ޓެކްސް ބޮޑުކުރުމާ ދެކޮޅަށް ކެންޔާގައި ކުރަމުންދާ މުޒާހިރާގައި އެތައްބަޔަކު މަރުވުމުން ޓެކްސްބިލު އަނބުރާ ގެނައުމަށް އެގައުމުގެ ރައީސް ނިންމަވައިފި

ޓެކްސް ބޮޑުކުރުމާ ދެކޮޅަށް ކެންޔާގައި ކުރަމުންދާ މުޒާހިރާގައި އެތައްބަޔަކު މަރުވުމުން ޓެކްސްބިލު އަނބުރާ ގެނައުމަށް އެގައުމުގެ ރައީސް ނިންމަވައިފި
ލިޔުން:
ކެންޔާއަށް ދިމާވެފައިވާ ދަރަނމީގެ މައްސަލައިން އަރާގަތުމަށް ސަރުކާރުން އަޅާ ފިޔަވަޅެއްގެ ގޮތުން ޓެކްސް ބޮޑުކުރަން ނިންމައި މަޖިލީހަށް ހުށަހަޅާފައިވާ ބިލާދެކޮޅަށް އެގައުމުގެ ރައްޔިތުންނިކުމެ ކުރަމުންގެންދާ މުޒާހިރާގައި އެގައުމުގެ އެކި ސަރަހައްދުތަކުން 23 މީހުން މަރުވުމުން ޓެކްސްބިލް އަނބުރާ ގެނައުމަށް އެގައުމުގެ ރައީސް ނިންމަވައިފިއެވެ.
ޓެކްސް ބޮޑުކުރުމާ ދެކޮޅަށް ރައްޔިތުން ނިކުމެ ކުރަމުންގެންދާ މުޒާހިރާއާއިގުޅިގެން އިއްޔެ ޓެކްސްބިލް އަނބުރާ ގެންގޮސްފައި ވާއިރު މުޒާހިރާގެ ޕްރެޝަރަށް ކުރިންވެސް ޓެކްސްބިލުގެ ބައެއް ބައިތައް ވަނީ އުނިކޮށްފައެވެ. އޭގެ ތެރޭގައި ޒަރޫރީ ބައެއް ކާބޯތަކެއްޗާއި ކައްކާ ތެޔޮހިމެނެއެވެ.
ކެންޔާއަށް ދިމާވެފައިވާ ދަރަނީގެ މައްސަލަހައްލުކުރުމަށްޓައި އެގައުމުގެ ރައީސް ފައިނޭންސް ބިލެއް މަޖިލީހަށް ހުށަހެޅުމާއެކު އެގައުމުގެ ރައްޔިތުންވަނީ އެ ބިލާ ދެކޮޅަށް މުޒާހިރާތައް އެގައުމުގެ އެކި ސިޓީތަކުގައި ފަށާފައެވެ. އެ މުޒާހިރާތަކުގެ ބައިވެރިން ގޮވާލަމުންދަނީ ދަރަނި ދެއްކުމަށްޓަކައި ރައްޔިތުންގެ އަތުން ފައިސާ ނުނަގައި އެކަން އެހެން ގޮތަކުން ސަރުކާރުން މެނޭޖުކުރުމަށެވެ. އަދި އެކަން ކުރަން ރައީސް ވިލިއަމް ރޫތޯ އަށް ނޭނގޭނަމަ އިސްތިއުފާ ދނިުމުމަށެވެ.
މުޒާހިރާގެ ބައިވެރިން މީޑިއާތަކަށް މައުލޫމާތު ދީފައިވާގޮތުގައި އެގައުމުގެ 47 ކައުންޓީގެ ތެރެއިން 35 ކައުންޓީގެ ބޮޑެތި ސިޓީތަކުން ފެށިގެން ރަށްފުށު ހިސާބުތަކުގައި ކުރަމުންއަންނަ މުޒާހިރާތަކުގައި އެގައުމުގެ މިލިޓަރީން ވަނީ އެތައްބަޔަކު ވަގަށްނަގައިފަކަމަށެވެ. އެހެންކަމުން އެމެރިކާ ހިމެނޭ ގޮތަށް ހުޅަނގުގެ 13 ގައުމެއްގެ އެމްބަސީތަކުން ނެރުނު ޖޮއިންޓް ސްޓޭޓްމަންޓެއްގައި ބުނެފައިވަނީ މުޒާހަރާގެ ބައިވެރިން ވަގަށް ނަގާފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކާ މެދު ކަންބޮޑުވާ ކަމަށެވެ. އަދި ހުރިހާ ފަރާތްތަކުންވެސް ސުލްހައަށް ލޯބިކުރުމަށް ގޮވާލާކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
