ޓެރަރިޒަމްގެ ކުށުގައި ފަސް މީހަކަށް ސައުދީން މަރުގެ އަދަބު ދީފި

ޓެރަރިޒަމްގެ ކުށުގައި ފަސް މީހަކަށް ސައުދީން މަރުގެ އަދަބު ދީފި
ލިޔުން:
ޓެރަރިޒަމްގެ ކުށުގައި ފަސް މީހަކަށް ސައުދީއަަރަބިޔާ ގައި މަރުގެ އަދަބު ދީފިއެވެ.
ޓެރަރިޒަމްގެ ކުށްސާބިތުވި ސައުދީގެ ހަތަރު މީހަކާއި މިސްރުގެ މީހެއްގެ މައްޗަށެވެ.
ސައުދީ ޕްރެސް އެޖެންސީން ނެރުނު ބަޔާނެއްގައި ބުނީ އެ މީހުންގެ މައްޗަށް ކުށް ސާބިތުވެފައި ވަނީ އަޅުކަން ކުރާ ގެއަކަށް ނުރައްކާތެރި ހަމަލާއެއް ދިން ކަމުގެ ކުށުގައި ކަމަށެވެ.
މި ފަސް މީހުންގެ މައްޗަށް ޝަރީއަތް ކޮށްފައިވަނީ އިރުމަތީ ޕްރޮވިންސްގައެވެ. ސައުދީގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން އެމީހުން ހަމަލާދިނީ އަލް އަހްސާ ގަވަރުނަރޭޓްގައި ހުންނަ އަޅުކަންކުރާ ތަނަކަށެވެ. އެ ހަމަލާގައި ފަސް މީހަކު މަރުވެ އެތައް ބަޔަކު ޒަހަމްވިއެވެ.
ޓެރަރިޒަމްގެ ތުހުމަތު ކުރެވޭ މީހުންގެ މައްސަލަ ހާއްސަ ކޯޓަކަށް ފޮނުވުމުން އެ ކޯޓުން ވަނީ އެއިން ކޮންމެ މީހަކަށް މަރުގެ އަދަބު ދިނުމަށް ހުކުމްކޮށްފައެވެ. ސައުދީ ޕްރެސް އެޖެންސީން ބުނީ އެ މީހުންގެ މައްޗަށް މަރުގެ އަދަބު ދީފައިވަނީ ހޯމަ ދުވަހުއެވެ.
ސައުދީގެ އާބަދީގެ 90 އިންސައްތަ އަކީ މުސްލިމުންނެވެ. އެހެން ދީންތަަކަށް ސައުދީން ޖާގައެއް ނުދެއެވެ. އެކަމަކު މި ހަބަރު ރިޕޯޓްކޮށްފައިވާ ނޫހުގައި، ހަމަލާދީފައިވަނީ ކޮން ދީނެއްގެ ބަޔަކު އަޅުކަންކުރާ ތަނަކަށް ކަމެއް ސާފުކޮށް ބަޔާންކޮށްފައެއް ނުވެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
