ސީރިޔާ ބިންހެލުމުގައި އެހީ ފޯރުކޮށްދިނުން ލަސްވި: އދ.ގެ އިންވެސްޓިގޭޓަރުން

ސީރިޔާ ބިންހެލުމުގައި އެހީ ފޯރުކޮށްދިނުން ލަސްވި: އދ.ގެ އިންވެސްޓިގޭޓަރުން
ލިޔުން:
މިދިޔަ މަހު ސިރިޔާއަށް އައި ބާރުގަދަ ބިންހެލުމުގައި މީހުންގެ ފުރާނަ ސަލާމަތްކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގައި ދުނިޔެ އަށް އެކަށީގެންވާ އަވަސް ފިޔަވަޅުތަކެއް އެޅިފައި ނުވާ ކަމަށް އދ.ގެ އިންވެސްޓިގޭޓަރުން ބުނެފިއެވެ.
އދ.ގެ ކޮމިޝަން އޮފް އިންކުއަރީ އޮން ސީރިއާއިން ބުނި ގޮތުގައި ދިމިޝްގުގެ ސަރުކާރާއި ދާހިލީ ހަނގުރާމައިގެ އެހެނިހެން ފެކްޝަންތަކާއި ބައިނަލްއަގުވާމީ މުޖުތަމައު އަދި އދ އިން ވެސް ބިންހެލުމުގައި ގެއްލުން ލިބުނު ހުޅަނގު އުތުރުގެ ސަރަހައްދަށް ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށް ހުރަސް އެޅި ކަމަށެވެ.
ފެބްރުއަރީ މަހުގެ ހަވަނަ ދުވަހު އައި ބިންހެލުމާ ގުޅިގެން ފުރަތަމަ ހަފުތާގައި، ކުރިމަތިލުންތައް ވަގުތުން ހުއްޓާލުމަށާއި، ފުރާނަ ސަލާމަތްކުރެވޭނެ އެއްވެސް މަގެއް ހޯދުމުގައި އެ މީހުން ނާކާމިޔާބުވެފައިވާ ކަމަށް ޕެނަލުން ބުނެއެވެ.
2011 ވަނަ އަހަރުގެ މާޗް މަހުން ފެށިގެން ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކާ ބެހޭ ގާނޫނާ ހިލާފު އަމަލުތައް ތަހުގީގުކޮށް ރެކޯޑް ކުރާ ޕެނަލުން ބުނީ ބިންހެލުމާ ގުޅިގެން އަލަށް ދިން ހަމަލާތައް މިހާރު ބަލަމުން އަންނަ ކަމަށެވެ.
އެ ކޮމިޝަނުން ބުނި ގޮތުން ނަމަ ބޯޑަރު ހުރަސްކޮށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެއްބަސްވުމަށް ރައީސް ބައްޝާރުލްގެ ސަރުކާރު އަސަދުގެ ހަފުތާއެއް ނެގިއެވެ. ކޮމިޝަނުގެ މެމްބަރު ހެނީ މެގަލީ ވިދާޅުވީ ބޭރުގެ އެހީ އެންމެ ފުރަތަމަ ގައުމަށް އެތެރެވާން ޖެހޭ ކަމަށެވެ.
އދ އިން އަންދާޒާކުރާ ގޮތުގައި ސީރިޔާއަށް އައި ބިންހެލުމުގައި ފަސް މިލިއަން މީހުންނަށް އަސާސީ ބޯހިޔާވަހިކަމާއި ކާބޯތަކެތީގެ އެހީ ބޭނުންވެއެވެ.
"ސީރިޔާގެ ރައްޔިތުން މިހާރު ބޭނުންވަނީ، އާންމުން ސަލާމަތުން ތިބުމަށްޓަކައި، ފުރިހަމަ އަށް އިހުތިރާމް ކުރާ، ފުޅާ ދާއިރާއެއްގައި ހަނގުރާމަ ހުއްޓާލުމަށެވެ"
ސީރިޔާގެ ހަމަނުޖެހުން ތައް ފެށުނީ 2011 ވަނަ އަހަރުއެވެ. އޭގެ ފަހުން ގާތްގަނޑަކަށް ބައި މިލިއަން މީހުން މަރުވެ، އާބާދީގެ ދެބައިކުޅަ އެއްބައި މީހުން ވަނީ ގެދޮރު ދޫކޮށް ދާން މަޖުބޫރުވެފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
