މާލެ: 31°C

ސީރިޔާ އަށާއި ތުރުކީއަށް އައި ބިންހެލުމުގައި މަރުވާ އަދަދު އިތުރުވަނީ

February 10, 2023
2 ފަހަރު ބަލާފައި
ސީރިޔާ އަށާއި ތުރުކީއަށް އައި ބިންހެލުމުގައި މަރުވާ އަދަދު އިތުރުވަނީ
ސީރިޔާ އަށާއި ތުރުކީއަށް އައި ބިންހެލުމުގައި މަރުވާ އަދަދު އިތުރުވަނީ
ތުރުކީގެ ހުޅަނގާއި ސޫރިޔާގެ އުތުރުގެ ސަރަހައްދަށް އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 20،000 އިން މައްޗަށް އަރާފައިވާއިރު، އެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ ކަމަށް ކަމާއި ބެހޭ ފަރާތްތަކުން ބުނެފިއެވެ. ތުރުކީގެ ޑިޒާސްޓާ އެޖެންސީން ބުރާސްފަތި ދުވަހުގެ ރޭ ބުނީ އެގައުމުން މަރުވި މީހުންގެ އަދަދު 17،406 އަށް އަރާފައިވާއިރު، ސީރިއާގައި މަރުވި މީހުންގެ އަދަދު އުޅެނީ 3،317 ގައެވެ. ބިންހެލުމާ ގުޅިގެން 72 ގަޑިއިރަށް ވުރެ ގިނަ އިރު ފާއިތުވެގެން ދިޔައިރު، އިތުރު މީހުން ދިރިތިއްބާ ފެނުމުގެ ފުރުސަތު ކުޑަވި ނަމަވެސް، ތުރުކީގެ އަދާނާގެ ރެސްކިއު ވޯކަރުން ވަނީ އުމުރުން 45 އަހަރުގެ އަކްގުން އެކަރް ކިޔާ މީހަކު ދިރިހުއްޓާ ސަލާމަތްކޮށްފައެވެ. މީގެ ކުރިން ތުރުކީގައި އަންތަކްޔާގައި ވެއްޓުނު އިމާރާތަކުން ދެ އަހަރުގެ ކުއްޖަކު ސަލާމަތްކޮށްފައިވާއިރު، ދިއާރްބަކީރުން ސިޓީންއަށް އަހަރުގެ ކުއްޖަކު ވަނީ ފެނިފައެވެ. ބިންހެލުމުގައި މަރުވި މީހުން ވަޅުލުމަށް ސީރިޔާގެ އަވަށްތަކުގައި ދިރިއުޅޭ އާންމުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. ބިންހެލުން އައިތާ ތިން ދުވަހަށް ވުރެ ގިނަ ދުވަސް ފަހުން އދ އިން އެހީގެ ސާމާނުގެ ހަ ޓްރަކެއް ފުރަތަމަ ޑެލިވަރީ މިދިޔަ ބުރާސްފަތި ދުވަހު ވަނީ ސީރިއާގެ ހުޅަނގު އުތުރު ސަރަހައްދަށް ގޮސްފައެވެ. މިދިޔަ ހޯމަ ދުވަހު އައި ފުރަތަމަ ބިންހެލުމާ ގުޅިގެން އިންސާނީ އެހީގެ ދައުރު ވަގުތީ ގޮތުން މެދުކަނޑާލާފައިވަނީ، ތުރުކީގެ ގަޒިއަންޓެޕް އާއި ތުރުކީގެ ހަޓޭގައި ހުންނަ އދ.ގެ ޓްރާންސްޝިޕްމަންޓް ހަބާ ގުޅުވައިދޭ މަގަށް "ލޮޖިސްޓިކަލް" މައްސަލަތަކެއް ދިމާވެގެންނެވެ. އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ވަނީ ޑެލިވަރީ ކުރުމުގައި ލަސްވުމުން ފާޑުކިޔާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ