަރުގެ އަދަބު ދިން މީހުންގެ އަދަދު ވަނީ ނުވައަކަށް އަރާފައެވެ. އެ މިނިސްޓްރީގެ ބަޔާނުގައި ބުނެފައި ވަނީ ބަހްރެއިންގެ ރައްޔިތުންގެ މައްޗަށް އުފުލާފައިވަނީ ބަހްރެއިންގައި ހޯދަމުން ދިޔަ މީހަކު، އިސްކޮށް ހަރަކާތްތެރިވާ ޓެރަރިސްޓް ސެލްއަކާ ގުޅުމުގެ ކުށުގެ ދައުވާ ކަމަށެވެ. ދާހިލީ ވުޒާރާއިން ބުނީ ބަހްރެއިންގެ ދެ މީހުން ކަމަށްވާ ޖާފަރު ސުލްތާން އާއި ސާދިކް ތަމޭރު ތަމްރީނު ހޯދީ ސައުދީ އާއި ބަހްރެއިންގެ ސަލާމަތީ ކަންކަން ހަލަބޮލި ކުރުމުގެ މަގްސަދުގައި، ޓެރަރިސްޓް ޖަމާއަތްތަކާ ގުޅުން ހުރި ކޭމްޕްތަކުގައި ކަމަށެވެ. ނަމަވެސް މި މީހުންނަކީ ކޮން ބަޔަކާ ގުޅުން ހުރި ބައެއް ކަމެއް މިނިސްޓްރީން ހާމައެއް ނުކުރެއެވެ. ސުލްތާނާއި ތަމޭރުގެ މައްޗަށް ތުހުމަތުކޮށްފައި ވަނީ ސައުދީއަށް ގޮވާޒާތުގެ ތަކެތި  އެތެރެކޮށް، ސައުދީ ގައި ތިބި "ޓެރަރިސްޓުންނަށް" އެހީވުމާއި އެ ގައުމާއި ބަހްރެއިންގައި ހަމަލާދިނުމަށް ރާވާފައިވާ ރޭވުންތަކަށް ތާއީދު ކުރާ ކަމުގެ ތުހުމަތެވެ. އެމްނެސްޓީ އިންޓަނޭޝަނަލް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ސުލްތާން އާއި ތަމޭރު ސައުދީން ހައްޔަރުކުރީ 2015 ވަނަ އަހަރުގެ މެއި މަހުގެ އަށް ވަނަ ދުވަހުއެވެ. އެ ދެ މީހުންގެ މައްޗަށް ހުކުމް އިއްވީ 2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ