ޓެކްސަސް އެއާޕޯޓުގައި ފްލައިޓެއްގެ އިންޖީނުގައި ތާށިވެ މީހަކު މަރުވެއްޖެ

ޓެކްސަސް އެއާޕޯޓުގައި ފްލައިޓެއްގެ އިންޖީނުގައި ތާށިވެ މީހަކު މަރުވެއްޖެ
ލިޔުން:
އެމެރިކާގެ ޓެކްސަސްގެ މަތިންދާ ބޯޓުގެ އިންޖީނެއްގައި ތާށިވެ އެއާޕޯޓުގެ މުވައްޒަފަކު މަރުވެއްޖެއެވެ.
އޮފިޝަލުން ބުނީ އިންޖީނުގެ ތެރެއަށް އެ މީހާ "ދަމާއިގަތީ" ޑެލްޓާ މަތިންދާ ބޯޓެއް ޓެކްސީ ކުރަމުން ދަނިކޮށް ކަމަށެވެ.
އެ މަސައްކަތްތެރިޔާގެ ވަޒީފާ އަދާކުރަމުންދާ ތަނުގެ އޮފިޝަލުން ބުނީ އިބްތިދާއީ ތަހުގީގަށް އެނގިފައިވާ ގޮތުގައި އެ ހާދިސާއަކީ ސަލާމަތީ އިޖުރާއަތްތަކާ ގުޅުމެއް ނެތް ހާދިސާއެއް ކަމަށާއި ނަމަވެސް އެކަން ހިނގީ ކިހިނެއް ކަމެއް އަދި ނޭނގޭ ކަމަށެވެ.
އަދި ސަރުކާރުގެ އިދާރާއަކުން ވެސް ތަހުގީގެއް ހިންގަމުންދާ ކަމަށެވެ.
ނޭޝަނަލް ޓްރާންސްޕޯޓް ސޭފްޓީ ބޯޑުން ބުނީ ޑެލްޓާ އެއާ ލައިންސްއާ ކޮންޓެކްޓްވެފައިވާ ކަމަށާއި "މިވަގުތު މައުލޫމާތު އެއްކުރުމުގެ މަރުހަލާގައި" އޮތް ކަމަށެވެ.
އެއާބަސް އޭ319 މަރުކާގެ މަތިންދާ ބޯޓު ލޮސް އެންޖެލިސް އިންޓަނޭޝަނަލް އެއާޕޯޓުން ޓެކްސަސްގެ ސެން އެންޓޯނިއޯއަށް އަށް ދިޔައީ ހުކުރު ދުވަހުގެރޭ ގޮސްފައެވެ.
"އަޅުގަނޑުމެންގެ އިބްތިދާއީ ތަހުގީގަށް ބަލާއިރު، މި ހާދިސާއަކީ ޔުނިފީގެ އޮޕަރޭޝަނަލް ޕްރޮސެސްތަކާއި ސަލާމަތީ އިޖުރާއަތްތަކާއި ސިޔާސަތުތަކާ ގުޅުމެއް ނެތް ހާދިސާއެއް،" ޑެލްޓާ ކުންފުނިން ބުންޏެވެ.
ޑެލްޓާގެ ތަރުޖަމާނަކު ވިދާޅުވީ އޭވިއޭޝަން އާއިލާގެ މެމްބަރެއްގެ ފުރާނަ ގެއްލުނު ކަމުގެ ހިތާމައިގައި އެއެއާލައިނުން ހިތާމަކުރާ ކަމަށެވެ.
"މި ދަތި ދަނޑިވަޅުގައި އަޅުގަނޑުމެންގެ ހިތާއި ފުރިހަމަ އެއްބާރުލުން އޮތީ އެމީހުންގެ އާއިލާ އާއި ރައްޓެހިންނާއި ގާތް ތިމާގެ މީހުންނާ އެކުގައި."
އެ އެއާލައިނުން ލޯކަލް ބްރޯޑްކާސްޓަރު ކެންސް 5 އަށް ބުނީ ކަމާ ބެހޭ ފަރާތްތަކާ އެކު "ތަހުގީގު ފަށާއިރު" މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
