ސީރިޔާގައި އިމާރާތެއް ވެއްޓި 16 މީހުން މަރުވެއްޖެ

ސީރިޔާގައި އިމާރާތެއް ވެއްޓި 16 މީހުން މަރުވެއްޖެ
ލިޔުން:
ސީރިއާގެ ހަނގުރާމައިގައި ހަލާކުވި ސިޓީ ކަމަށްވާ އަލެޕޯގައި އިމާރާތެއް ވެއްޓި ކުޑަކުދިންނާ އެކު 16 މީހުން މަރުވެފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެފިއެވެ.
މީގެ ގާތްގަނޑަކަށް 12 އަހަރު ކުރިން ސީރިއާގައި ފެށި ހަމަނުޖެހުންތަކުގައި އަލެޕޯގެ ބޮޑު ބައެއް ހަލާކުވެ، ބާކީ ހުރި ގިނަ އިމާރާތްތައްވެސް ހަލާކުވިއެވެ. "މަރުވި މީހުންގެ އަދަދު 16 އަށް އަރައިފި،" ދައުލަތުގެ ނޫސް އެޖެންސީ ސަނާ އިން ބުންޏެވެ.
ސީރިއާގެ ދާހިލީ ވުޒާރާއިން ބުނީ، ހަތް އާއިލާއެއް ދިރިއުޅެމުން ދިޔަ ފަސް ބުރީގެ އިމާރާތުގެ ތެރެއިން ދިރިތިއްބާ ސަލާމަތްކުރެވުނީ އެންމެ މީހެއް ކަމަށެވެ. ސީރިއާގެ ހަނގުރާމައިގެ ކުރިން ވިޔަފާރީގެ މައި މަރުކަޒުގެ ގޮތުގައި އޮތް އެ ސިޓީގައި ހިނގި ހިތާމަވެރި ހާދިސާގައި އިތުރު މީހަކު ސަލާމަތްވި ކަމެއް އަދި ސާފެއް ނުވެއެވެ. ކުރުދީ ނިއުސް އެޖެންސީއަކުން ބުނީ މަރުވި މީހުންގެ ތެރޭގައި ފަސް ކުޑަކުދިން ވެސް ހިމެނޭ ކަމަށެވެ.
މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި އެ ގައުމުގައި އެތައް އަހަރެއް ވަންދެން ހިނގަމުން ދިޔަ ހަނގުރާމައިގެ ތެރޭގައި ގެދޮރު ގެއްލިފައިވާ މީހުން ހިމެނޭ ކަމަށް ހަނގުރާމައިގެ މޮނިޓަރަކު ބުންޏެވެ. އޭއެފްޕީއަށް މައުލޫމާތު ދިން މީހުން ބުނީ އެ އިމާރާތުގައި ގާތްގަނޑަކަށް 35 ވަރަކަށް މީހުން ދިރިއުޅެމުން ދިޔަ ކަމަށެވެ.
ފުލުހުންގެ މަސްދަރަކާ ހަވާލާދީ ސަނާ އެޖެންސީން މީގެ ކުރިން ރިޕޯޓްކޮށްފައިވާ ގޮތުން އަލެޕޯގެ ޝެއިހް މަކްސޫދު އަވަށުގައި ހުންނަ އެ އިމާރާތް ވެއްޓިފައި ވަނީ ފައުންޑޭޝަންތަކުގައި ފެން ލީކުވުމުގެ ސަބަބުންނެވެ. އެ އަވަށުގައި މައިގަނޑު ގޮތެއްގައި ދިރިއުޅެމުން ދަނީ ކުރުދީންގެ "ޑި ފެކްޓޯ" ލަޝްކަރުގެ ތެރޭގައި ހިމެނޭ ޕީޕަލްސް ޕްރޮޓެކްޝަން ޔުނިޓްސް (ވައިޕީޖީ) ލަޝްކަރުގެ ބާރުގެ ދަށުގައި ތިބި ސީރިއާގެ ކުރުދީންނެވެ. އަލެޕޯއަކީ، ހަނގުރާމަވެރިންގެ އަތުން ސަރުކާރުގެ ބާރުގެ ދަށަށް ގެންދިޔަ ސިޓީއެކެވެ.
އިނގިރޭސިވިލާތުގައި ހިންގާ ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މަރުވި މީހުންގެ ތެރޭގައި 2018 ވަނަ އަހަރު، ތުރުކީން ހަމަލާތައް ދިން އުތުރުގައި އޮންނަ އަފްރީންގެ ގެދޮރު ގެއްލިފައިވާ މީހުން ވެސް ހިމެނެ އެވެ.
ސީރިއާގައި 2011 ވަނަ އަހަރު ފެށުނު ހަމަނުޖެހުންތަކުގައި ގާތްގަނޑަކަށް ބައި މިލިއަން މީހުން މަރުވެ އާބާދީގެ ދެބައިކުޅަ އެއްބައި މީހުންގެ ގެދޮރު ގެއްލުނެވެ. ގެދޮރު ގެއްލުނު ގިނަ މީހުންނަށް ބަދަލުވާން ޖެހުނީ އުމްރާނީ ގޮތުން ރަނގަޅު ނޫން އިމާރާތްތަކަށެވެ.
މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި އަލެޕޯގެ ފެރްޑޯސް އަވަށުގައި އިމާރާތެއް ވެއްޓި ތިން ކުޑަކުދިންނާ އެކު 10 މީހަކު ވަނީ މަރުވެފައެވެ. 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި އެ ސިޓީގައި ހަނގުރާމާގައި ގެއްލުން ލިބުނު ފްލެޓްތަކުގެ ބްލޮކެއް ވެސް ވެއްޓި 11 މީހުން މަރުވެފައިވާއިރު އޭގެ ތެރޭގައި ހަތަރު ކުޑަކުދިން ވެސް ހިމެނެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
